މަޢުލޫމާތަށް ދާން

ރަނގަޅު އަދި ނުބައި

ރަނގަޅު އަދި ނުބައިކަމެއް ވުޖޫދަކު ނެތެވެ. އެއްކަމެއް ރަނގަޅުވަނީ އަހަރެމެންނަށް ފައިދާ ކުރާ ހިނދުއެވެ. އަދި ނުބައިވަނީ އަހަރެމެންނަށް ފައިދާ ނުކުރާ ހިނދުއެވެ. ރަނގަޅު އަދި ނުބައިކަމަކީ އަމިއްލަ އެދުންތަކާއި، ސިކުނޑީގެ އުފެދުންތަކާ ގުޅުންހުރި ކަމެކެވެ.

ރަނގަޅު އަދި ނުބައިކަން މި ނުބައިލަފުޒުތައް އީޖާދުކުރީ އެޓްލާންޓިސްގެ މީހަކު ކަމުގައިވާ މަކާރީ ކްރޮންވެރްންކްޒިއޮންއެވެ. އޭނާއަކީ އެޓްލާންޓިސް ބައްރުގެ ސައިންޓިފިކް ސޮސައިޓީ އަކާލްޑަންގެ މެންބަރެކެވެ.

މި ދެ ލަފުޒުގެ ސަބަބުން އިންސާނިއްޔަތަށް ގެއްލުންވާނެކަމެއް އެއްވެސް ޒަމާނެއްގައި އެ މުސްކުޅި ޙަކީމް ހީއެއްވެސް ނުކުރެއެވެ.

އެޓްލާންޓިސްގެ ޙަކީމުން ތަބީޢަތުގެ ހުރިހާ ކުރިއަރާނެ އަދި ފަހަތަށް ދާނެ އަދި މެދުމިންވަރުގެ ބާރުތައް ދިރާސާކުރިއެވެ. ނަމަވެސް މި މުސްކުޅި ޙަކީމަށް ހީވީ އެ ދެ ލަފުޒު ރަނގަޅު އަދި ނުބައިކަމުން ކުރިއަރާނެ އަދި ފަހަތަށް ދާނެ ބާރުތައް މާނަކުރުމަށެވެ. ކުރިއަރާނެ ބާރުތަކަށް އޭނާ ރަނގަޅު ނަމުން ނަންދިނެވެ. އަދި ފަހަތަށް ދާނެ ބާރުތަކަށް ނުބައިކަމުގެ ނަމުން ނަންދިނެވެ. އަދި މެދުމިންވަރުގެ ބާރުތަކަށް އެއްވެސް ނަމެއް ނުދިނެވެ.

މި ބާރުތައް އިންސާނުންގެ ހަށިގަނޑުގެ ތެރޭގައްޔާއި ތަބީޢަތުގެ ތެރޭގައި ހިނގާނެއެވެ. އަދި މެދުމިންވަރުގެ ބާރަކީ ތާއީދުކުރާ އަދި ހަމަހަމަކަން ގެންނާނެ ބާރެވެ.

އެޓްލާންޓިސްގެ ވެރިރަށް ޕޮސައިޑޮނިސް ގެއްލުމަށްފަހު އެތައް ޤަރުނު ފަހުން (ޕްލޭޓޯ އޭނާގެ ޖުމްހޫރިއްޔާގައި ބަޔާންކޮށްފައިވާ ގޮތަށް) އިރުމަތީގެ ޙަޟާރަތް ޓިކްލިއަމިޝާޔާނާގައި އެންމެ ދުވަސްވީ ފާދިރީއަކު ރަނގަޅު އަދި ނުބައިކަން މި ދެ ލަފުޒު ބޭނުންކޮށްގެން އެއަށް ބުރަވެގެން އަޚްލާޤީ މިންގަނޑުތަކެއް ބެނުންކޮށް ވަރަށް ބޮޑު ކުށްކުރިއެވެ. އެ ފާދިރީގެ ނަމަކީ އަރްމަނާޓޫރާއެވެ.

ތާރީޚުގެ ތެރެއިން އެތައް ޒަމާނެއް ފާއިތުވެގެން ދިޔައިރު މުޅި އިންސާނިއްޔަތު މި ދެ ލަފުޒުގެ ތެރެއަށް ގެނބި އެއީ އެމީހުންގެ އަޚްލާޤީ މިންގަނޑުގެ އަސާސްކަމުގައި ހެދިއެވެ. މިއަދު ކޮންމެ މީހަކަށްވެސް މި ދެ ލަފުޒު ބޭނުންކުރާ މަންޒަރު ފެނިގެންދެއެވެ.

މިހާރު އެބަ ތިބި އަޚްލާޤު އިސްލާޙުކުރަން ބޭނުންވާ މީހުން އެމީހުންނަށް އެކަމުގެ ނަސީބު ނެތުމުން އެމީހުންގެ ސިކުނޑި ރަނގަޅު އަދި ނުބައިކަމުގެ ތެރޭގައި ބަންދުވެފައެވެ.

ހުރިހާ އަޚްލާޤީ މިންގަނޑުތަކެއް އަސާސްވެފައިވަނީ ރަނގަޅު އަދި ނުބައިކަން މި ދެ ލަފުޒުގެ މައްޗަށެވެ. އެހެންވީމާ ކޮންމެ އަޚްލާޤީ މިންގަނޑު އިސްލާޙުކުރާ މީހަކީ ފަހަތަށް ޖެހޭ މީހެކެވެ.

ރަނގަޅު އަދި ނުބައިކަން މި ދެ ލަފުޒު އަބަދުވެސް ބޭނުންކުރަނީ އަހަރެމެންގެ ކުށްތައް ހެޔޮގޮތުގައި ދެއްކުމަށާއި ކުށްވެރިކުރުމަށެވެ.

ހެޔޮގޮތުގައި ދައްކާ ނުވަތަ ކުށްވެރިކުރާ މީހާ ނަސޭހަތް ޤަބޫލެއް ނުކުރާނެއެވެ. ކުރިއަރާނެ ބާރުތައް ވިސްނުމަކީ ބުއްދިވެރިކަމެވެ. ނަމަވެސް އެއީ ރަނގަޅުކަމެއްކަމަށް ހެޔޮގޮތުގައި ދެއްކުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ފަހަތަށްދާ ބާރުތަކުގެ ޕްރޮސެސްތައް ވިސްނުމަކީ ބުއްދިވެރިކަމެވެ. ނަމަވެސް އެއީ ނުބައިކަމެއްކަމަށް ބުނެ ކުށްވެރިކުރުމަކީ މޮޔަކަމެކެވެ.

މެދުން ފޭދިގެންދާ ކޮންމެ ބާރެއް މެދަށް ގެނެވޭ ބާރަކަށް ބަދަލުކުރެވޭނެއެވެ. ފަހަތަށްދާ ކޮންމެ ބާރެއް ކުރިއަރާނެ ބާރަކަށް ބަދަލުކުރެވޭނެއެވެ.

ކުރިއަރާނެ ހާލަތުގައި ހުރި ބާރުގެ ނިމުމެއްނެތް ޕްރޮސެސްތަކުގެ ތެރޭގައި ފަހަތަށްދާ ހާލަތުގައި ހުރި ނިމުމެއްނެތް ޕްރޮސެސްތަކެއް އެބަހުއްޓެވެ.

ކޮންމެ އިންސާނެއްގެ ހަށިގަނޑުގައި ތަފާތު ވައްތަރުގެ ހަކަތަތަކެއް ކުރިއަރާނެއެވެ. އަދި ފަހަތަށްދާނެއެވެ. އަދި އަބަދުވެސް ބަދަލުވަމުންދާނެއެވެ.

ވަކި ވައްތަރެއްގެ ހަކަތަ ހެޔޮގޮތުގައި ދައްކާ އަދި އަނެއް ވައްތަރަށް ކުށްވެރިކުރުމަކީ ވިސްނުމެއް ނޫނެވެ. އެންމެ މުހިއްމު ކަމަކީ ވިސްނުމެވެ.

އިންސާނިއްޔަތުގައި ޙަޤީޤަތުގެ ތަޖުރިބާ ވަރަށް މަދެވެ. އެއީ ސިކުނޑި ބަންދުވެފައިވާކަމެވެ. މީސްތަކުން ރަނގަޅު އަދި ނުބައިކަމުގެ ދެކޮޅުވެރިކަމުގެ ތެރޭގައި ބަންދުވެފައެވެ.

ގްނޯސްޓިކް މޫވްމަންޓްގެ އިންޤިލާބީ ސައިކޮލޮޖީ އަސާސްވެފައިވަނީ އިންސާނާގެ ހަށިގަނޑާއި ތަބީޢަތުގައި ހިނގާ ތަފާތު ވައްތަރުގެ ހަކަތަތައް ދިރާސާކުރުމުގެ މައްޗަށެވެ.

ގްނޯސްޓިކް މޫވްމަންޓްގައި އިންޤިލާބީ އަޚްލާޤެއް އެބައޮތެވެ. އެއީ ފަހަތަށް ޖެހޭ މީހުންގެ އަޚްލާޤާ ގުޅުމެއްހުރި އަޚްލާޤެއްނޫނެވެ. އަދި ރަނގަޅު އަދި ނުބައިކަމުގެ ދެމެދުމިންކަން ދެމެހެއްޓުމަށް މަސައްކަތްކުރާ މީހުންނާއި ލަސްކުރާ މީހުންގެ އަޚްލާޤާވެސް ގުޅުމެއްހުރި އަޚްލާޤެއްނޫނެވެ.

އިންސާނާގެ ހަށިގަނޑުގެ ސައިކޮ-ފިޒިއޮލޮޖިކަލް ލެބޯޓަރީގެ ތެރޭގައި ކުރިއަރާނެ އަދި ފަހަތަށްދާ އަދި މެދުމިންވަރުގެ ބާރުތަކެއް އެބަހުއްޓެވެ. އެ ބާރުތައް ދިރާސާކޮށް ފުންކޮށް ވިސްނަންވާނެއެވެ.

ރަނގަޅުކަން މި ލަފުޒު ކުރިއަރާނެ ބާރުތަކަށް ހެޔޮގޮތުގައި ދެއްކުމުގެ ސަބަބުން ވިސްނުމަށް ހުރަސްއަޅައެވެ.

ނުބައިކަން މި ލަފުޒު ފަހަތަށްދާ ބާރުތަކަށް ކުށްވެރިކުރުމުގެ ސަބަބުން ވިސްނުމަށް ހުރަސްއަޅައެވެ.

ހެޔޮގޮތުގައި ދެއްކުމާއި ކުށްވެރިކުރުމަކީ ވިސްނުންނޫނެވެ. ކުށްތަކުން ސަލާމަތްވާން ބޭނުންވާ މީހާ އެ ކުށްތައް ހެޔޮގޮތުގައި ދައްކާކަށް ނުޖެހޭނެއެވެ. އަދި ކުށްވެރިކުރާކަށްވެސް ނުޖެހޭނެއެވެ. އަހަރެމެންގެ ކުށްތައް ވިސްނުން މުހިއްމެވެ.

ސިކުނޑީގެ ހުރިހާ މިންގަނޑެއްގައި ރުޅި ވިސްނުމަކީ އަހަރެމެންގެ ކިބައިން މަޑުމައިތިރިކަމާއި އޯގާތެރިކަން އުފެދުމަށް މުހިއްމުކަމެކެވެ.

ދަހިވެތިކަމުގެ ނިމުމެއްނެތް ކުލަތައް ވިސްނުމަކީ އަހަރެމެންގެ ކިބައިން އިންސާނިއްޔަތަށް ލޯބިކުރުމާއި އެހެން މީހުންނަށް އެހީވުމަށް އެދުން އުފެދުމަށް މުހިއްމުކަމެކެވެ.

ސިކުނޑީގެ ހުރިހާ މިންގަނޑެއްގައި ޝަހުވަތްތެރިކަން ވިސްނުމަކީ އަހަރެމެންގެ ކިބައިން ޙަޤީޤީ އިފްފަތްތެރިކަން އުފެދުމަށް މުހިއްމުކަމެކެވެ.

ސިކުނޑީގެ ހުރިހާ ދާއިރާއެއްގައި ހަސަދަވެރިވުން ވިސްނުމަކީ އަހަރެމެންގެ ކިބައިން އެކުގައި މަސައްކަތްކުރުމުގެ އިޙްސާސް އުފެދުމަށާއި އަދި އެހެން މީހުންގެ ކުރިއެރުމާއި ހެވަށް އުފާވުން އުފެދުމަށް ފުދޭކަމެކެވެ.

ހުރިހާ ކުލަތަކާއި މިންވަރުތަކުގައި ބޮޑާކަމާއި އަހްލާޤުނެތުން ވިސްނުމަކީ އަހަރެމެންގެ ކިބައިން ހިތްގައިމު ގޮތަކަށް މަޑުމައިތިރިކަން އުފެދުމަށް އަސާސީކަމެކެވެ.

ކަންނެތްކަން ކިޔާ ބައެއް އެނގުން އޭގެ ހުތުރު ސިފަތަކުގެ އިތުރަށް އޭގެ ވަރަށް ސާދާ ސިފަތަކުގައިވެސް ވިސްނުމަކީ އަހަރެމެންގެ ކިބައިން ހަރަކާތްތެރިވުން އުފެދުމަށް މުހިއްމުކަމެކެވެ.

މަޖާކުރުމާއި ބަނގުބޮއިގެން މަސްތުވުމުގެ ތަފާތު ސިފަތައް ވިސްނުމަކީ ސެންޓްރޯ އިންސްޓިންޓިވޯގެ ނުބައި ސިފަތައް ނައްތާލުން އެއީ: ކެއުންތަކާއި، ބަނގުބުއިމާއި، ޝިކާރަކުރުމާއި، މަސްމަހާމެހި ކެއުމާއި، މަރުވުމުގެ ބިރުވެރިކަމާއި އަދި އަހަރެން ދެމިހުރުމަށް އެދުމާއި، ނެތިގެންދިއުމަށް ބިރުވެތިވުމާއި މިކަންކަމެވެ.

އުސްތާޛުން އެމީހުންގެ ދަރިވަރުންނަށް ނަސޭހަތްދެނީ އަހަރެން އިސްލާހުކުރާނެހެން އިސްލާހުކުރުމަށެވެ. އަދި އަހަރެންނަށް ހެޔޮ ސިފަތައް ލިބޭނެހެން ހެޔޮ ސިފަތައް ހޯދުމަށެވެ.

އަހަރެން ދުވަހަކުވެސް އިސްލާހުނުވާނެކަމާއި، އަދި އެއީ ދުވަހަކުވެސް ފުރިހަމަނުވާނެކަމާއި އަދި ހެޔޮ ސިފަތައް ހޯދަން ދަހިވެތިވާ މީހާ އަހަރެން ވަރުގަދަކުރާނެކަން ވިސްނުން މުހިއްމެވެ.

ފުރިހަމަކަން އުފެދޭނީ އަހަރެން ނެތިވެގެން ދިއުމުންނެވެ. އަހަރެމެންގެ ސައިކޮލޮޖިކަލް ކުށްތައް ހަމައެކަނި ސިކުނޑީގެ މިންގަނޑަކުންނޫނެވެ. އެހެންނަމަވެސް ސިކުނޑީގެ ދަށުވެފައިވާ އަދި ހޭލުންނެތް ހުރިހާ ދާއިރާއަކުން ވިސްނުނު ހިނދު އަހަރެމެންގެ ކިބައިން ހެޔޮ ސިފަތައް އުފެދެއެވެ.

އިސްލާހުވާން އެދުމަކީ މޮޔަކަމެކެވެ. މާތްވާން އެދުމަކީ ހަސަދަވެރިވުމެކެވެ. ހެޔޮ ސިފަތަކަށް ދަހިވެތިވުމަކީ ދަހިވެތިވުމުގެ ވިހައިން އަހަރެން ވަރުގަދަކުރުމެވެ.

އަހަރެމެންނަށް އަހަރެން މުޅިން ނެތިވެ ދިއުން ބޭނުންވެއެވެ. ހަމައެކަނި ސިކުނޑީގެ މިންގަނޑުންނޫނެވެ. އެހެންނަމަވެސް ސިކުނޑީގެ ހުރިހާ ކަނެއްކަނުން އަދި ސަރަޙައްދުންނެވެ. އަހަރެމެން މުޅިން މަރުވެއްޖެނަމަ އަހަރެމެންގެ ކިބައިން ހަމައެކަނި ފުރިހަމަ އެއްޗެއް ބާކީވާނެއެވެ. ހެޔޮ ސިފަތަކުން ފުރިފައިވާ އެއްޗެއް ބާކީވާނެއެވެ. އަހަރެމެންގެ ޒާތީ ދާޚިލީ ވުޖޫދުގެ ހަޤީޤަތްކަމުގައިވާ އެއްޗެއް ބާކީވާނެއެވެ. އެއީ ވަގުތުން ނޫން އެއްޗެކެވެ.

އަހަރެމެންގެ ތެރޭގައި މިހާރު މިވަގުތު ކުރިއަރަމުންދާ ނިމުމެއްނެތް ބާރުތަކުގެ ޕްރޮސެސްތަކަށް ފުންކޮށް ވިސްނުމުންނެވެ. އަހަރެމެންގެ ތެރޭގައި ކޮންމެ ވަގުތަކު ފަހަތަށް ދަމުންދާ ބާރުތަކުގެ ތަފާތު މަންޒަރުތަކަށް ފުރިހަމައަށް ވިސްނުމުން އަހަރެމެންނަށް އަހަރެން ނައްތާލެވޭނެއެވެ.

ރަނގަޅު އަދި ނުބައިކަން މި ދެ ލަފުޒު ބޭނުންކުރެވެނީ ހެޔޮގޮތުގައި ދެއްކުމަށާއި ކުށްވެރިކުރުމަށެވެ. އެކަމަކު އެއްވެސް ޒަމާނެއްގައި ވިސްނުމަކަށް ނޫނެވެ.

ކޮންމެ ކުށެއްގެވެސް އެތައް ކުލަތަކާއި ފުންކަމާއި އަޑި އެބަހުއްޓެވެ. ސިކުނޑީގެ މިންގަނޑުން ކުށެއް ވިސްނުމަކީ ސިކުނޑީގެ ދަށުވެފައިވާ އަދި ހޭލުންނެތް ހުރިހާ ދާއިރާއަކުން ވިސްނުން ނޫނެވެ.

އެއްވެސް ކުށެއް ސިކުނޑީގެ މިންގަނޑުން ގެއްލިދާނެއެވެ. އަދި ސިކުނޑީގެ އެހެން ދާއިރާތަކުގައި ދެމިއޮވެދާނެއެވެ.

ރުޅި އިންސާފުކުރާ މީހާގެ ހެދުމުގައި ފޮރުވިގެންވެއެވެ. އެތައްބަޔަކު ދަހިވެތިވަނީ ދަހިވެތިނުވާންވެގެންނެވެ. އެބަޔަކު ފައިސާއަށް ދަހިވެތިނުވިޔަސް ނަފްސާނީ ބާރުތަކަށާއި، ހެޔޮ ސިފަތަކަށާއި، ލޯތްބަށާއި މިދުނިޔެއިން ނުވަތަ މަރުވުމަށްފަހު އުފާވެރިވާން ދަހިވެތިވެއެވެ.

އެތައް ފިރިހެނުންނާއި އަންހެނުން އިމޯޝަނަލްވެފައި ފާސިތުވަނީ ޖިންސީ ގުޅުންނަށް “އެބުނާހެން” ރީތިކަމަށް ލޯބިވާތީއެވެ. އެމީހުންގެ އަމިއްލަ ދަށުސިކުނޑި އެމީހުންނަށް ޣައްދާރުވެއެވެ. ޝަހުވަތްތެރިކަން ރީތި އިޙްސާސެއްގައި ފޮރުވިގެންވެއެވެ.

އެތައް ހަސަދަވެރިވާ މީހުން މާތް މީހުންނަށް ހަސަދަވެރިވެ އަދި ތައުބާވެ އެމީހުންގެ އަމިއްލަ ނަފްސަށް އަނިޔާކުރަނީ އެމީހުންވެސް މާތްވާން ބޭނުންވާތީއެވެ.

އެތައް ހަސަދަވެރިވާ މީހުން އިންސާނިއްޔަތަށް ގުރުބާންވާ މީހުންނަށް ހަސަދަވެރިވެފައި އެމީހުންވެސް އެކަހެރިވެގެން އެބަޔަކަށް ހަސަދަވެރިވާ މީހުންނަށް ބަދުނާމުގެ ހުރިހާ ކުޅުތަކެއް އުއްކައެވެ.

ބައެއް މީހުން މަޤާމާއި، ފައިސާއާއި، މަޝްހޫރުކަމާއި، އަގުވެރިކަމަށް ފަޚްރުވެރިވެއެވެ. އަދި އަނެއްބަޔަކު އެމީހުންގެ މަޑުމައިތިރިކަމަށް ފަޚްރުވެރިވެއެވެ.

ޑިއޮގޭނަސް އޭނާ ނިދާފާ އޮންނަ ފީފާއަށް ފަޚްރުވެރިވެފައި ސޮކްރެޓީސްގެ ގެއަށް އައިސް ސަލާމްކުރަމުން ބުންޏެވެ: “އޭ ސޮކްރެޓީސް ތިބާގެ ބޮޑާކަމުގެ މައްޗަށް އަރައިގަންނަމެވެ.” ސޮކްރެޓީސް ޖަވާބުދިނީ “އޭ ޑިއޮގޭނަސް ތިބާގެ ބޮޑާކަމާއެކު ތިބާ އަހުރެންގެ ބޮޑާކަމުގެ މައްޗަށް އަރައިގަންނަނީއެވެ.”

އަންހެނުން އެމީހުންގެ އިސްތަށިގަނޑު ރީތިކޮށް ހަދައިގެން އަދި އެހެން އަންހެނުންނަށް ހަސަދަވެރިކަން އުފެއްދުމަށްޓަކާ ވީހާވެސް ގިނައިން ޒީނަތްތެރިކުރަނީއެވެ. ނަމަވެސް އަހްލާޤުނެތުންވެސް މަޑުމައިތިރިކަމުގެ ހެދުމުގައި ފޮރުވިގެންވެއެވެ.

ވާރިދުވެގެން އައިސްފައިވާ ގޮތުގައި ޔޫނާނީ ފައިލަސޫފު އެރިސްޓިޕޯސް ހުރިހާ މީހުންނަށް އޭނާގެ ޙިކުމަތްތެރިކަން ދައްކަން އޭނާ ވަރަށް ބާވެފައި ހުރި ހެދުމެއް ލައިގެން ފަލްސަފާގެ ދަނޑި އޭނާގެ ކަނާތުގައި ހިފައިގެން އެތީނާގެ މަގުތަކުން ހިނގާފައި ދިޔައެވެ. ސޮކްރެޓީސް އޭނާ އަންނަތަން ދެކެފައި ބުންޏެވެ: “އޭ އެރިސްޓިޕޯސް ތިބާގެ އަހްލާޤުނެތުން ތިބާގެ ހެދުމުގައިވާ ލޯވަޅުތަކުންވެސް ފެނެއެވެ.”

ކަންނެތްކަމުގެ ސަބަބުން އެތައް ބަޔަކު ފަޤީރުވެގެން އުޅޭއިރު ދިރިއުޅުން ހޯދުމަށް މާބޮޑަށް މަސައްކަތްކުރާ ބަޔަކު އެބަތިބި އެމީހުން އެމީހުންގެ އަމިއްލަ ނަފްސު ދެނެގަނެ އަހަރެން ނައްތާލުމަށް ދިރާސާކުރަން ކަންނެތިވެގެން އުޅެއެވެ.

އެތައް ބަޔަކު މާބޮޑަށް ކެއުމާއި ބަނގުބުއިން ދޫކޮށްލާފައި އެމީހުން ދެރަގޮތަކަށް ބަނގުބޮއި އަދި ޝިކާރަކުރަން ނުކުމެއުޅެއެވެ.

ކޮންމެ ކުށަކީވެސް އެކި ސިފަސިފަހުރި އެއްޗެކެވެ. އަދި ސައިކޮލޮޖީގެ އެންމެ ދަށް ހަރުފަތުން ފެށިގެން އެންމެ މަތީ ހަރުފަތަށް ގްރެޖުއޭޓިވްކޮށް ކުރިއަރާ އެއަށް ޕްރޮސެސްކުރެވޭނެއެވެ.

ލަވަޔެއްގެ މީރު ރާގުގެ ތެރޭގައިވެސް ކުށް ފޮރުވިގެންވެއެވެ.

ކުށްވެސް މާތް އަދި ޝަހީދު އަދި އިފްފަތްތެރި އަދި ރަސޫލެއްގެ ހެދުމުގައިވެސް ފޮރުވިގެންވެއެވެ.

ރަނގަޅު އަދި ނުބައިކަމެއް ވުޖޫދަކު ނެތެވެ. މި ލަފުޒުތައް ބޭނުންކުރެވެނީ އެކަމުން ސަލާމަތްވުމަށާއި އަހަރެމެންގެ އަމިއްލަ ކުށްތައް ފުންކޮށް ތަފްސީލީކޮށް ދިރާސާކުރުން ދޫކޮށްލާފިއެވެ.