އަމިއްލަ ތަރުޖަމާ
ދީލަތިވަންތަކަން
ލޯބިވުމާއި ލޯބި ލިބުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ދުނިޔޭގެ ނަސީބު ދެރަކަމުން މީހުންނަށް ލޯބިވެސް ނުވެއެވެ. އަދި ލޯބިވެސް ނުލިބެއެވެ.
ލޯބި ކިޔާ އެއްޗަކީ މީހުންނަށް ނޭނގޭ އެއްޗެކެވެ. އަދި އެއީ ފަސޭހައިން ހީވާގޮތަށް ހުންނަ އެއްޗަކާއި ބިރާއެކު އޮޅުވައިލާ ކަމެކެވެ.
މީހުންނަށް ލޯބިވެވޭނަމަ އަދި ލޯބި ލިބޭނަމަ، ހަނގުރާމަތައް ބިމުގެ މަތީގައި މުޅިން ނުހިނގާނެއެވެ.
އުފާވެރިކަމުގެ ގޮތުގައި ހަދާނެ ކިތަންމެ ކައިވެނިތައް، ހިތާމަވެރި ގޮތަކަށް އެހެން ނުހަދަނީ، ހަނދާނުގައި ހަރުލާފައި ހުންނަ ދުވަސްވީ ރުޅިވެރިކަމުގެ ސަބަބުންނެވެ.
ދެމަފިރިންނަށް ދީލަތިވުމެއް ލިބިއްޖެނަމަ، އެމީހުން މާޒީގެ ތަދުތައް ހަނދާން ނައްތާލާ، ފުރިހަމަކަމާއެކު، ހަގީގީ އުފާވެރިކަމުން ފުރިގެން ދިރިއުޅޭނެއެވެ.
ސިކުނޑި ލޯބި މަރާލަނީއެވެ. އެއީ އެ ވީރާނާކޮށްލަނީއެވެ. ތަޖުރިބާތަކާއި، ދުވަސްވީ ނުރުހުންތަކާއި، އިހުޒަމާނުގެ ޙަސަދަވެރިކަމާއި، މިއީ ހުރިހާ އެއްޗެއް އެއްކޮށް ހަނދާނުގައި ހަރުލާފައިހުރުމުން ލޯބި ނެތިވެގެންދެއެވެ.
ރުޅިވެރިކަން އުފެދިފައިވާ އެތައް އަނބިމީހުންނަށް އުފާވެރިކަން ލިބިދާނެ، އެމީހުންނަށް މާޒީ ހަނދާން ނައްތާލުމުގެ ދީލަތިކަން ލިބިފައިވާނަމަ، އަދި މިހާރުގެ ހާލަތުގައި ފިރިމީހާގެ މައްޗަށް އިހުސާންތެރިވެވިއްޖެނަމައެވެ.
އެތައް ފިރިހެނުންނަށް އެމީހުންގެ އަނބިމީހުންނާއެކު ހަގީގީ އުފާވެރިކަން ލިބިދާނެ، ދުވަސްވީ ގޯސްތައް މާފުކޮށްލާނެ މިންވަރަށް ދީލަތިކަން ލިބިއްޖެނަމަ، އަދި ހަނދާނުގައި ހަރުލާފައިހުންނަ ރުޅިވެރިކަމާއި ހިތްދަތިކަން ހަނދާން ނައްތާލައިފިނަމައެވެ.
މުހިންމު ކަމަކީ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކުން ވަގުތުގެ މާނަ ދެނެގަތުމެވެ.
ފިރިންނާއި އަނބިން އަބަދުވެސް ދެކޭންވާނީ އަލަތު ކައިވެނިކޮށްގެން އުޅޭ ދެމީހުންގެ ގޮތުގައެވެ. މާޒީ ހަނދާން ނައްތާލައި މިހާރުގެ ވަގުތުގައި އުފަލުން އުޅެންވާނެއެވެ.
ލޯތްބާއި ރުޅިވެރިކަމަކީ އެއްނުވެވޭ ކަންތައްތަކެވެ. ލޯތްބެއްގެ ތެރޭގައި އެއްވެސް ވައްތަރެއްގެ ރުޅިވެރިކަމެއް ވެވެން ނެތެވެ. ލޯތްބަކީ އަބަދީ މާފުކުރުމެކެވެ.
ލޯތްބެއް އޮތީ އެމީހުންގެ ހަގީގީ ރައްޓެހިންނާއި ދުޝްމަނުންގެ ތަކުލީފަށް ހާސްވާ މީހުންގެ މެދުގައެވެ. ހަގީގީ ލޯތްބެއް އޮތީ ހިތުގެ އެންމެ ފުންމިނުން ނިކަމެތިންނާއި، ފަގީރުންނާއި، އެހީތެރިކަން ބޭނުންވާ މީހުންނަށް މަސައްކަތްކޮށްދޭ މީހުންގެ މެދުގައެވެ.
ލޯތްބެއް އޮތީ އަމިއްލައަށް، ގުދުރަތީ ގޮތުން، އޭނާގެ ދާހިއްލާކޮށްގެން ބިންގަލު ތެންމާލާ ދަނޑުވެރިޔާއަށާއި، ތަކުލީފު އުފުލާ އަވަށްޓަރިއާއަށާއި، ރުފިޔާއަކަށް އެދިފައިވާ މަންދީއަކާއި، މަގުމަތީގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވެފައިވާ، ބަލިވެފައިވާ ނިކަމެތި ކުއްތާއަކަށް އޯގާވެރިވާ މީހުންގެ މެދުގައެވެ.
އަހަރެމެން ހިތުގެ އެންމެ ފުންމިނުން މީހަކަށް އެހީވާހިނދު، ކިހިނެތްވެގެންހޭ ކިޔާ އެހެންމީހަކު ނުއަހާ ގުދުރަތީ ގޮތުން ގަހަކަށް އަޅާލާށާއި ބަގީޗާގެ މާ ތެންމާލާހިނދު، އެތާ ހުންނަނީ ހަގީގީ ދީލަތިވަމެކެވެ. ހަގީގީ އޯގާވެރިކަމެކެވެ. ހަގީގީ ލޯތްބެކެވެ.
ދުނިޔެއަށް ދިމާވެފައިވާ ނަސީބު ދެރަކަމަކީ މީހުންނަށް ހަގީގީ ދީލަތިވަމެއް ނެތުމެވެ. މީހުން ހަމައެކަނި އެމީހުންގެ އަމިއްލަ އެދުންވެރި މަސައްކަތްތަކާއި، އުންމީދުތަކާއި، ކާމިޔާބީތަކާއި، އިލްމާއި، ތަޖުރިބާތަކާއި، ތަކުލީފުތަކާއި، އުފާވެރިކަމާއި މެދު ވިސްނާލައެވެ.
ދުނިޔޭގައި އެތައް ބަޔަކު އެބަތިބި ހަމައެކަނި ދޮގު ދީލަތިވަމެއް ލިބިގެންނެވެ. ދޮގު ދީލަތިވަމެއް ލިބިގެން އުޅެނީ ސިޔާސީ މަކަރުވެރިންނާއި، އިންތިހާބީ މުށްތޯސީންނަށް ވެރިކަމާއި، މަޝްހޫރުކަމާއި، މާލީ ތަނަވަސްކަމާއި ހޯދުމުގެ އެދުމުގައި ފައިސާ ބޭކާރުކޮށްލާ މީހުންނެވެ. ބުޅަލާއި މިޔަރު އޮޅުވާލަންވާނެއެވެ.
ހަގީގީ ދީލަތިވަމަކީ ހަމައެކަނި އެއްވެސް އެދުމެއްނެތް ކަމެކެވެ. ނަމަވެސް މިއީ ފަސޭހައިން ދޮގު ސިޔާސީ މަކަރުވެރިންގެ ދީލަތިވަމާއި އަދި އަންހެނަކަށް އެދުންވެރިވާ މީހުންގެ ދީލަތިވަމާއި އޮޅުވައިލެވޭނެ ކަމެކެވެ.
އަހަރެމެން ހިތުން ދީލަތިވާންވާނެއެވެ. ހަގީގީ ދީލަތިވަމަކީ ސިކުނޑީގެ އެއްޗެއްނޫނެވެ. ހަގީގީ ދީލަތިވަމަކީ ހިތުގެ މީރުވަހެވެ.
މީހުންނަށް ދީލަތިވަމެއް ލިބިއްޖެނަމަ، އެމީހުން ހަނދާނުގައި ހަރުލާފައިހުރި ހުރިހާ ރުޅިވެރިކަމެއް، މާޒީގެ ތަދުތައް ހަނދާން ނައްތާލާނެއެވެ. އަދި މިހާރުގެ ހާލަތުގައި އަބަދުވެސް އުފަލުން، އަބަދުވެސް ދީލަތިވެރިކަމާއެކު ހަގީގީ އިހުލާސްތެރިކަމުން ފުރިގެން އުޅެން ދަސްކުރާނެއެވެ.
ނަސީބު ދެރަކަމަކީ “އަހުރެން” މިއީ ހަނދާނެވެ. އަދި އެއީ މާޒީގައި ދިރިއުޅޭ އެއްޗެކެވެ. އަބަދުވެސް މާޒީއަށް އެނބުރި ދާން ބޭނުންވެއެވެ. މާޒީ މީހުންނަށް ނިމުން ގެނެސްދެއެވެ. އުފާވެރިކަން ނެތިކޮށްލައެވެ. ލޯބި މަރާލައެވެ.
މާޒީގައި ބަންދުވެފައިވާ ސިކުނޑިއަށް މިހާރު އަހަރެމެން ދިރިއުޅެމުންދާ ވަގުތުގެ އަގު ވަޒަންކުރަން އެނގޭނީ ފުރިހަމަ ގޮތެއްގައެވެ.
ތަސައްލީއެއް ހޯދަން އެތައް ބަޔަކު އަހަރެމެންނަށް ސިޓީ ލިޔުވައެވެ. އެމީހުންގެ ތަދުވާ ހިތަށް ފަރުވާކުރާނެ ބޭހަކަށް އެދެމުންނެވެ. އެކަމަކު ހާސްވެފައިވާ މީހާއަށް ހިތްވަރުދޭން މަސައްކަތްކުރާ މީހުން މަދެވެ.
އެތައް ބަޔަކު އެމީހުން ދިރިއުޅެމުންދާ ހާލަތު ބަޔާންކުރަން އަހަރެމެންނަށް ސިޓީ ލިޔުވައެވެ. އެކަމަކު އެމީހުންގެ ކާނާއަށް ހުންނަ ހަމައެކަނި ރޮށްޓި ބޭނުންވެފައިވާ މީހުންނާ ހިއްސާކުރަން މަސައްކަތްކުރާ މީހުން މަދެވެ.
ކޮންމެ ނަތީޖާއެއްގެ ފަހަތުގައި ސަބަބެއް އޮންނަކަން މީހުން ވިސްނާކަށް ބޭނުމެއް ނުވެއެވެ. އަދި އެ ސަބަބު ބަދަލުކޮށްގެން އެ ނަތީޖާ ބަދަލުކުރެވޭނެކަން ވިސްނާކަށް ބޭނުމެއް ނުވެއެވެ.
“އަހުރެން” މިއީ ކުރީގެ މީހުން ދިރިއުޅުނު ހަކަތައެކެވެ. އަދި އެއީ މާޒީގެ ސަބަބުތަކެއް އުފައްދާފައިވާ އެއްޗެކެވެ. އެއީ އަހަރެމެންގެ މިހާރުގެ ހާލަތު އުފައްދާފައިވާ އެއްޗެކެވެ.
އަހަރެމެންނަށް ބޭނުންވަނީ ސަބަބުތައް ބަދަލުކޮށް ނަތީޖާތައް ބަދަލުކުރުމަށް ދީލަތިވަމެކެވެ. އަހަރެމެންނަށް ބޭނުންވަނީ އަހަރެމެންގެ ދިރިއުޅުމުގެ ނަވެއް ހެޔޮގޮތުގައި ދުއްވުމަށް ދީލަތިވަމެކެވެ.
އަހަރެމެންނަށް ބޭނުންވަނީ އަހަރެމެންގެ އަމިއްލަ ދިރިއުޅުން މުޅިން ބަދަލުކުރުމަށް ދީލަތިވަމެކެވެ.
ޝަރުއީ ހަގީގީ ދީލަތިވަމަކީ ސިކުނޑީގެ އެއްޗެއްނޫނެވެ. ހަގީގީ އޯގާވެރިކަމާއި އަދި ހިތުގެ އިހުލާސްތެރި ލޯތްބަކީ ބިރުގެ ސަބަބުން އުފެދޭ އެއްޗެއްނޫނެވެ.
އަހަރެމެން ދެނެގަންނަން ޖެހޭ ކަމަކީ ބިރު އޯގާވެރިކަން ނެތިކޮށްލާކަމެވެ. ހިތުގެ ދީލަތިވަމަށާއި އަހަރެމެންގެ ތެރޭގައި ލޯތްބާއި މީރުވަސް މަރާލާކަމެވެ.
ބިރަކީ ހުރިހާ ފަސާދައެއްގެ އަސްލެވެ. ހުރިހާ ހަނގުރާމައެއްގެ ސިއްރު މަގާމެވެ. އަދި މަރުގެ ވިހައެކެވެ. އެއީ ހަލާކުވެ މަރާލާ އެއްޗެކެވެ.
އުސްތާޒުންނާއި މުދައްރިސުން ދަރިވަރުން ހަގީގީ ދީލަތިވަމާއި، ހިތްވަރާއި، ހިތުގެ އިހްލާސްތެރިކަމުގެ މަގަށް ގެންދިޔުމުގެ މުހިންމުކަން ދެނެގަންނަންވާނެއެވެ.
މާޒީގެ ފަނޑުވެފައިވާ އަދި ފިނޑި މީހުން ބިރުވެރިކަމުގެ ވިހައަކީ ކޮބައިކަން ދެނެގަތުމުގެ ބަދަލުގައި އެމީހުން އެއީ ފޭލްވެފައިވާ މާބޯޅުގެ ގޮތުގައި ދަނޑުވެރިކަން ކުރިއެވެ. އެފަދަ އުސޫލެއްގެ ނަތީޖާއަކީ ފަސާދައާއި، ހަމަނުޖެހުމާއި އަދި ބާޣީވެރިކަމެވެ.
މުދައްރިސުން އަހަރެމެން ދިރިއުޅެމުންދާ ވަގުތާއި އަދި އަހަރެމެން ތިބި ނާޒުކު ހާލަތާއި ހެޔޮ ނަސޭހަތްތެރި ފިކުރެއްގެ ދުނިޔޭގެ ނުރައްކާތެރި ވަގުތުތަކުގައި ފެށިފައިވާ އާ އެޓޮމިކް ޒަމާނާ އެއްގޮތްވާ އިންގިލާބީ އަހުލާޤެއްގެ މައްޗަށް އައު ޖީލުތައް ހެދުމުގެ މުހިންމުކަން ދެނެގަންނަންވާނެއެވެ.
އަސާސީ ތައުލީމު ބިނާވެފައިވަނީ އާ ޒަމާނުގެ ވައިބްރޭޝަނާ އެއްގޮތްވާ އިންގިލާބީ ސައިކޮލޮޖީއާއި އިންގިލާބީ އަހުލާގުގެ މައްޗަށެވެ.
އަމިއްލަ އެދުންވެރި ވާދަވެރިކަމުގެ ބިރުވެރި ހަނގުރާމަ މުޅިން ބަދަލުކުރަން ޖެހޭނީ އެއްބާރުލުންދިނުމުގެ މާނައެވެ. އެއްބާރުލުންދޭން އެނގުން ނުވާނެ، އަހަރެމެން ދީލަތިވަމުގެ އަސާސްތައް ބާކީކޮށްލާ ހިނދުއެވެ.
އިންސާފުވެރިކަމެއްނެތުމާއި އެދުންވެރިކަމުގެ ބިރުވެރިކަމަކީ ކޮބައިކަން ސިކުނޑީގެ ފެންވަރުގައި އެކަނިނޫނެވެ. އަދި ހަމައެހެންމެ ސިކުނޑީގެ ތަފާތު ކަންކޮޅުތަކުގައި ހިމެނޭ ސިކުނޑިބޭރުގެ ތަސައްވުރުކުރަން ނޭނގޭ ބައިތަކާއި ދެސިކުނޑީގައިވެސް ދެނެގަތުން މުހިއްމެވެ. އަހަރެމެންގެ ހިތުގެ ތެރެއިން އެދުންވެރިކަމާއި ދީލަތިވަމުގެ ހުވަފެން ފެށިފައިވަނީ ހަމައެކަނި އަހަރެމެންގެ ހިތުގެ ތެރޭގައި އެދުންވެރިކަމަކީ ކޮބައިކަމާއި ދީލަތިވަމެއް ނެތުމަކީ ކޮބައިކަން އެނގުމުންނެވެ. އަދި ސިކުނޑީގެއެއްޗެއްނޫން ހަގީގީ ލޯތްބާއި އިފެކްޓިވް ދީލަތިވަމުގެ މީރުވަސްވެސް އުފެދެއެވެ.