އަމިއްލަ ތަރުޖަމާ
އުސޫލުތައް
މަދަރުސާތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ މުދައްރިސުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ ޑިސިޕްލިންއަށެވެ. އަދި އަޅުގަނޑުމެން މި ބާބުގައި އެކަން ތަފްސީލީ ގޮތެއްގައި ދިރާސާކުރަން ޖެހެއެވެ. އަޅުގަނޑުމެން އެންމެންނަކީ ވެސް މަދަރުސާތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުން ފާސްވެފައިވާ ބައެކެވެ. ޑިސިޕްލިންތަކާއި، ޤަވާއިދުތަކާއި، ފެރުލާ ޖެހުމާއި، މަލާމާތްކުރުން ފަދަ ކަންކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޑިސިޕްލިންއަކީ އެއީ “ތެޅިތެޅި ހުރެވޭ ވަރުގެ ކުޅަދާނަކަން އުފެއްދުން” ކަމަށް ބުނާ އެއްޗެވެ. މަދަރުސާގެ މުދައްރިސުންނަށް ތެޅިތެޅި ހުރެވޭ ވަރުގެ ކުޅަދާނަކަން އުފެއްދުމަށް ވަރަށް ޝައުޤުވެރިވެއެވެ.
އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ތެޅިތެޅި ހުރުމަށެވެ. އެއްޗެއްގެ މައްޗަށް އެހެން އެއްޗެއް އިމާރާތްކުރުމަށެވެ. އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ޖިސްމާނީ އެދުންވެރިކަން ތަކާ ތެޅިތެޅި ހުރުމަށެވެ. އަދި އެކަމަށްޓަކައި އަޅުގަނޑުމެން އަމިއްލަ ނަފްސުތަކަށް އަނިޔާކޮށް، ފާފަތަކަށް ތައުބާވެ، އެކަންކަމުން ދުރުހެލިވުމަށް މަސައްކަތްކުރަމެވެ. އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ކަންނެތްކަމުގެ ވަސްވާސްތަކުން ތެޅިތެޅި ހުރުމަށެވެ. އެއީ ކިޔަވަން ބޭނުންނުވުމާއި، މަދަރުސާއަށް ނުދިއުމާއި، ކުޅިވަރު ކުޅުމާއި، ހޭލުންނާއި، މުދައްރިސުންނަށް މަލާމާތްކުރުމާއި، ޤަވާއިދުތަކާއި ޚިލާފުވުން ފަދަ ކަންކަމެވެ.
ޑިސިޕްލިންގެ ސަބަބުން މަދަރުސާގެ އަމާންކަން ދެމެހެއްޓުމުގެ މުހިންމުކަމާއި، ކިޔެވުމުގެ މުހިންމުކަމާއި، މުދައްރިސުންނަށް އިޙްތިރާމްކުރުމާއި، އެކުގައި ކިޔަވާކުދިންނާއެކު ރަނގަޅު ގުޅުމެއް ބޭއްވުމުގެ މުހިންމުކަން ދެނެގަނެވޭނެކަމަށް މުދައްރިސުންނަށް ވަނީ ގޯސް ވިސްނުމެއް ގެންގުޅެވިފައެވެ.
އަޅުގަނޑުމެން ތެޅިތެޅި ހުންނަވަރަކަށް، ދުރުކުރާވަރަކަށް، ވިސްނުންތެރިކަމާއި، މިނިވަންކަމާއި، ފުރިހަމަކަމާއި، ކާމިޔާބީ ހާސިލުވާ މިންވަރު އިތުރުވާނެކަމަށް މީހުން ދެކެއުޅެނީ ގޯސްކޮށެވެ. މީހުން ދެކޭގޮތުގައި ކަމަކާ ދެކޮޅަށް ޖިހާދުކުރާ މިންވަރަކުންނާއި، ދެކޮޅުހަދާ މިންވަރަކުންނާއި، ދުރުކުރާ މިންވަރަކުން އެކަމުގެ ވިސްނުން ކުޑަވެއެވެ.
ބަނގުއާ ދެކޮޅަށް އަޅުގަނޑުމެން ޖިހާދުކުރާނަމަ، އެކަން ވަގުތީގޮތުން ނެތިގެންދާނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ސިކުނޑީގެ ހުރިހާ ފެންވަރެއްގައި އެކަން އެކަށީގެންވާވަރަށް ނުވިސްނާތީ، އެކަން އަޅުގަނޑުމެން ސަމާލުކަން ނުދޭ ވަގުތު އަލުން އިޔާދަވެ، މުޅި އަހަރަށް ފުދޭވަރަށް އެއްފަހަރާ ބޯލެވޭނެއެވެ. ޒިނޭކުރުމުގެ ނުބައިކަމަށް ދެކޮޅުހަދާނަމަ، ވަގުތުކޮޅަކަށް އަޅުގަނޑުމެން ބޭރުފުށުން ވަރަށް ރަނގަޅު މީހުންގެ ގޮތުގައި ވެދާނެއެވެ. (އަދި ސިކުނޑީގެ އެހެން ފެންވަރުތަކުގައި އަޅުގަނޑުމެން ބިރުވެރި ޖިންސީ އެދުންވެރިންގެ ގޮތުގައި ދެމިއޮތްނަމަވެސް އެކަން ހުވަފެންތަކާއި ރޭގަނޑު މަނި ބޭރުވުމުން ސާބިތުކޮށްދޭނެއެވެ.) އަދި އަޅުގަނޑުމެން ކުރިން އުޅުނު ޒިނޭކުރާ މީހުންގެ އާދަތަކަށް ވަރަށް ބޮޑަށް ރުޖޫއަވެދާނެއެވެ. ސަބަބަކީ ޒިނޭކުރުމަކީ ކޮބައިކަން ފުންކޮށް ނުވިސްނުމެވެ.
އެދުންވެރިކަމަށް ދެކޮޅުހަދާ، ޖިހާދުކުރާ، އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ޑިސިޕްލިން ކުރާ މީހުން ގިނައެވެ. އެހެންނަމަވެސް އެދުންވެރިކަމުގެ މުޅި މަރުހަލާ ހަގީގަތުގައި ވިސްނިފައިނުވާތީ، އެމީހުންގެ އަސްލަކީ އެދުންވެރިނުވާން އެދުންވެރިވުމެވެ.
ރުޅިވެރިކަމާ ދެކޮޅަށް ޑިސިޕްލިންކޮށް، ދެކޮޅުހަދަން ދަސްކުރާ މީހުން ގިނައެވެ. އެހެންނަމަވެސް އެކަން ސިކުނޑީގެ ދަށުބައިގައި އެބަހުއްޓެވެ. އަދި ފާޅުގަ އެކަން ނެތިގެންދިޔަކަމަށް ހީވިޔަސް ކުޑަ އިހުމާލަކުންވެސް ސިކުނޑީގެ ދަށުބައި އަޅުގަނޑުމެންނަށް ޣައްދާރުވެ، ކުޑަ ސަބަބަކާހުރެ އަޅުގަނޑުމެން ރުޅިން ފުރިގެން ގުގުރާނެއެވެ.
އަސޫޔަށް ޑިސިޕްލިންކޮށް އެކަން ނައްތާލެވުނުކަމަށް ވަރަށް ބޮޑަށް ގަބޫލުކުރާ މީހުން ގިނައެވެ. އެހެންނަމަވެސް އެކަން ވިސްނިފައިނުވާތީ އެކަން އަލުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ހަމައެކަނި ޑިސިޕްލިންތައް ނެތް ހާލަތުގައާއި، ހަމައެކަނި ހަގީގީ މިނިވަންކަމުގައެވެ، ސިކުނޑީގައި ހިލުވާލާ ހޫނުކަމެއް ފަދައިން ވިސްނުން އުފެދެއެވެ. އުފެއްދުންތެރި މިނިވަންކަން ދުވަހަކުވެސް ހުރަސްތަކެއްގެ ތެރޭގައި ނުހުންނާނެއެވެ. އަޅުގަނޑުމެންގެ ނަފްސާނީ އުނިކަންތައް ފުރިހަމަ ގޮތެއްގައި ވިސްނުމަށް މިނިވަންކަން ބޭނުންވެއެވެ. މިނިވަންވުމަށްޓަކައި ފާރާއި، ދަގަނޑު ކަސްތަޅުތައް މުގުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ.
މަދަރުސާގައި އަޅުގަނޑުމެންގެ މުދައްރިސުންނާއި، ބެލެނެވެރިން ރަނގަޅު އަދި މަންފާކުރާނެކަމަށް ބުނާ ކަންތައް އަމިއްލައަށް ތަޖުރިބާކުރަން ޖެހެއެވެ. ހަމައެކަނި ހަނދާންކޮށް ނަކަލުކޮށްގެން ނުފުދެއެވެ. ވިސްނަން ޖެހެއެވެ.
މުދައްރިސުންގެ ހުރިހާ މަސައްކަތްތަކެއް އަމާޒުކުރަންވާނީ ދަރިވަރުންގެ ހޭލުންތެރިކަމަށެވެ. އެމީހުން ވިސްނުމުގެ މަގަށް ވަނުމަށް މަސައްކަތްކުރަން ޖެހެއެވެ. ދަރިވަރުންނަށް އެއީ މިއީއޭ ބުނެދިނުމުން ނުފުދެއެވެ. ދަރިވަރުންނަށް މިނިވަންވާން ދަސްކޮށްދޭން ޖެހެއެވެ. އެހެންވުމުން މީހުން މަންފާކުރާނެކަމަށް ބުނާ ހުރިހާ މިންގަނޑުތަކާއި، ހުރިހާ ކަންތައްތަކެއް އަމިއްލައަށް ދިރާސާކޮށް، ބަލައި، ތަހުލީލުކުރެވޭނެއެވެ. އަދި ހަމައެކަނި ގަބޫލުކޮށް ނަކަލުކޮށްގެން ނުވާނެއެވެ.
މީހުން އަމިއްލައަށް ހޯދަން ބޭނުމެއް ނުވެއެވެ. އެމީހުންގެ ސިކުނޑިތައް ބަންދުވެ، މޮޔަވެފައި ހުންނަނީއެވެ. އެ ސިކުނޑިތައް ހޯދަން ބޭނުމެއް ނުވެއެވެ. އެއީ ހަމައެކަނި ނަކަލުކުރާ މެކޭނިކަލް ސިކުނޑިތަކެވެ.
ކުދި ދުވަސްވަރުން ފެށިގެން ކުދިން ކްލާސްރޫމްތައް ދޫކޮށްދާ ވަގުތާ ހަމައަށް ހަގީގީ މިނިވަންކަމެއް ލިބިގެން އަމިއްލައަށް ހޯދުމާއި، ސުވާލުކުރުމާއި، ވިސްނުމަށް ހުރިހާ ދަރިވަރުންނަށްވެސް އެ ފުރުސަތު ދިނުމަކީ މުހިންމުކަމެކެވެ. އަދި ނަހީތަކާއި، މަލާމާތްކުރުމާއި، ޑިސިޕްލިންގެ ނިކަމެތި ފާރުތަކުން އެކުދިން ހައްޔަރުކޮށްފައި ބޭތިއްބުމަކީ ރަނގަޅުކަމެއް ނޫނެވެ.
ކުދިންނަށް ކުރަން ވާނެކަންތަކާއި، ނުކުރަން ވާނެ ކަންތައްތައް ބުނެދީފިނަމަ އަދި ވިސްނުމާއި ތަޖުރިބާކުރުމުގެ ފުރުސަތު ނުދީފިނަމަ، ކުދިންގެ ބުއްދިއަކީ ކޮބައިހެއްޔެވެ؟ ބުއްދިއަށް ދެވުނީ ކޮން ފުރުސަތެއްހެއްޔެވެ؟ އެހެންވީމާ އިމްތިހާނުތަކުން ފާސްވެ، ރީތި ހެދުންލައި، ގިނަ ރަހްމަތްތެރިން ތިބުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
ބުއްދި އަޅުގަނޑުމެންގެ ކިބައިން ފާޅުވާނީ ހަމައެކަނި ބިރެއްނެތި އަމިއްލައަށް ހޯދައި، ވިސްނައި، ތަހުލީލުކުރެވޭނެ ހަގީގީ މިނިވަންކަމެއް ލިބިގެންނެވެ. ޑިސިޕްލިންގެ ބިރުވެރިކަމުގެ ދަށުންނެވެ. ބިރުން އުޅޭ، އަދި ބިރުވެރި ޑިސިޕްލިންތަކުގެ ދަށުގައި އުޅޭ ދަރިވަރުންނަށް ދުވަހަކުވެސް އެނގިގެން ނުވާނެއެވެ. އެކުދިންނަށް ދުވަހަކުވެސް ބުއްދިވެރި ބަޔަކަށް ވެވިގެން ނުވާނެއެވެ.
މިއަދު މައިންބަފައިންނާއި، މުދައްރިސުންނަށް މުހިންމީ ހަމައެކަނި ދަރިވަރުން ވަޒީފާއެއް ހޯދުމެވެ. ޑޮކްޓަރަކަށް، ވަކީލަކަށް، އިންޖިނިއަރަކަށް، އޮފީސް މުވައްޒަފަކަށް ވުމެވެ. އެހެން ގޮތަކަށް ބުނާނަމަ ދިރޭ އޮޓޮމޭޓަކަށް ވުމެވެ. އަދި ފަހުން ކާވެނިކޮށް ކުދިން ވިހާ މެޝިނަކަށް ވުމެވެ. ހަމައެއީ އެކަން ނިމުނީއެވެ.
އެހެންކަމެއް ކުރުމަށް ފިރިހެންކުއްޖަކު ނުވަތަ އަންހެންކުއްޖަކު ބޭނުންވެއްޖެ ހިނދެއްގައި، އާ ކަމެއް ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި، އެކަންކަމުން ބޭރުވާން ބޭނުންވެއްޖެ ހިނދެއްގައި، އާއިލާގެ ނުވަތަ ގައުމުގެ ގަދީމީ އާދަކާދާތަކާއި، ޑިސިޕްލިންތަކާއި، ވިސްނުންތަކުން ބޭރުވާން ބޭނުންވެއްޖެ ހިނދެއްގައި، އޭރުން މައިންބަފައިން ޖަލުގެ ކަސްތަޅުތައް އިތުރަށް ބާރުކުރެއެވެ. އަދި ކުއްޖާއަށް ބުނެއެވެ. ތިޔަކަން ނުކުރާށެވެ. ތިޔަކަމުގައި އެހީތެރިވާކަށް އަހަރެމެން ތައްޔާރެއް ނޫނެވެ. ތިއީ މޮޔަކަމެކެވެ. އަދި އެހެން ގޮތްގޮތުން ޑިސިޕްލިންތަކާއި، ގަދީމީ އާދަކާދާތަކާއި، ގިނަ ދުވަސްވެފައިވާ ޚިޔާލުތަކުގެ ޖަލުގައި ކުއްޖާ ބަންދުވެއެވެ.
އަސާސީ ތައުލީމުން ދަސްކޮށްދެނީ އަމާންކަމާއި މިނިވަންކަން އެއްގޮތްކުރުމެވެ. މިނިވަންކަމެއްނެތި އަމާންކަން ލިބުމަކީ އަނިޔާވެރިކަމެވެ. އަމާންކަމެއްނެތި މިނިވަންކަން ލިބުމަކީ ހަމަނުޖެހުމެވެ. މިނިވަންކަމާއި އަމާންކަން އެއްކޮށްގެން ހޯދުމަކީ އަސާސީ ތައުލީމުގެ ބިންގަލެވެ.
އަމިއްލައަށް ހޯދުމާއި، ސުވާލުކުރުމާއި، ހަގީގަތުގައި އެމީހުންނަކީ ކޮބައިކަން ހޯދައި، ދިރިއުޅުމުގައި އެމީހުންނަށް ކުރެވޭނެ ކަންތައް ހޯދުމަށް ދަރިވަރުންނަށް ފުރިހަމަ މިނިވަންކަމެއް ލިބިގެންވާން ޖެހެއެވެ. ޑިސިޕްލިންތަކުގެ ދަށުގައި ދިރިއުޅެން ޖެހިފައިވާ ދަރިވަރުންނާއި، ސިފައިންނާއި، ފުލުހުންނާއި، އާންމުގޮތެއްގައި އެފަދަ ހުރިހާ މީހުންނަކީވެސް އަނިޔާވެރި ބަޔަކަށްވެ، އިންސާނުންގެ ވޭނަށް އިހްސާސްނުކުރެވޭ، ރަހުމްކުޑަ ބަޔަކަށްވެއެވެ.
ޑިސިޕްލިން އިންސާނީ އިހްސާސްތައް ނައްތާލައެވެ. އަދި މިއީ މުއާމަލާތުކުރުމާއި ތަޖުރިބާއިން ސާބިތުވެފައިވާ ކަމެކެވެ. މިހާ ގިނަ ޑިސިޕްލިންތަކާއި ގަވާއިދުތަކުގެ ސަބަބުން މި ޒަމާނުގެ މީހުންނަށް އިހްސާސްތައް ގެއްލި، އެމީހުންނަކީ އަނިޔާވެރި ރަހްމްކުޑަ ބަޔަކަށް ވެއްޖެއެވެ. ހަގީގަތުގައި މިނިވަންވާން ބޭނުންނަމަ އިހްސާސްތައް ވަރަށް ގިނަވާން ޖެހެއެވެ. އަދި އިންސާނިއްޔަތަށް ލޯބިކުރަން ޖެހެއެވެ.
ސްކޫލުތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގައި ދަރިވަރުންނަށް ކްލާސްތަކަށް ސަމާލުކަން ދޭން ދަސްކޮށްދެއެވެ. އަދި ކުދިން ސަމާލުކަންދެނީ މަލާމާތްތަކާއި، ކަންފަތް ދަމައިގަތުމާއި، ފެރުލާއިން ނުވަތަ ރޫލަރަކުން ޖެހުން ފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައެވެ. ނަސީބު ދެރަކަމުން ހޭލުންތެރިކަމާއެކު ސަމާލުކަން ދިނުމަކީ ކޮބައިކަން ދަސްކޮށްދީފައެއް ނުވެއެވެ.
ޑިސިޕްލިންގެ ސަބަބުން ދަރިވަރުން ސަމާލުކަންދީ، ގިނަ ފަހަރަށް ބޭކާރުގޮތުގައި އުފެއްދުންތެރި ހަކަތަ ބޭނުންކުރެއެވެ. އުފެއްދުންތެރި ހަކަތައަކީ އޯގަނިކް މެޝިނުން އުފައްދާ އެންމެ ރަނގަޅު ބާވަތުގެ ބާރެވެ. އަޅުގަނޑުމެން ކައިބޮއެ ހަޖަމުކުރުމުގެ ހުރިހާ މަރުހަލާތަކަކީވެސް އެންމެ ފަހުން ކަންތައްތައް ރަނގަޅުކޮށް، ބޭނުންތެރި ބާރަކަށް ބަދަލުކުރުމުގެ މަރުހަލާތަކެވެ. އުފެއްދުންތެރި ހަކަތައަކީ ހަށިގަނޑުން އުފައްދާ މާއްދާއާއި، އެންމެ ރަނގަޅު ގާބިލިއްޔަތެވެ.
އަޅުގަނޑުމެންނަށް ހޭލުންތެރިކަމާއެކު ސަމާލުކަން ދޭން އެނގޭނަމަ އުފެއްދުންތެރި ހަކަތަ ސަލާމަތްކުރެވޭނެއެވެ. ނަސީބު ދެރަކަމުން މުދައްރިސުން އެމީހުންގެ ދަރިވަރުންނަށް ހޭލުންތެރިކަމާއެކު ސަމާލުކަން ދޭން ދަސްކޮށްދީފައެއް ނުވެއެވެ. ސަމާލުކަން ގެންގޮސްލާ ކޮންމެ ދިމާއަކަށް އުފެއްދުންތެރި ހަކަތަ ބޭނުންކުރެވެއެވެ. ސަމާލުކަން ބަހާލައިގެންނާއި، ކަންކަމާއި މީހުންނާއި، ހިޔާލުތަކާ އަޅުގަނޑުމެން ތަޢާރަފުނުވެގެން އެ ހަކަތަ ސަލާމަތްކުރެވޭނެއެވެ.
އަޅުގަނޑުމެން ކަންކަމާއި މީހުންނާއި، ޚިޔާލުތަކާ ތަޢާރަފުވެގެން އަމިއްލަ ނަފްސު ހަނދާންނެތިގެން ގޮސް، އެންމެ ދެރަގޮތުގައި އުފެއްދުންތެރި ހަކަތަ ގެއްލިގެންދާނެއެވެ. ހޭލުންތެރިކަން ހޭލުވުމަށް އުފެއްދުންތެރި ހަކަތަ ސަލާމަތްކުރަން ބޭނުންވާކަން ދަންނާށެވެ. އަދި އުފެއްދުންތެރި ހަކަތައަކީ ދިރިއުޅުމުގެ ގާބިލިއްޔަތެވެ. ހޭލުންތެރިކަމުގެ ވަސީލަތެވެ. ހޭލުންތެރިކަން ހޭލުވުމުގެ އާލަތެވެ.
އަޅުގަނޑުމެން އަމިއްލަ ނަފްސު ހަނދާންނެތިނުވާން ދަސްކޮށް، މީހާއާއި، އެއްޗަކާއި، ތަނާ ސަމާލުކަން ބަހާލަން ދަސްކުރީމާ ހޭލުންތެރިކަން ހޭލުވުމަށް އުފެއްދުންތެރި ހަކަތަ ސަލާމަތްކުރެވޭނެއެވެ. މުހިންމީ ހޭލުންތެރިކަން ހޭލުވުމަށް ސަމާލުކަން ދޭން ދަސްކުރުމެވެ. އެކަން ކުދިންނަކަށް ނޭނގޭނެއެވެ. ސަބަބަކީ މުދައްރިސުން އެކަން ދަސްކޮށްދީފައެއް ނުވެއެވެ.
ހޭލުންތެރިކަމާއެކު ސަމާލުކަން ދޭން ދަސްކޮށްފިނަމަ ޑިސިޕްލިން ބޭނުންވާނެކަމެއް ނެތެވެ. ކްލާސްތަކާއި، ދަރުސްތަކާއި، އަމާންކަމަށް ސަމާލުވާ ދަރިވަރަކަށް އެއްވެސް ބާވަތެއްގެ ޑިސިޕްލިންއެއް ބޭނުމެއް ނުވާނެއެވެ.
މުދައްރިސުން ބުއްދިވެރިގޮތެއްގައި މިނިވަންކަމާއި އަމާންކަން އެއްގޮތްކުރަން ޖެހޭކަން ވިސްނުމަކީ މުހިންމުކަމެކެވެ. އަދި ހޭލުންތެރިކަމާއެކު ސަމާލުކަން ދިނުމުން އެކަން ކުރެވޭނެއެވެ. ހޭލުންތެރިކަމާއެކު ސަމާލުކަން ދިނުމުން ކަންކަމާއި މީހުންނާއި، ޚިޔާލުތަކާ ތަޢާރަފުވުން ފަދަ ކަންތައްތައް ދުރުކުރެވޭނެއެވެ. ކަންކަމާއި މީހުންނާއި، ޚިޔާލުތަކާ ތަޢާރަފުވެއްޖެނަމަ ހޭލުންތެރިކަމުގެ ފޭރާން ވެއްޓިގެންދާނެއެވެ.
ތަޢާރަފުނުވެ ސަމާލުކަން ދޭން ދަންނަން ޖެހެއެވެ. ކަމަކަށް ނުވަތަ މީހަކަށް ސަމާލުކަންދީ އަމިއްލަ ނަފްސު ހަނދާންނެތިއްޖެނަމަ އެކަމުގެ ނަތީޖާއަކަށްވަނީ ހޭލުންތެރިކަމުގެ ފޭރާން ވެއްޓިގެންދިއުމެވެ. ފިލްމު ބަލަން އިންނަ މީހަކަށް ރަނގަޅަށް ބަލާލާށެވެ. އޭނާ ނިދާފައި އިންނާނީއެވެ. ހުރިހާކަމެއް އޭނާއަށް ނޭނގޭނެއެވެ. އޭނާގެ އަމިއްލަ ނަފްސުވެސް ނޭނގޭނެއެވެ. އޭނާ ހުސްވެފައި ހުންނާނީއެވެ. ހީވަނީ ހުވަފެނެއް ދެކެމުން އިންނަ ހެންނެވެ. އޭނާ ބަލަން އިންނަ ފިލްމާ ޚިޔާލުތަކުގަ އިންނާނީއެވެ.
ދަރިވަރުން ކްލާސްތަކަށް ސަމާލުކަންދޭން ޖެހޭނީ އެމީހުންގެ އަމިއްލަ ނަފްސު ހަނދާންނެތިނުވެއެވެ. އެހެންނޫނީ ހޭލުންތެރިކަމުގެ ބިރުވެރި ނިދީގައި ޖެހިގެންދާނެއެވެ. އިމްތިހާނު ހުށަހަޅާއިރު ނުވަތަ މުދައްރިސްގެ އަމުރަށް ބޯޑުގައި ކަމެއް ލިޔާއިރު ނުވަތަ ކިޔަވާއިރު ނުވަތަ އަރާމުކުރާއިރު ނުވަތަ ކްލާސްކުދިންނާއެކު ކުޅޭއިރު ދަރިވަރު އަމިއްލަ ނަފްސަށް ބަލަންވާނެއެވެ.
ތިންބަޔަކަށް ބަހާލާފައިވާ ސަމާލުކަން ދިނުން: މީހާއާއި އެއްޗަކާއި ތަނަކީ، ހޭލުންތެރިކަމާއެކު ސަމާލުކަންދިނުމެވެ. ކަންކަމާއި މީހުންނާއި، ޚިޔާލުތަކާ ތަޢާރަފުވެގެން އަޅުގަނޑުމެން ގޯސްނަހަދާހާ ހިނދަކު އުފެއްދުންތެރި ހަކަތަ ސަލާމަތްވެ ހޭލުންތެރިކަން އަޅުގަނޑުމެންގެ ކިބައިން ފާޅުވާނެއެވެ.
މަތީ ދުނިޔޭގައި ހޭލުންތެރިކަން ހޭލުވަން ބޭނުންވާ މީހާ މިހާރުން މިހާރަށް ހޭލުވަން ފަށަންވާނެއެވެ. ދަރިވަރު ކަންކަމާއި މީހުންނާއި، ޚިޔާލުތަކާ ތަޢާރަފުވެގެން އަދި އަމިއްލަ ނަފްސު ހަނދާންނެތިގެން ގޯސްހަދާހާ ހިނދަކު ހޭލުންތެރިކަމުގެ ފޭރާން ވެއްޓި ނިދީގެ ތެރެއަށް ގެނބިގެންދާނެއެވެ.
ޑިސިޕްލިންއަކީ ހޭލުންތެރިކަމާއެކު ސަމާލުކަން ދޭން ދަރިވަރުންނަށް ދަސްކޮށްދޭ އެއްޗެއް ނޫނެވެ. ޑިސިޕްލިންއަކީ ސިކުނޑިއަށް ލިބޭ ހަގީގީ ޖަލެކެވެ. ކުދިން ސުކޫލުތަކުގައި ތިބޭއިރު ހޭލުންތެރިކަމާއެކު ސަމާލުކަން ދޭން ދަސްކުރަން ޖެހެއެވެ. އެހެންވުމުން ސުކޫލުން ބޭރުގައި އަމަލީ ހަޔާތުގައި އުޅޭއިރު އަމިއްލަ ނަފްސު ހަނދާންނެތިވެގެން ގޯސް ނުހަދާނެއެވެ.
ގޯނާކުރާ މީހެއްގެ ކުރިމަތީ އަމިއްލަ ނަފްސު ހަނދާންނެތިވެގެން އޭނާއާ ތަޢާރަފުވެ ހޭލުންތެރިކަމުގެ ނިދީގެ ތެރެއަށް ވެއްޓިގަންނަ މީހާ ހަމަ ގައިމުވެސް އަނިޔާއެއް ދޭނެ ނުވަތަ މަރާނެއެވެ. ހަމަ ގައިމުވެސް ޖަލަށް ދާން ޖެހޭނެއެވެ. ގޯނާކުރާ މީހާއަށް ފުރުސަތުނުދޭ، އޭނާއާ ތަޢާރަފުނުވެ އަމިއްލަ ނަފްސު ހަނދާންނެތިނުވެ ހޭލުންތެރިކަމާއެކު ސަމާލުކަންދޭން ދަންނަ މީހާ ގޯނާކުރާ މީހާގެ ލަފްޒުތަކަށް އެއްވެސް އަގެއް ދޭނެކަމެއް ނެތެވެ. ނުވަތަ އަނިޔާއެއް ދޭނެކަމެއް ނެތެވެ. ނުވަތަ މަރާނެކަމެއް ނެތެވެ.
އިންސާނުން ދިރިއުޅުމުގައި ހަދާ ހުރިހާ ގޯހަކީ އަމިއްލަ ނަފްސު ހަނދާންނެތިވެ ކަންކަމާ ތަޢާރަފުވެ ނިދީގެ ތެރެއަށް ވެއްޓުމުން ވާ ގޯސްތަކެކެވެ. އެހާ ގިނަ މޮޔަ ޑިސިޕްލިންތަކުން އަޅުވެތިކުރުމުގެ ބަދަލުގައި ޒުވާނުންނަށް ހޭލުންތެރިކަން ހޭލުވަން ދަސްކޮށްދިނުން މާ ރަނގަޅުވާނެއެވެ.