އަމިއްލަ ތަރުޖަމާ
ބުއްދި
ދުނިޔޭގެ ހުރިހާ ތާރީޚު މުދައްރިސުން ބުއްދާ، ކޮންފިއުޝަސް، މުޙައްމަދު، ހާމީސް، ކުއެޓްޒަލްކޯއަލް، މޫސާ، ކްރިޝްނާ ފަދަ ބޭފުޅުންނަށް މަލާމާތްކުރާކަން އަހަރެމެންނަށް ޔަގީންކުރެވިއްޖެއެވެ.
އަދި އެއްވެސް ޝައްކެއްނެތްގޮތުގައި، މުދައްރިސުން ދުވަސްވީ ދީންތަކާއި، އިލާހުންނާއި، މިތޮލޮޖީއަށް މަލާމާތްކޮށް، މޮޔަކޮށް، ފުރައްސާކުރާކަން އަހަރެމެންނަށް ވަރަށް ބޮޑަށް ޔަގީންކުރެވިއްޖެއެވެ. އެ ހުރިހާ ކަމަކީ ބުއްދި ނެތުމެވެ.
ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުގައި ދީނީ މައުޟޫޢުތަކަށް އިޙްތިރާމާއެކު، ވަރަށް މަތިވެރިކޮށް، އަސްލު އުފެއްދުންތެރި ބުއްދިއާއެކު އަލިއަޅުވާލަންވާނެއެވެ.
ދީނީ ސިފަތަކުން ދާއިމީ އަގުތައް ރައްކާތެރިކޮށް، ކޮންމެ ބަޔަކާއި، ކޮންމެ ނަސްލެއްގެ ނަފްސާނީ އަދި ތާރީޚީ ބޭނުންތަކާ އެއްގޮތަށް އިންތިޒާމުކުރެވިފައިވެއެވެ.
ހުރިހާ ދީންތަކެއްގައިވެސް ހަމަ އެ އުސޫލުތަކާއި، ހަމަ އެ ދާއިމީ އަގުތައް ހުރެއެވެ. އަދި ތަފާތުވަނީ ހަމައެކަނި ސިފާގައެވެ.
ކްރިސްޓިއަނަކު ބުއްދާގެ ދީނަށް ނުވަތަ ހީބްރޫ ނުވަތަ ހިންދޫ ދީނަށް މަލާމާތްކުރުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ސަބަބަކީ ހުރިހާ ދީންތަކެއްވެސް ބިނާވެފައިވަނީ އެއް އުސޫލުތަކެއްގެ މައްޗަށް ކަމަށްވާތީއެވެ.
އިންޓެލެކްޗުއަލްސްއިން ދީންތަކާއި އެ ދީންތަކުގެ ބާނީންނަށް ކުރާ މަލާމާތްތައް މާރކްސިސްޓް ވިހައިގެ ސަބަބުން އަންނަނީ ވީހާވެސް ބަލިކަށި ސިކުނޑިތަކަށް ވިހަދެމުންނެވެ.
ސްކޫލްތަކާއި، ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ މުދައްރިސުން އެ މުދައްރިސުންގެ ދަރިވަރުންނަށް އަސްލު އިޙްތިރާމްގެ މަގު ދައްކަންވާނެއެވެ.
އެއްވެސް ތިއަރީއެއްގެ ނަމުގައި، ދީނީ ފައްޅިތަކާއި، މަޒްހަބުތަކާއި، ރޫޙާނީ ސްކޫލްތަކަށް މަލާމާތްކުރުމަކީ ނުބައިކަމެކެވެ.
ދަރިވަރުން ކިޔަވައި ނިމިގެން ނިކުންނައިރު، ހުރިހާ ދީންތަކާއި، ސްކޫލްތަކާއި، މަޒްހަބުތަކާއި އެކު އުޅެންޖެހެއެވެ. އަދި ފައްޅިއެއްގައި އުޅެންވީގޮތްވެސް ނޭނގޭ މީހަކީ ބުއްދިވެރި މީހަކަށް ނުވެއެވެ.
ދިހަ ނުވަތަ ފަނަރަ އަހަރު ކިޔެވުމަށްފަހު ދަރިވަރުން ނިކުންނަ އިރުވެސް އެހެން މީހުންނެކޭ އެއްފަދައިން ފަސްޖެހޭ، ނިދިޖެހޭ، ހުސްކަން ގިނަވެފައި ބުއްދި މަދުވެފައި ތިބެނީ ސްކޫލަށް ވަންދުވަހެކޭ އެއްފަދައިންނެވެ.
އެހެން ކަންތައްތަކުގެ އިތުރުން ދަރިވަރުންގެ އިޙްސާސްތައް ތަރައްޤީކުރަން ޖެހެއެވެ. ސަބަބަކީ ހުރިހާ ކަމަކީ ބުއްދި ނޫންކަމަށްވާތީއެވެ. ދިރިއުޅުމުގެ ހިތްގައިމު އެއްބައިވަންތަކަމާއި، އެކަހެރި ގަހެއްގެ ރީތިކަމާއި، ޖަންގަލީގައި ދޫނިކާޅެއްގެ އަޑާއި، ރީތި އިރުއޮއްސުމެއްގެ މިއުޒިކާއި ކުލަތައް އިޙްސާސްކުރަން ދަސްކުރަން ޖެހެއެވެ.
އަދި ދިރިއުޅުމުގެ ހުރިހާ ބިރުވެރި ކަންތައްތަކާއި، މި ދުވަސްވަރުގެ އަނިޔާވެރި އިޖުތިމާޢީ ނިޒާމާއި، ހާލުގައި ޖެހިފައިވާ މައިންބަފައިންގެ ދަރިންނަށް ކާނެ އެއްޗެއް ނުލިބި މަގުތަކުގައި އުޅެމުންދާ މަންޒަރާއި، ފަގީރު އާއިލާތައް ދިރިއުޅޭ ހުތުރު އިމާރާތްތަކާއި، ހަށިގަނޑަށް ގެއްލުންދޭ ތެޔޮ ބޭނުންކޮށްގެން ދުއްވާ ކާރުތައް ދުއްވާ މަގުތައް ފުންކޮށް އިޙްސާސްކޮށް ދެނެގަންނަން ޖެހެއެވެ.
ދަރިވަރަކު ކިޔަވައި ނިމިގެން ނިކުންނަ އިރު އޭނާގެ އަމިއްލަ އެކަނިވެރިކަމާއި އަމިއްލަ މައްސަލަތަކާއި އެކަނިވެރިވެގެން ނުވާނެއެވެ. އަދި ހުރިހާ މީހުންގެ އެކަނިވެރިކަމާއި އިންސާނީ މުޖުތަމަޢުގެ ގިނަ މައްސަލަތަކާއިވެސް ކުރިމަތިލާން ޖެހޭނެއެވެ.
ހުރިހާ ކަމަށްވުރެ ބޮޑުކަމަކީ، ތަޢުލީމީގޮތުން ތައްޔާރުވެފައިވީނަމަވެސް ކިޔަވައި ނިމިގެން ނިކުންނަ ދަރިވަރެއްގެ ވިސްނުން ނުހުރެއެވެ. އޭނާގެ ހޭލުންތެރިކަން ނިދާފައި އޮވެއެވެ. ދިރިއުޅުމުގެ ތެރެއިން ކުރާ މަސައްކަތްތަކަށް އެކަށީގެންވާ ތައްޔާރީއެއް ނެތެވެ.
“ވިސްނުން” އޭ ކިޔާ އެއްޗަކީ ކޮބައިތޯ ބަލައި ހޯދަންވީ ވަގުތު އަތުވެއްޖެއެވެ. ޑިކްޝަނަރީއާއި، އެންސައިކްލޮޕީޑިއާއިންވެސް “ވިސްނުން” ސީރިއަސްކޮށް މާނަކުރުމަށް ނުކުޅެދެއެވެ.
ވިސްނުމެއް ނެތި އެއްވެސް ބޮޑު ބަދަލެއް ނުވަތަ އަސްލު އުފާވެރިކަމެއް ނުލިބޭނެއެވެ. އަދި ދިރިއުޅުމުގައި އަސްލު ވިސްނުންހުރި މީހުން ވަރަށް މަދުންނޫނީ ނުފެނެއެވެ.
ދިރިއުޅުމުގައި މުހިންމުވަނީ ހަމައެކަނި “ވިސްނުން” މި ލަފްޒު އެނގުމެއް ނޫނެވެ. އެ ލަފްޒުގެ ފުންމާނަ އަހަރެމެންގެ ތެރެއިން އިޙްސާސްކުރުމެވެ.
ވިސްނުންހުރި ކަމަށް ދައްކާ މީހުން ގިނައެވެ. ރާބޮއެގެން ހުރި މީހާވެސް އެމީހާ ވިސްނުންހުރިކަމަށް ދައްކައެވެ. އަދި ކާލް މާރކްސް އޭނާގެ އަމިއްލަ ނަފްސު މާ ބޮޑަށް ވިސްނުންހުރި ކަމަށް ދައްކައި މާއްދީ ކޮމެޑީ ލިޔުނެވެ. އެކަމުގެ ސަބަބުން ދުނިޔެއަށް ދާއިމީ އަގުތައް ގެއްލި، އެކި ދީންތަކުގެ ހާހުން ފާދިރީން މަރާލައި، ރާހިބާތުންނަށް އަނިޔާކޮށް، ބުއްދީންނާއި ކްރިސްޓިއަނުންނަށްވެސް އެފަދަ އަނިޔާތައްކޮށް، އެތައް ފައްޅިތަކެއް ހަލާކުކޮށް، ހާހުން މިލިއަނުން މީހުންނަށް އަނިޔާކޮށްފައިވެއެވެ.
ކޮންމެ މީހަކަށްވެސް ވިސްނުންހުރިކަމަށް ދެއްކިދާނެއެވެ. އެންމެ އުނދަގޫކަމަކީ އަސްލު ވިސްނުންހުރުމެވެ.
ފޮތްތަކުން ގިނަ މައުލޫމާތު ހޯދައިގެންނެއް ނޫނެވެ. ގިނަ އިލްމު ހޯދައިގެންނެއް ނޫނެވެ. ގިނަ ތަޖުރިބާކޮށްގެންނެއް ނޫނެވެ. މީހުން ހައިރާންކުރާނެ ގިނަ އެއްޗެހި ގެނެސްގެންނެއް ނޫނެވެ. ގާޒީންނާއި ފުލުހުން ގަތުމަށް ގިނަ ފައިސާ ހޯދައިގެންނެއް ނޫނެވެ. އެކަންކޮށްގެން “ވިސްނުން” ލިބޭކަށް ނެތެވެ.
ގިނަކޮށްގެން “ވިސްނުން” ހޯދާކަށް ނެތެވެ. ގިނަކޮށްގެން ވިސްނުން ހޯދޭނެކަމަށް ހީކުރާ މީހުންނަށް ވަނީ ވަރަށް ބޮޑު ކުށްހީއެއް ކުރެވިފައެވެ.
މާޒީގެ ނުބައި އަމަލުތަކާއިމެދު ފުންކޮށް ވިސްނަން ޖެހެއެވެ. ސަބަބަކީ އެއީ އަބަދުވެސް އިތުރަށް ބޭނުންވެ، ފަލަވެ ވަރުގަދަވާން އެދޭ “އަހަރެން” އޭ ކިޔާ އެއްޗަކަށްވީމައެވެ.
މިއީ އަހަރެމެންގެ އެތެރޭގައި އޮތް ސައިތާނާއެވެ. މި “އަހަރެން” ބުނާނީ: “ތިމަންނާގެ އަތުގައި ގިނަ ފައިސާ އެބަހުއްޓެވެ. މާ ރީއްޗެވެ. ތިމަންނާގެ ސިކުނޑި ތަނަވަހެވެ. މާ މަޝްހޫރެވެ. މާ މޮޅު މަކަރުވެރިއެކެވެ.”
ވިސްނުމަކީ ކޮބައިކަން ދެނެގަންނަން ބޭނުންވާ މީހަކު އެ އިޙްސާސްކުރަން ދަސްކުރަން ޖެހެއެވެ. ފުންކޮށް ވިސްނައިގެން ތަޖުރިބާކުރަން ޖެހެއެވެ.
އިންސާނުން ހަނދާނުގައި އެއްކުރާ ހުރިހާ އެއްޗެއް، މައުލޫމާތު އަބަދުވެސް ހީވަނީ އެ އިތުރުވާހެންނެވެ. އެހެންވީމާ އެމީހުން އެއްކުރާ އެއްޗެހީގެ ފުން މާނައެއް ނުދަނެއެވެ.
ގިނަ މީހުން ފޮތެއް ކިޔާފައި އެ މައުލޫމާތު ހަނދާނުގައި ރައްކާކުރެއެވެ. އެކަމަކު އެ ފޮތުގައިވާ ދަރުސްތަކާއިމެދު ސުވާލުކުރާއިރު އެއިން އެއްޗެއްވެސް ނޭނގެއެވެ. އެހެންވީމާ ގިނަ މައުލޫމާތު ހޯދަން ބޭނުންވެއެވެ. އެއިން އެއްވެސް ފޮތަކުން ތަޖުރިބާކޮށްފައި ނުވީނަމަވެސް އިތުރަށް ފޮތް ހޯދަން ބޭނުންވެއެވެ.
ގިނަ ފޮތް ކިޔައިގެންނެއް، ގިނަ ތަޖުރިބާކޮށްގެންނެއް، ގިނަ ފައިސާ ހޯދައިގެންނެއް، ގިނަ މަޝްހޫރުކަން ހޯދައިގެންނެއް ވިސްނުމެއް ނުލިބޭނެއެވެ. ވިސްނުން އުފެދިގެން އަންނާނީ “އަހަރެން”ގެ ހުރިހާ ކަމެއް ދެނެގަތުމުންނެވެ. އަހަރެމެންގެ ހުރިހާ ނަފްސާނީ ކަންތައްތައް ދެނެގަތުމުންނެވެ.
ވިސްނުމުގެ މައި މަރުކަޒަކީ ސިކުނޑިކަން ދެނެގަތުން މުހިންމެވެ. ހަގީގަތުގައި އެ އިތުރުވާކަމަކީ ހަމަ އެ “އަހަރެން”ގެ ނަފްސާނީ އެދުމެވެ. އަދި ސިކުނޑިއަކީ އޭގެ އަސާސީ މަރުކަޒެވެ.
އަސްލު ވިސްނުންހުރި މީހަކު، ހަމައެކަނި ބޭރުފުށުން ތިލަފަތް މައްޗަކުން މަރުވާކަށް ނޫނެވެ. އެހެންނަމަވެސް ސިކުނޑީގެ އެތެރޭގެ ހުރިހާކަމެއް ދޫކޮށް މަރުވާން ޖެހެއެވެ.
“އަހަރެން” މަރުވުމުން، “އަހަރެން” ހަލާކުވުމުން ހަމައެކަނި އަހަރެމެންގެ ތެރޭގައި ބާކީ އޮންނާނީ އަސްލު ވުޖޫދެވެ. ހަގީގީ ވުޖޫދެވެ. ލިބުން ދަތި އަދި އެހާމެ އަގުބޮޑު ވިސްނުމެވެ.
މީހުން ހީކުރަނީ ސިކުނޑިއަކީ އުފައްދާ އެއްޗެއްކަމަށެވެ. އެއީ ކުށްހީއެކެވެ. “އަހަރެން” އަކީ އުފައްދާ އެއްޗެއް ނޫނެވެ. އަދި ސިކުނޑިއަކީ “އަހަރެން” ގެ އަސާސީ މަރުކަޒެވެ.
ވިސްނުމަކީ އުފައްދާ އެއްޗެކެވެ. ސަބަބަކީ އެއީ “ވުޖޫދުގެ” ކަމެކެވެ. ވިސްނުމަކީ “ވުޖޫދުގެ” ސިފައެކެވެ. އަހަރެމެން ސިކުނޑިއާއި ވިސްނުމާއި އޮޅުވާކަށް ނުވާނެއެވެ.
“ވިސްނުމަކީ” ގުދުރަތީ ގޮތުން ހެދޭ އެއްޗެއް ނުވަތަ ގަނެވޭ އެއްޗެއްކަމަށް ހީކުރާ މީހުންނަށް ވަނީ ވަރަށް ބޮޑު ކުށްހީއެއް ކުރެވިފައެވެ.
ސިކުނޑީގެ ހުރިހާކަމެއް ފުންކޮށް ދެނެގަތުން މުހިންމެވެ. ހުރިހާ ހަރަކާތަކާއި އަދި ނަފްސާނީ އެއްކުރާ ކަންތައްތައްވެސް ދެނެގަންނަން ޖެހެއެވެ. އެހެންވީމާ އަހަރެމެންގެ ތެރެއިން އުފެދިގެން އަންނާނީ ވިސްނުމުގެ އަލިފާނެވެ.
އަހަރެމެންގެ ތެރޭގައި އޮންނަ ނުބައިކަން ފިލުވަމުންދާ ވަރަކަށް ވިސްނުން އުފައްދާ ހުޅުގަނޑު މަޑުމަޑުން ފާޅުވަމުންދާނެއެވެ. އަދި އެންމެ ފަހުން އަލިގަދަވެގެން ދާނެއެވެ.
އަހަރެމެންގެ ހަގީގީ ވުޖޫދަކީ ލޯތްބެވެ. އަދި އެ ލޯތްބަކީ ވަގުތީނޫން އަސްލު ވިސްނުމެވެ.