އަމިއްލަ ތަރުޖަމާ
ލަ ސެންސިލެޒް
އުފެއްދުންތެރި ވިސްނުން ތަރައްޤީކުރުން ވަރަށް މުހިންމެވެ. އެއީ އިންސާނުންނަށް ދިރިއުޅުމުގެ ހަޤީޤީ މިނިވަންކަން ގެނެސްދޭ ކަމެކެވެ. ވިސްނުމެއްނެތި، ފުންކޮށް ތަޙުލީލުކުރުމުގެ އަސްލު ކުޅަދާނަކަން ހޯދުމަކީ ނުވާނެ ކަމެކެވެ.
ސްކޫލް، ކޮލެޖް އަދި ޔުނިވަރސިޓީގެ މުދައްރިސުން، އެބޭފުޅުންގެ ދަރިވަރުންނަށް އަމިއްލަ ނަފްސު ދެނެގަނެގެން ކުރާ ވިސްނުމުގެ މަގު ދައްކަންވާނެއެވެ.
އަހަރެމެންގެ ފާއިތުވެދިޔަ ބާބުގައި، ޙަސަދަވެރިވުމުގެ ޢަމަލުތަކާމެދު ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކޮށްފީމުއެވެ. އަދި އަހަރެމެންނަށް ހުރިހާ ވައްތަރެއްގެ ޣީރަތްތައް ނައްތާލަން ބޭނުންނަމަ، އެއީ ދީނީ ނުވަތަ ލޯބީގެ ގޮތުން އުފެދޭ ޣީރަތްތައް ކަމުގައި ވިޔަސް، ޙަސަދަވެރިވުމަކީ ހަޤީޤަތުގައި ކޮންއެއްޗެއްކަން ފުރިހަމަޔަށް ދެނެގަންނަން ޖެހޭނެއެވެ. އެހެނީ ޙަސަދަވެރިވުމުގެ ނިމުމެއްނެތް ޢަމަލުތައް ފުންކޮށް އަދި ހިތުގެ އެންމެ އަޑިން ވިސްނިގެން މެނުވީ، ކޮންމެ ވައްތަރެއްގެ ޣީރަތްތައް ނައްތާލެވޭނީއެވެ.
ޣީރަތުގެ ސަބަބުން ކައިވެނިތައް ރޫޅިގެންދެއެވެ. ޣީރަތުގެ ސަބަބުން ރަޙްމަތްތެރިކަން ނެތިގެންދެއެވެ. ޣީރަތުގެ ސަބަބުން ދީނީ ހަނގުރާމަތައް ހިނގައެވެ. އެއްބަނޑު އެއްބަފާ މީހުންގެ މެދުގައި ނަފްރަތު އުފެދި، މީހުން މެރުމާއި ކޮންމެ ވައްތަރެއްގެ ވޭންތައް ތަޙައްމުލުކުރަން ޖެހެއެވެ.
ޙަސަދަވެރިވުމުގެ ނިމުމެއްނެތް ވައްތަރުތައް މަތިވެރި މަޤްޞަދުތަކުގެ ފަހަތުގައި ފޮރުވިފައި ހުރެއެވެ. މަތިވެރި ސާހިބުންނާއި، މަހާތްމާބޭފުޅުން ނުވަތަ ގުރުބޭފުޅުންގެ ވާހަކަ އެނގިފައިވާ މީހާވެސް ސާހިބަކަށް ވާން އެދޭނަމަ، އެއީވެސް ޙަސަދަވެރިވުމެކެވެ. އެހެން ހެޔޮކަންތައްކުރާ މީހުންނަށްވުރެ މަތިވެރިވާން މަސައްކަތްކުރާ މީހާގެ ކިބައިގައިވެސް ޙަސަދަވެރިވުން އެކުލެވިގެން ވެއެވެ. ހެޔޮކަންތައްކުރާ މީހުންނާއި ބެހޭ މައުލޫމާތު ލިބިފައިވާތީ، މަތިވެރި ސިފަތައް ހޯދަން އެދޭ ކޮންމެ މީހެއްގެ ކިބައިގައިވެސް ޙަސަދަވެރިކަން ވެއެވެ. އެހެނީ އެމީހުންގެ ސިކުނޑީގައި މަތިވެރި ސިފަތަކުން ފުރިފައިވާ މުޤައްދަސް ބޭފުޅުންގެ މަޢުލޫމާތު ހުރެއެވެ.
ސާހިބަކަށް ވުމަށް އެދުމާއި، މަތިވެރި ސިފަތައް ލިބިގަތުމަށް އެދުމާއި، މޮޅު މީހަކަށް ވުމަށް އެދުމުގެ އަސްލަކީ ޙަސަދަވެރިވުމެވެ.
ސާހިބުން އެބޭފުޅުންގެ މަތިވެރި ސިފަތަކާއެކު ވަރަށް ގިނަ ގެއްލުންތައް ދީފައެވެ. އަހަރެމެންގެ ހަނދާނަށް އަންނަނީ އަމިއްލަ ނަފްސު ވަރަށް ސާހިބު މީހެއްކަމަށް ދެކުނު މީހެއްގެ ވާހަކައެވެ.
އެއްފަހަރަކު ބަނޑުހައިވެފައިވާ ނިކަމެތި ޅެންވެރިޔަކު އޭނާގެ ދޮރާށި ކައިރިއަށް އައިސް އެމީހާގެ އަތަށް ޚާއްޞަކޮށް އެވާހަކައިގެ ސާހިބަށް ހުށަހަޅާފައިވާ ރީތި ޅެންބައިތެއް ދިނެވެ. ޅެންވެރިޔާ އެދުވަހު ބޭނުންވީ ހަމައެކަނި އޭނާގެ ވަރުބަލިވެފައިވާ މުސްކުޅި ގައިއަށް ކާނާ ގަތުމަށް ފައިސާއެކެވެ.
އެ ޅެންވެރިޔާ ހީވެސް ނުކުރާފަދަ ގޮތަކަށް އެމީހާއަށް މަލާމާތެއް ކުރިއެވެ. އެ ސާހިބު މީހާ އޯގާވެރިކަމާއެކު ނިކަމެތި ޅެންވެރިޔާއަށް ބުމަ ކުރުކޮށްލުމަށްފަހު ދޮރު ލައްޕާލިއެވެ. އަދި ބުންޏެވެ. “އޭ ރަޙްމަތްތެރިޔާ މިތަނުން ދޭ، އަވަހަށް ދޭ… އަހަންނަކަށް މިކަހަލަ ކަންތައްކުރާކަށް ކަމަކުނުދޭ، އަހަރެން ތަޢުރީފުކުރުމަށް ނަފްރަތުކުރަން… އަހަންނަކަށް ދުނިޔޭގެ ކަންތައްތަކަކަށް ކަމަކުނުދޭ، މިއީ ހަމަ ހުސް އޮޅުމެއް… އަހަރެން ދަނީ މަޑުމައިތިރިކަމާއި އަދަބުވެރިކަމުގެ މަގުން.” އެ ނިކަމެތި ޅެންވެރިޔާ އެދުނީ ހަމައެކަނި ފައިސާއެއް، އެއަށްވުރެ ބޮޑަށް އެ ސާހިބު މީހާގެ ފަރާތުން މަލާމާތެއް ލިބުނު ހިތާމަވެރި ބަސްތަކާއެކު ހިތްދަތިވެ، އަދި އޭނާގެ ساز ބިންދާލުމަށްފަހު، މަޑުމަޑުން މަޑުމަޑުން މަޑުމަޑުން އެސިޓީގެ މަގުތަކުން ދިޔައެވެ.
އަސްލު ވިސްނުމުގެ މައްޗަށް އާ ޖީލެއް އުފަންވާންވާނެއެވެ. އެއީ މުޅީން އުފެއްދުންތެރި ކަމެކެވެ.
ހަނދާންކުރުމަކީ އުފެއްދުންތެރިކަމެއް ނޫނެވެ. ހަނދާނަކީ މާޒީގެ މަހާނައެވެ. ހަނދާންކުރުމަކީ މަރެވެ.
ހަޤީޤީ ވިސްނުމަކީ މުޅި މިނިވަންކަމުގެ ނަފްސާނީ އަސަރެވެ.
ހަނދާނުގައި ހުންނަ ހަނދާންތަކަށް އަހަރެމެންނަށް ހަޤީޤީ މިނިވަންކަމެއް ގެނެސްދެވޭކަށް ދުވަހަކުވެސް ނެތެވެ. އެއީ މާޒީއަށް ނިސްބަތްވާތީ މަރުވެފައިވާ ކަންތައްތަކެކެވެ.
ވިސްނުމަކީ މާޒީގެ ކަމެއްވެސް އަދި މުސްތަޤްބަލްގެ ކަމެއްވެސް ނޫނެވެ. ވިސްނުން ނިސްބަތްވަނީ އަހަރެމެން މިވަގުތު ދިރިއުޅެމުންދާ ހާލަތަށެވެ. ހަނދާން އަބަދުވެސް ގެނެސްދެނީ މުސްތަޤްބަލާއި ގުޅޭ ޚިޔާލުތަކެވެ.
ސައިންސް، ފަލްސަފާ، އާޓް އަދި ދީން ދަސްކުރުން ވަރަށް މުހިއްމެވެ. އެކަމަކު ދަސްކުރާ ކަންތައްތައް ހަނދާނުގައި ބެހެއްޓުމަށް އިތުބާރެއް ނުކުރާށެވެ. އެއީ ހަނދާނަކީ ވަފާތެރި އެއްޗެއް ނޫނެވެ.
ހަނދާނުގެ މަހާނައިގައި އެއްޗެހި ބެހެއްޓުމަކީ މޮޔަކަމެވެ. އަހަރެމެން ވިސްނަންޖެހޭ އެއްޗެހި މާޒީގެ ވެލިގަލަށް ލުމަކީ މޮޔަކަމެކެވެ.
އަހަރެމެން ދުވަހަކުވެސް ދަސްކުރުމާއި، ޙިކުމަތާއި، ސައިންސާއި ދެކޮޅެއް ނުހަދާނަމެވެ. އެކަމަކު ވިސްނަންޖެހޭ އެއްޗެހި ހަނދާނުގައި ބެހެއްޓުމަކީ މުޠުލަޤުގޮތުންވެސް ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ.
އުނގެނުމާއި، ހޯދުމާއި، ތަޙުލީލުކުރުން މުހިއްމެވެ. އަދި ސިކުނޑީގެ ހުރިހާ ފެންވަރެއްގައިވެސް ވިސްނުމަށްޓަކައި ފުންކޮށް ފިކުރުކުރަންވާނެއެވެ.
ޙަޤީޤީ ސާދާ އިންސާނަކީ ފުންކޮށް ވިސްނާ މީހެކެވެ. އަދި އޭނާގެ ސިކުނޑި ސާދާވާނެއެވެ.
ދިރިއުޅުމުގައި މުހިންމީ އަހަރެމެން ހަނދާނުގެ މަހާނައިގައި އެއްކޮށްފައި ހުންނަ އެއްޗެއް ނޫނެވެ. އެކަމަކު އަހަރެމެން ސިކުނޑީގެ ތަފާތު ދަށުވެފައިވާ ހޭލުންތެރިކަންނެތް ބައިތަކުގައި ވިސްނާފައި ހުންނަ ވިސްނުމެވެ. ހަމައެކަނި ބުއްދީގެ ފެންވަރުގައި އެކަން ނުކުރެވޭނެއެވެ.
ސައިންސާއި، އެނގުންތަކަކީ ވަގުތުން ވިސްނޭ އެއްޗަކަށް ވާންޖެހޭނެއެވެ. މަޢުލޫމާތާއި، ދަސްކުރުން އުފެއްދުންތެރި ވިސްނުމަކަށް ބަދަލުވެއްޖެނަމަ، އެހިނދު ހުރިހާ ކަމެއް ވަގުތުން ދެނެގަންނަން އެނގޭނެއެވެ. އެހެނީ ވިސްނުން ވަގުތުން އެވަގުތު ފެށިގެން ދާނެއެވެ.
ސާދާ މީހާގެ ސިކުނޑީގައި އެއްވެސް އުނދަގުލެއް ނުހުންނާނެއެވެ. ސިކުނޑީގެ ހުރިހާ އުނދަގުލެއްވެސް އަންނަނީ ހަނދާނުގެ ސަބަބުންނެވެ. އަހަރެމެންގެ އެތެރޭގައި އޮންނަ މަކުވެރި އަނާއަކީ އެއްކުރެވިފައިވާ ހަނދާނެވެ.
ދިރިއުޅުމުގެ ތަޖުރިބާތައް ހަޤީޤީ ވިސްނުމަކަށް ބަދަލުވާން ޖެހޭނެއެވެ.
ތަޖުރިބާތައް ވިސްނުމަކަށް ނުވެއްޖެނަމަ، ހަނދާނުގައި ހުރެގެން، ގަބުރުސްތާނުގެ ނުބައިވަސް ފެތުރިފައި ހުންނަ ހާލު ބުއްދީގެ އަލިފާން ރޯވެގެންދެއެވެ.
އަހަރެމެންނަށް އެނގެންވާނީ އެއްވެސް މިންވަރަކަށް ރޫޙާނީކަމެއްނެތް ޖަނަވާރުންގެ ބުއްދިއަކީ ހަމައެކަނި ހަނދާނުގެ ލަފްޒީބަޔާނެވެ. އެއީ ގަބުރުސްތާނުގައި ރޯވެފައި ހުންނަ އަލިފާނެވެ.
ތަޖުރިބާތައް ހޭލުންތެރިކަމަށް ބަދަލުވެ، އުފެއްދުންތެރި ވިސްނުމަށް ބަދަލުވެއްޖެނަމަ، ސާދާ މީހާގެ ސިކުނޑި ތަޖުރިބާތަކުން މިނިވަންވާނެއެވެ.
މަރުވުމާއި ދިރިއުޅުން ވަރަށް ގާތްގުޅުމެއްގެ ތެރޭގައި ވެއެވެ. ގޮވާމެއް މަރުވެގެން މެނުވީ ގަހެއް ނުހެދޭނެއެވެ. ހަމައެގޮތަށް ތަޖުރިބާއެއް މަރުވެގެން މެނުވީ ވިސްނުމެއް އުފެދިގެން ނުއުފެދޭނެއެވެ. މިއީ ހަޤީޤީ ބަދަލުވުމުގެ ޕްރޮސެސްއެކެވެ.
އުނދަގޫ އިންސާނާގެ ހަނދާން ތަޖުރިބާތަކުން ފުރިފައި ހުރެއެވެ.
މިއިން ދޭހަވަނީ އޭނާގެ ކިބައިގައި އުފެއްދުންތެރި ވިސްނުމެއް ނެތްކަމެވެ. އެހެނީ ސިކުނޑީގެ ހުރިހާ ފެންވަރެއްގައިވެސް ތަޖުރިބާތަކަށް ފުރިހަމަޔަށް ވިސްނިއްޖެނަމަ، ތަޖުރިބާތައް ނެތިގެންގޮސް ވިސްނުމެއްގެ ގޮތުގައި އުފެދޭނެއެވެ.
ފުރަތަމަ ތަޖުރިބާކުރަން ޖެހެއެވެ. އެކަމަކު ހަމައެކަނި ތަޖުރިބާކުރުމުގެ މައިދާނުގައި މަޑުކޮށްގެން ނުވާނެއެވެ. އެހެންނޫންނަމަ ސިކުނޑި އުނދަގޫވެ، ދަތިވެގެންދާނެއެވެ. ދިރިއުޅުން ވަރަށް ފޯރިއާއެކު އުޅެ، ހުރިހާ ތަޖުރިބާއެއް އުފެއްދުންތެރި ވިސްނުމަކަށް ބަދަލުކުރަން ޖެހޭނެއެވެ.
ވިސްނުންތެރި، ސާދާ އަދި ފަސޭހަ މީހަކަށް ވުމަށްޓަކައި ދުނިޔެ ދޫކޮށް، ފަޤީރަކަށްވެ، އެކަހެރި ގެތަކުގައި ދިރިއުޅެ، ރީތި ހެދުމުގެ ބަދަލުގައި ފޭރާން ލައިގެން އުޅެންޖެހޭނެކަމަށް ޤަބޫލުކުރާ މީހުންނަށް ވަރަށް ބޮޑު ގޯހެއް ހެދިފައެވެ.
ވަރަށް ގިނަ އަޅުވެރިންނާއި، އެކަހެރި މީހުންނާއި، ގިނަ ފަޤީރުންގެ ސިކުނޑި ވަރަށް އުނދަގުލެވެ.
ސިކުނޑި ތަޖުރިބާތަކުން ފުރިފައިވާނަމަ، ޚިޔާލުތައް މިނިވަންކަމާއެކު ދައުރުކުރުމަށް ހުރަސްއެޅޭނެއެވެ. އެހެންވެ ދުނިޔެއިން ދުރުވެ އަޅުވެރިންހެން ދިރިއުޅުން ބޭކާރެވެ.
ހަނދާނުގައި ރަނގަޅުގޮތުގައި ވިސްނާފައިނުވާ މަޢުލޫމާތުތަކުން ފުރިފައިވާނަމަ، އެ މަޢުލޫމާތުތަކުން ހޭލުންތެރިކަމެއް ސިކުނޑީގެ އެކި ދިމާދިމާއަށާއި ކަންކަށިތަކަށް ނުފެތުރޭނަމަ، އެކަހެރިވެ ސާހިބުންހެން އުޅުން ބޭކާރެވެ.
ބުއްދީގެ މަޢުލޫމާތުތައް ހަޤީޤީ އުފެއްދުންތެރި ވިސްނުމަށް ބަދަލުކުރާ މީހުންނާއި، ދިރިއުޅުމުގެ ތަޖުރިބާތައް ފުން ވިސްނުމަށް ބަދލުކުރާ މީހުންގެ ހަނދާނުގައި އެއްވެސް އެއްޗެއް ނުހުންނާނެއެވެ. އެ މީހުން ހަޤީޤީ ފުރިހަމަކަމާއެކު އެވަގުތަށް ދިރިއުޅެމުން، ސާދާ އަދި ފަސޭހަ ބަޔަކަށް ވެގެންދާނެއެވެ. އެމީހުން މުއްސަނދި ގެތަކުގައި އަދި ސިޓީގައި ދިރިއުޅުނުނަމަވެސް މެއެވެ.
ކުޑަކުދިން ހަތްއަހަރުގެ ކުރިން ސާދާކަމާއި ހަޤީޤީ ރީތިކަމުން ފުރިފައިވެއެވެ. އެއީ އެކުދިންގެ ކިބައިން އަނާގެ އެއްވެސް އަސަރެއްނެތި ދިރިއުޅުމުގެ ހޭލުންތެރި އަސްލު ފާޅުވާތީއެވެ.
އަހަރެމެން ގެއްލިފައިވާ ކުޑަކުދި ދުވަސް އަހަރެމެންގެ ހިތާއި ސިކުނޑިން އަލުން ހޯދަންވާނެއެވެ. އަހަރެމެން ހަޤީޤަތުގައިވެސް އުފާވެރިވާން ބޭނުންނަމަ، ކުށެއްނެތް ޙާލަތު އަލުން ހޯދަންވާނެއެވެ.
ތަޖުރިބާތަކާއި ދަސްކުރާ ކަންތައް ފުން ވިސްނުމަށް ބަދަލުވުމުން ހަނދާނުގައި އެއްވެސް ކިލައެއް ބާކީއެއް ނުވާނެއެވެ. އެހިނދު އަހަރެމެން ސާދާ، ފަސޭހަ އަދި އުފާވެރި މީހަކަށް ވެގެންދާނެއެވެ.
ތަޖުރިބާތަކާއި ދަސްކުރެވިފައިވާ ކަންތައްތަކާމެދު ފުންކޮށް ފިކުރުކުރުމާއި، އަމިއްލަ ނަފްސު ދެނެގަނެގެން ފުންކޮށް ވިސްނުމާއި، ހިތާއި ގާތުން ނަފްސާނީ ތަޙުލީލުކުރުމުން ހުރިހާ ކަމެއް އުފެއްދުންތެރި ވިސްނުމަކަށް ބަދަލުވެގެން ދެއެވެ. މިއީ ޙިކުމަތާއި ލޯބިން އުފަންވާ ހަޤީޤީ އުފާވެރިކަމުގެ މަގެވެ.