މަޢުލޫމާތަށް ދާން

ލަ ވޮކަސިއޯން

ނުކުޅެދުންތެރިކަން ހުންނަ މީހުން ފިޔަވައި، ކޮންމެ އިންސާނަކުވެސް ދުނިޔޭގައި ކޮންމެވެސް ކަމަކަށް ފައިދާކުރަން ޖެހޭ، އެންމެ އުނދަގޫ ކަމަކީ ކޮންމެ މީހަކުވެސް ކޮންކަމަކަށް ފައިދާކުރާކަން އެނގުމެވެ.

މި ދުނިޔޭގައި އެންމެ މުހިންމު އެއްކަމަކީ، އަމިއްލަ ނަފްސު ދެނެގަތުމެވެ. އަމިއްލަ ނަފްސު ދަންނަ މީހަކު މަދެވެ. އަދި އެއީ ގަބޫލުކުރަން އުނދަގޫ ކަމެއް ކަމަށް ވިޔަސް، ވޮކޭޝަނަލް ސެންސް ތަރައްޤީވެފައިވާ މީހަކު ދުނިޔެއިން ފެނުން ދަތިވެއެވެ.

އިންސާނާ އުފެދިފައިވަނީ ދުނިޔޭގައި ކޮން މަސައްކަތެއް ކުރަންކަން އެނގޭނަމަ، އޭނާގެ ހުރިހާ ހުނަރުވެރިކަމެއް އިންސާނާގެ ދީނަށް އަދި އޭނާ އިންސާނިއްޔަތަށް ކުރާ މަސައްކަތަށް ހުސްކުރާނެއެވެ.

އަމިއްލަ ހުނަރު ނުވަތަ އެ ހޯދަން ކުރާ މަސައްކަތް އެނގިއްޖެނަމަ އޭނާގެ ހަޔާތަށް ވަރަށް ބޮޑު ބަދަލެއް އާދެއެވެ. ދެން އޭނާ އެއްވެސް ކާމިޔާބެއް ހޯދާކަށް މަސައްކަތެއް ނުކުރާނެއެވެ. ފައިސާއަކީ ކޮންކަހަލަ އެއްޗެއްކަންވެސް އޭނާއަކަށް ނޭނގޭނެއެވެ. އަދި އޭނާ މަޝްހޫރުވާކަށްވެސް ބޭނުމެއް ނުވާނެއެވެ. އޭނާގެ އެންމެ ބޮޑު އުފަލަކީ އޭނާގެ އެތެރެއިން އަންނަ އަޑަށް އިޖާބަދީ އުފާ ހާސިލްކުރުމެވެ.

މިއަޅުގަނޑު ދުށް އެންމެ އުފާވެރި މަންޒަރަކީ ވޮކޭޝަނަލް ސެންސްއަކީ އަމިއްލަ ނަފްސަށް އެއްވެސް ގުޅުމެއްނެތް އެއްޗެއްކަމެވެ. އަދި އެއީ ވެދާނެކަމެއްނޫނެވެ. އަމިއްލަ ނަފްސަކީ ހަމައެކަނި ފައިސާ އަދި މަގާމާއި މަޝްހޫރުކަން ހޯދަން ބޭނުންވާ އެއްޗެއްކަމެވެ.

ވޮކޭޝަނަލްގެ މާނައަކީ އަހަރެމެންގެ އެތެރެއިން އަންނަ އަޑަށް އިޖާބަދިނުމެވެ.

ވޮކޭޝަނަލް ސެންސްއަކީ އިންސާނާގެ ހިތްވަރުގަދަކަމާއި އެހެން މީހުންނަށް އެހީވުމުގެ ރޫހެވެ. އެހެންކަމުން، އަހަރެމެންގެ އަމިއްލަ ނަފްސުތަކުން އަހަރެމެންގެ ވޮކޭޝަނަށް ރުހުންނުދިނުމަކީ އެކަށީގެންވާ ކަމެކެވެ.

ވޮކޭޝަނަލް ސެންސްއަކީ އަހަރެމެން ހީރޯއަކަށް ވުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން އެތައް ދަތިތަކެއް ތަހައްމަލްކުރަން ޖެހިދާނެއެވެ.

އެއްދުވަހަކު ތެދުބުނެ “އަހަރެންނަކީ ކާކުކަން އަދި އަހަރެންގެ ހުނަރަކީ ކޮބައިކަން އަހަރެންނަށް އެނގޭ” އޭ ބުނެވޭނަމަ އެވަގުތުން ފެށިގެން ރަނގަޅު އަދި ލޯބިން ފުރިގެންވާ ދިރިއުޅުމެއް އުޅެވޭނެއެވެ. އެފަދަ މީހަކު އޭނާގެ މަސައްކަތުގައި އަދި އޭނާގެ މަސައްކަތް އޭނާގެ ހަޔާތުގައި ދެމިހުންނާނެއެވެ.

އެހާ ސާފު އަދި ތެދުވެރި ހިތަކުން ވާހަކަ ދައްކާ މީހުން މަދެވެ. އެހެން ވާހަކަ ދައްކާ މީހުންނަކީ ވޮކޭޝަނަށް އިސްކަންދޭ މީހުންނެވެ.

އަހަރެމެންގެ ހުނަރު ހޯދުމަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި މުޖުތަމައުގެ އެންމެ ބޮޑު މައްސަލައެވެ. މުޖުތަމައުގައި ހުރި ހުރިހާ މައްސަލައެއްގެ އަސްލަކީ ވެސް މިއީއެވެ.

އަހަރެމެންގެ އަމިއްލަ ހުނަރު ހޯދުމަކީ އަގުބޮޑު ނިދާ ހޯދުން ފަދަ ކަމެކެވެ.

އެއްވެސް ޝައްކެއްނެތި ކޮންމެ ރައްޔިތަކުވެސް އޭނާގެ ހުނަރުން މަސައްކަތްކުރާނަމަ އޭނާ ބަދަލުކުރާނެ އެހެން މީހަކު ނުހުންނާނެއެވެ.

އަހަރެމެންގެ ހުނަރާ އެއްގޮތަށް އަހަރެމެން ދިރިއުޅުން ހޭދަކުރާނަމަ އަހަރެމެން މަސައްކަތް ކުރާނީ އެއްވެސް މުސާރައަކަށް ނޫނެވެ.

އެހެންވީމާ މަސައްކަތަކީ ލޯބި ނުހޯދާ އަދި ވަޒީފާ ބަދަލުކުރަން ބޭނުންނުވާ އުފާވެރިކަމެކެވެ. އަދި ކިތަންމެ ދަތި އުނދަގޫ ހާލަތެއް ތަޙައްމަލުކުރަން ޖެހުނަސް އެއީ އުފާވެރިކަމެކެވެ.

ޢަމަލީގޮތުން އަހަރެމެންނަށް ފާހަގަކުރެވުނީ ވަޒީފާ އިންސާނާގެ ހުނަރާ އެއްގޮތް ނުވާ ހިނދު އޭނާގެ ވިސްނުން ހުންނާނީ އަބަދުވެސް އިތުރަށް ލިބޭނެ ފައިދާތަކަށެވެ.

އަމިއްލަ ނަފްސުގެ އުސޫލަކީ އިތުރުކުރުމެވެ. އިތުރު ފައިސާ، އިތުރު މަޝްހޫރުކަން އަދި އިތުރު ޕްރޮޖެކްޓްތައް، އަދި އެހެން ކަންކަން ހޯދުމެވެ. ހަމަ އެއާއެކު އޭނާ މަކަރުވެރި، ނުހައްގުން ފައިދާނަގާ އަދި ރަހުމްކުޑަ މީހަކަށް ވެދާނެއެވެ.

އަހަރެމެން ސަރުކާރުގެ މުވައްޒަފުންނަށް ބަލާލާއިރު، އޭގެތެރެއިން މަދު މީހުންގެ ވަޒީފާ އޭނާގެ ހުނަރާ އެއްގޮތްވާނެއެވެ.

އަހަރެމެން މަސައްކަތްތެރިންގެ ތަފާތު ޖަމާއަތްތަކަށް ބަލާއިރު މަދުފަހަރަކު ނޫނީ ވަޒީފާ އިންސާނާގެ ހުނަރާ އެއްގޮތް ނުވާނެއެވެ.

ދުނިޔޭގެ އިރުމަތީ އަދި ހުޅަނގު ފަޅީގެ މުއްސަނދި އާއިލާތަކަށް ބަލާއިރު ވޮކޭޝަނަލް ސެންސް އެއްކޮށް ގެއްލިފައިވާތަން ފެނިގެންދެއެވެ. އެހެންކަމުން އެމީހުން ފޫހިފިލުވުމަށްޓަކާ މާރާމާރީ ހިންގާ އަދި އަންހެން ކުދިން ރޭޕްކުރެއެވެ. އެމީހުންނަށް ދިރިއުޅުމުގައި ކުރާނެކަމެއް ނެތި ހާސްވެ، ސަބަބެއްނެތި މީހުންނާ ދެކޮޅުވެރިވެ، އުޅެއުޅޭގޮތް ބަދަލުކުރަން އުޅެއެވެ.

މިއަދު ދުނިޔެއަށް ދިމާވެފައިވާ އިޤްތިސާދީ މައްސަލަތަކުގެ ސަބަބުން ދުނިޔެ ހަލާކުވެފައިވާ މިންވަރު ވަރަށް ބޮޑެވެ.

ކޮންމެ މީހަކުވެސް ކުރާ މަސައްކަތާމެދު ނުރުހުންވެފައިވާ ސަބަބަކީ ވަޒީފާއަކީ ހުނަރާ އެއްގޮތް އެއްޗަކަށް ނުވުމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސަބަބަކީ ބަނޑުހައިވެގެން މަރުވާން ބޭނުންނުވުމެވެ. އެހެންނަމަވެސް އެހުށަހެޅުންތަކަކީ އެކަމަށް އެދޭ މީހުންގެ ހުނަރުތަކާ ގުޅުންހުރި ހުށަހެޅުންތަކެއް ނޫނެވެ.

ގިނަ ޑްރައިވަރުން ޑޮކްޓަރަށް ނުވަތަ އިންޖިނިއަރަށް ވާން ޖެހޭނެއެވެ. ގިނަ ވަކީލުން މިނިސްޓަރަށް އަދި ގިނަ މިނިސްޓަރުން ފަހާ މީހުންނަށް ވާންޖެހޭނެއެވެ. ގިނަ ބޫޓު ޕޮލިޝްކުރާ މީހުން މިނިސްޓަރަށް އަދި ގިނަ މިނިސްޓަރުން ބޫޓު ޕޮލިޝްކުރާ މީހުންނަށް ވާންޖެހޭނެއެވެ.

މީހުން ތިބެންވާނީ އެމީހުންގެ ހުނަރާގުޅުންހުރި ވަޒީފާގައެވެ. އެހެންނޫންނަމަ މުޖުތަމައުގެ މަސައްކަތްތައް ހިނގާނީ ވަރަށް ދެރަގޮތަކަށެވެ. މިއީ މޮޓަރަކަށް ބޭނުންނުވާ ޕާޓްސްތަކެއް އެޅުވުމުން ވާގޮތް ފަދަ ކަމެކެވެ. އެހެންވުމުން ނަތީޖާއަކަށް ވާނީ ހަލާކުވުން، ނާކާމިޔާބުވުން އަދި މާނަނެތުން ފަދަ ކަންކަމެވެ.

ޢަމަލީގޮތުން އަހަރެމެންނަށް އެނގިފައިވާގޮތުގައި ކޮންމެ މީހަކަށްވެސް ލީޑަރަކަށްވުމަށް ހުނަރުވެރިކަމެއް ނެތްނަމަ އެމީހަކު އަބަދުވެސް ވިސްނާނީ އިތުރުކުރާނެ ގޮތަކާ މެދުގައެވެ.

ކޮންމެ ވަޒީފާއެއްވެސް އިންސާނާގެ ހުނަރާ އެއްގޮތް ނުވުމުން ނަތީޖާއަކަށް ވެގެންދަނީ އެހެން މީހުން ނުހައްގުގޮތުގައި ބޭނުންކުރުމެވެ.

މިއަދު އަހަރެމެން ދިރިއުޅެމުން މިދާ ނުބައި މާއްދީ ދުނިޔޭގައި މުދައްރިސުންގެ މަޤާމުތަކަށް އެމަޤާމަށް އެކަށީގެންނުވާ އެތައް މީހުން ވަނީ އަތުލާފައެވެ. މިފަދަ ނުބައިކަމެއްގެ ސަބަބުން ދަރިވަރުންނަށް ކުރަނީ އަނިޔާއެވެ.

ގިނަ މުދައްރިސުން ކިޔަވައިދެނީ ފައިސާ ހޯދާ މެޑިކަލް ކޮލެޖް، ލޯ ކޮލެޖް ނުވަތަ އިންޖިނިއަރިންގ ފެކަލްޓީއަށް ވަނުމަށްޓަކައެވެ. މިކަމުގެ ޝިކާރައަކަށްވަނީ ދަރިވަރުންނެވެ.

ހަޤީޤީ މުދައްރިސަކު މިއަދު ފެނުމަކީ އުނދަގޫކަމެކެވެ. އެފަދަ މުދައްރިސެއް ލިބުމަކީ ދަރިވަރުންނަށް ލިބޭނެ އެންމެބޮޑު އުފަލެވެ.

މުދައްރިސެއްގެ ހުނަރު އެންމެ ރަނގަޅަށް ބަޔާންކޮށްދެނީ ގަބްރިއޭލާ މިސްޓްރަލްގެ މަޝްހޫރު ލިޔުމުގައިއެވެ. އެލިޔުމުގައި އޭނާ ސިފަކޮށްދެނީ މާތްރަސްކަލާނގެއަށް ދުޢާކުރާ ޕްރޮވިންޝަލް ޓީޗަރެއްގެ ވާހަކައެވެ.

“އަހަރެންގެ ސްކޫލަށް އަހަރެންގެ ހިތުގައި ލޯބި ދެއްވާނދޭވެ. މާ ރީތި މަންޒަރެއް ފެނުނަސް އެއަށްވުރެ ސްކޫލްދެކެ ލޯބިވާ ހިތެއް ދެއްވާނދޭވެ. އަދި މާޔޫސްކަންވަގުތީ ކަމަކަށް ލައްވާނދޭވެ. އަދި އަހަރެންނަށް ލިބޭ އަނިޔާތަކުން އަހަރެން ސަލާމަތްކުރައްވާނދޭވެ. އަދި އަހަރެން ކިޔަވައިދިން ކުދިންގެ ހަނދާންނެތުން އަހަރެންގެ ހިތަށް އަސަރުނުކުރާނެ ހިތެއް ދެއްވާނދޭވެ”.

“ކުދިންނަށް އެންމެ އޯގާވެރި މަންމަޔަށްވުރެވެސް ބޮޑަށް އަހަންނަށް މަންމަވެވޭނެ ހިތެއްދެއްވާނދޭވެ. އަދި އަހަރެންނަށް އެކުދިން ދިފާޢުކުރެވޭނެ ހިތެއް ދެއްވާނދޭވެ”.

“އަހަރެންގެ ދުވަސްތަކުގައި ކަލާގެ އިންޖީލު ވާނެގޮތް އަހަރެންނަށް ދައްކަވާނދޭވެ”.

އެހާ ލޯބިން ފުރިގެންވާ ހިތަކުން ކިޔަވައިދޭ މުދައްރިސެއްގެ އަސަރު ކިހާވަރެއްގެ ފުންކަމެއް ހުރެދާނެހެއްޔެވެ؟

އިންސާނަކަށް އޭނާގެ ހުނަރު އެނގޭނީ ތިންގޮތަކުންނެވެ. ފުރަތަމަ: އަމިއްލަ ހާއްސަ ކުޅަދާނަކަން އަމިއްލައަށް ހޯދުން. ދެވަނަ: ވަގުތުން ފަރުވާ ބޭނުންވާ ކަމެއް ފެނުން. ތިންވަނަ: ދަރިވަރުގެ ކުޅަދާނަކަން ބަލާފައި މައިންބަފައިން ނުވަތަ މުދައްރިސުންނަށް ދަރިވަރުގެ ހުނަރު އެނގުން.

ގިނަ މީހުންނަށް އެމީހުންގެ ހުނަރު އެނގުނީ އެމީހުންގެ ދިރިއުޅުމުގެ ވަކި ނާޒުކު ދަނޑިވަޅެއްގައެވެ.

ގާންދީއަކީ އާދައިގެ ވަކީލެކެވެ. އެފްރިކާގެ ދެކުނުގައި ހިންދޫންނަށް ކުރިމަތިވި ހާދިސާއެއްގެ ސަބަބުން އިންޑިޔާއަށް ދިއުމަށް ނަގާފައިވާ ޓިކެޓު ބާތިލްކޮށް ހިންދޫންގެ ހައްޤުގައި ވަކާލާތުކުރަން އޭނާ ނިންމިއެވެ. އެވަގުތު ކުރިމަތިވި ކަމެއް އޭނާގެ މުޅި ދިރިއުޅުމުގެ މަގު ބަދަލުކޮށްލިއެވެ.

އިންސާނިއްޔަތަށް އެހީތެރިވި މީހުންނަށް އެމީހުންގެ ހުނަރު ފެނުނީ ކުއްލި ހާލަތެއް ކުރިމަތިވެ ވަގުތުން އެކަމަށް ފަރުވާ ބޭނުންވެގެންނެވެ. އިންގްލިޝް މިނިވަންކަމުގެ ބާނީ އޮލިވަރިއޯ ކްރޮމްވެލް، މެކްސިކޯ އުފެއްދި ބެނިޓޯ ޖުއަރޭޒް، ސައުތު އެމެރިކާގެ މިނިވަންކަމުގެ ބާނީ ހޯސޭ ޑި ސަން މާޓިން އާއި ސިމޯން ބޮލިވާރު ހިމެނެއެވެ.

އީސާ އަލްމަސީހު، ބުދާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ހާމިޒް، ޒޮރޯއާސްޓްރޯ، ކޮންފިއުސިއަސް ފަދަ ބޭފުޅުންނަކީ އެބޭފުޅުންގެ ދިރިއުޅުމުގައި ހުނަރު ދެނެގަނެ އެބޭފުޅުންގެ އެތެރެއިން އަންނަ އަޑަށް އިޖާބަދިން ބޭފުޅުންނެވެ.

އަސާސީ ތަޢުލީމުގެ މަޤްސަދަކީ ދަރިވަރުންގެ ކިބައިން ފެނިގެންދާ ހުނަރުތައް އެކި ގޮތްގޮތުން ހޯދައި ދެނެގަތުމެވެ. މިދުވަސްވަރު ޕެޑަގޮޖީ ބޭނުންކޮށްގެން ދަރިވަރުންގެ ކިބައިން ހުނަރު ހޯދުމަށް ކުރާ މަސައްކަތަކީ ނުރައްކާތެރި އަދި މާނައެއްނެތް ކަމެކެވެ.

ވޮކޭޝަނަލް ސުވާލުކަރުދާހަކީ މުދައްރިސްގެ މަޤާމުގައި ތިބި ވިޔަފާރިވެރިން ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

ބައެއް ޤައުމުތަކުގައި ތައްޔާރީ އަދި ވޮކޭޝަނަލްއަށް ވަނުމުގެ ކުރިން އެކުދިން ނަފްސާނީ ގޮތުން ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހެއެވެ. އެކުދިންނަށް ހިސާބާއި ސިވިކްސްއާއި ބަޔޮލޮޖީއާބެހޭ ސުވާލުތައް ކުރެވެއެވެ.

މިގޮތުގެ އެންމެ ނުރައްކާތެރިކަމަކީ މަޝްހޫރު ޓެސްޓްތަކާއި އަވަސްވިސްނުމާއި ގުޅުންހުރި ކަންކަމެވެ.

ޖަވާބު ދެވޭގޮތުގެ މައްޗަށް ބަލާފައި އެކުދިން އެކި ދާއިރާތަކަށް ބަހާލެވެއެވެ. ފުރަތަމަ: ފިޒިކްސް މެތަމެޓިކްސް. ދެވަނަ: ބަޔޮލޮޖިކަލް ސައިންސް. ތިންވަނަ: ސޯޝަލް ސައިންސް.

ފިޒިކްސް މެތަމެޓިކްސްއިން އިންޖިނިއަރުން އުފައްދާނެއެވެ. އާކިޓެކްޓުން، އެސްޓްރޮނޮމަރުން، އޭވިއޭޓަރުން އުފައްދާނެއެވެ.

ބަޔޮލޮޖިކަލް ސައިންސްއިން ފާމަސިސްޓުން، ނަރުހުން، ބަޔޮލޮޖިސްޓުން، ޑޮކްޓަރުން އުފައްދާނެއެވެ.

ސޯޝަލް ސައިންސްއިން ވަކީލުން، އަދީބުން، ފިލޯސަފީ އެންޑް ލެޓާސްގެ ޑޮކްޓަރުން، ކުންފުނިތަކުގެ ވެރިން އުފައްދާނެއެވެ.

ކޮންމެ ޤައުމެއްގެވެސް ކިޔަވައިދޭ އުސޫލު ތަފާތެވެ. އަދި ހުރިހާ ޤައުމެއްގައިވެސް މިތިން ބެޗްލާސް ޑިގްރީއެއް ނުހުރެއެވެ. ގިނަ ޤައުމުތަކުގައި އޮންނަނީ އެންމެ ޑިގްރީއެކެވެ. އަދި އެޑިގްރީ ނިމުމުން ކުދިން ޔުނިވަރސިޓީއަށް ވަންނާނެއެވެ.

ބައެއް ޤައުމުތަކުގައި ކުދިންގެ ހުނަރުތަކަށް އިމްތިހާނެއް ނުދެއެވެ. އެހެންނަމަވެސް ޢާއިލާގެ އެހީތެރިކަމާއެކު ކުރިއަށްދާން ބޭނުންވެގެން ކޮލެޖަށް ވަންނާނެއެވެ.

ހުނަރުވެރިކަމުގެ ގޮތުން ކުދިންނަށް އިމްތިހާންދޭ ޤައުމުތަކާއި އިމްތިހާންނުދޭ ޤައުމުތައްވެސް އެބަހުއްޓެވެ. ކުދިންނަށް ރަނގަޅުގޮތް ދައްކައިނުދީ ކިޔަވައިދިނުމަކީ މޮޔަކަމެކެވެ.

ވޮކޭޝަނަލް ސުވާލުތަކާއި ނަފްސާނީ ޓެސްޓްތަކާއި ކިޔުއައި އިންޑެކްސްއަކީ ބޭކާރު އެއްޗެކެވެ.

ވޮކޭޝަނަލްއަށް ދެވޭ އިމްތިހާނަކީ އެހާ ރަނގަޅު އެއްޗެއްނޫނެވެ. އެއިމްތިހާނަކީ ނާޒުކު ވަގުތެއްގައި ދެވޭ އިމްތިހާނަކަށް ވެދާނެއެވެ. އެހެންވުމުން ނަތީޖާއަކަށް ވެގެންދާނީ ދަރިވަރުން ހާސްވެ ނާކާމިޔާބުވުމެވެ.

މުދައްރިސުންނަށް ފާހަގަކުރެވިފައިވާގޮތުގައި ކަނޑު އޮންނަގޮތަށް ދަރިވަރުންގެ ސިކުނޑިވެސް މައްޗަށްއަރާ ތިރިވެއެވެ. ހަމަ އެހެންމެން އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ހޯމޯންތަކަށްވެސް ބަދަލު އާދެއެވެ.

ބައޮރިތަމްގެ އިލްމު ދަންނަން ބޭނުންވާ މީހުންނަށް އިޝާރާތްކުރަނީ ބައޮރިތަމް މިފޮތް ކިޔާށެވެ. އެފޮތްލިޔުއްވީ ރޯޒް ކްރޫޒްގެ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ ޑޮކްޓަރ އާމޯލްޑޯ ކްރަމް ހެލާރއެވެ.

އަހަރެމެން މިހާމަކުރަނީ އިމްތިހާންދޭ ވަގުތު ކުއްލި ނަފްސާނީ ހާލަތެއް ދިމާވެއްޖެނަމަ ދަރިވަރުންނަށް ނާކާމިޔާބުވެދާނެއެވެ.

އަހަރެމެން ދެކޭގޮތުގައި މާބޮޑަށް ކަސްރަތުކުރުމުން ނުވަތަ ގިނައިރު ހިނގުމުން ނުވަތަ ބުރަ މަސައްކަތްކުރުމުން ސިކުނޑިއަށް އަސަރުކޮށްގެން ދަރިވަރުން އިމްތިހާނުން ފޭލްވެދާނެއެވެ.

އަހަރެމެން ދެކޭގޮތުގައި އެކުއްޖެއްގެ ޖިންސީގުޅުމުގެ ސަބަބުން ނުވަތަ އެހެން ކަމަކުންވެސް އިމްތިހާނުން ފޭލްވެދާނެއެވެ.

އަސާސީ ތަޢުލީމުގައި ދަސްކޮށްދެނީ ވޮކޭޝަނަލް ޖަރމްސްތައް އެކުލެވިގެންވަނީ ހަމައެކަނި ސިކުނޑީގައި އެކަންޏެއްނޫނެވެ. ހަށިގަނޑުގައި ހުރި ހުރިހާ އޯގަންތަކުގައެވެ.

އިންޓެލެކްޓް، އިމޯޝަން، މޫވްމަންޓް، އިންސްޓިންކްޓް އަދި ސެކްސް ކިޔާ ފަސް ސައިކިކް ސެންޓަރުން ހުރިކަންވެސް ދަންނަންޖެހެއެވެ. ހަމައެކަނި ސިކުނޑިއަކީ ކޮގްނިޝަންގެ މަރުކަޒުކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. ވޮކޭޝަނަލް ހުނަރުތައް ހޯދަން އެކަނި ސިކުނޑިއަށް ބަލާނަމަ އެއީ އިންސާނާއަށާއި މުޖުތަމައަށް ކުރާ ވަރަށް ބޮޑު އިހާނެތިކަމެކެވެ. ސަބަބަކީ އެފަދަ ހުނަރުތައް އެކަނި ސިކުނޑީގައި ނުހުންނާނެއެވެ.

ދަރިވަރުންގެ ހުނަރު ހޯދުމަށް އޮތް ހަމައެކަނި މަގަކީ ޙަޤީޤީ ލޯތްބެވެ.

އެކުދިންގެ އުޅުމަށް ގޭގަޔާއި ސްކޫލްގައި މައިންބަފައިންނާއި މުދައްރިސުން ބަލާނަމަ އެކުދިންގެ ހުރި ހުނަރުތައް ފާހަގަ ކުރެވޭނެއެވެ.

އެއީ ހަމައެކަނި މައިންބަފައިންނާއި މުދައްރިސުންނަށް ހުނަރު ހޯދަން އޮތް މަގެކެވެ.

މިއީ މައިންބަފައިންނާއި މުދައްރިސުންގެ ޙަޤީޤީ ލޯތްބަށް ބޭނުންވާކަމެކެވެ. ޙަޤީޤީ މުދައްރިސުންނާއި މައިންބަފައިންނަށް އެކުދިންނަށްޓަކާ އެއްވެސް އެދުމެއްނެތި ގުރުބާންވެވޭނެނަމަ އެއީ ވަރަށް ރަނގަޅުކަމެކެވެ.

ސަރުކާރުން މުޖުތަމައު ސަލާމަތްކުރަން ބޭނުންވާނަމަ ހުރިހާ ވިޔަފާރިވެރިން އެތަނުން ބޭރުކުރަން ޖެހޭނެއެވެ.

އަސާސީ ތަޢުލީމުގެ އުސޫލުތައް ދުނިޔޭގެ ކަންކޮޅުތަކަށް ފަތުރާ، އައު ޒަމާނެއް ފަށަންޖެހެއެވެ.

ދަރިވަރުން އެމީހުންގެ ހައްޤުތައް ދިފާޢުކޮށް ސަރުކާރުންގެ ކިބައިން ޙަޤީޤީ މުދައްރިސުން ހޯދަން މަސައްކަތްކުރަންޖެހެއެވެ. ހަޅުތާލު ކުރުމަކީ ވަރަށް ބޮޑު ހަތިޔާރެކެވެ.

ބައެއް ޤައުމުތަކުގައި ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ކައުންސިލަރުން އެބަތިއްބެވެ. އެހެންނަމަވެސް އެއެކަކީވެސް ވޮކޭޝަނަލް މުދައްރިސުންނެއްނޫނެވެ. އެމީހުންނަށް އެހެން ކުދިންނަށް އިރުޝާދުދޭން ނޭނގޭނެއެވެ. ސަބަބަކީ އެއެކަކަށްވެސް އެމީހުންގެ އަމިއްލަ ނަފްސަށް އިރުޝާދެއްދޭން ނޭނގޭނެތީއެވެ.

އެހެންކަމުން އަވަހަށް ކުދިންނަށް އިރުޝާދުދެވޭފަދަ މުދައްރިސެއް ހޯދަންޖެހެއެވެ.

އިންސާނާއަކީ ތަފާތު އެކިކަންކަމުގެ މައްޗަށް ބިނާވެފައިވާ މީހެއްކަން އަދި އެމީހާއަކީ ތަފާތު އެކި ދާއިރާތަކުން ތަފާތު އެކި ރޯލުތައް ކުޅޭ މީހެއްކަން އެނގެންވާނެއެވެ. ކުދިންނަކީ ސްކޫލަށް ރޯލެއް އަދި މަގުމައްޗަށާއި ގެއަށް އެހެން ރޯލެއް ކުޅޭ ބައެކެވެ.

ޒުވާނެއްގެ ހުނަރު ދެނެގަންނަން ބޭނުންވާނަމަ ސްކޫލުގަޔާއި ގޭގަޔާއި އަދި މަގުމަތީގައިވެސް އުޅޭއުޅުން ބަލަންވާނެއެވެ.

މިކަން ކުރެވޭނީ މައިންބަފައިންނާއި ޙަޤީޤީ މުދައްރިސުންނަށް އެކަންޏެވެ.

ޒަމާންވީ ޕެޑަގޮޖީގައި ގްރޭޑް ބަލާފައި ހުނަރު ދެނެގަތުމުގެ އުސޫލެއްވެއެވެ. އެކުއްޖަކު ސިވިކްސްއިން މަތީ މާކްސް ހޯދާނަމަ އެކުއްޖާ ވަކީލަކަށް ވެދާނެއޭ ބުނެއެވެ. އަދި ބަޔޮލޮޖީން މަތީ މާކްސް ހޯދާނަމަ އެކުއްޖާ ޑޮކްޓަރަކަށް ވެދާނެއޭ ބުނެއެވެ. އަދި ހިސާބުން މަތީ މާކްސް ހޯދާނަމަ އެކުއްޖާ އިންޖިނިއަރަކަށް ވެދާނެއޭ ބުނެއެވެ.

މިއީ ވަރަށް މޮޔަ އުސޫލެކެވެ. ސ