މަޢުލޫމާތަށް ދާން

އޮތޯރިޓީތައް

ސަރުކާރަށް ބާރުވެރިކަން ލިބިގެންވެއެވެ، ދައުލަތަށް ބާރުވެރިކަން ލިބިގެންވެއެވެ. ފުލުހުންނާއި، ޤާނޫނާއި، ސިފައިންނާއި، ބެލެނިވެރިންނާއި، މުދައްރިސުންނާއި، ދީނީ ލީޑަރުންނާއި، މިފަދަ އެންމެންނަށް ބާރުވެރިކަން ލިބިގެންވެއެވެ.

ބާރުވެރިކަމުގެ ދެވައްތަރު ވެއެވެ. ފުރަތަމަ، ސަބްކޮންޝަސް ބާރުވެރިކަމެވެ. ދެވަނަ، ކޮންޝަސް ބާރުވެރިކަމެވެ.

ސަބްކޮންޝަސް ނުވަތަ ހޭލުންތެރިކަމެއްނެތް ބާރުވެރިންގެ އެއްވެސް ބޭނުމެއްނެތެވެ. އަހަރެމެންނަށް ވަރަށް ބޮޑަށް ބޭނުންވަނީ ސެލްފް ކޮންޝަސް ބާރުވެރިންނެވެ.

ހޭލުންތެރިކަމެއްނެތް ނުވަތަ ސަބްކޮންޝަސް ބާރުވެރިން ދުނިޔެ ފުރާލާފައިވަނީ ކަރުނުންނާއި ވޭނުންނެވެ.

ގެއާއި ސްކޫލުގައި ހޭލުންތެރިކަމެއްނެތް ބާރުވެރިން ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރަނީ އެމީހުން ހޭލުންތެރިކަމެއްނެތް ނުވަތަ ސަބްކޮންޝަސް ވުމުންނެވެ.

މިއަދު ބެލެނިވެރިންނާއި މުދައްރިސުންނަކީ އަނދިރިކަމުގެ ތެރޭގައިވާ މީހުންނަށް މަގުދައްކާ ބައެކެވެ. އަދި އެމީހުން އެންމެން އަނދަވަޅަކަށް ވެއްޓޭނެއެވެ.

ހޭލުންތެރިކަމެއްނެތް ބެލެނިވެރިންނާއި މުދައްރިސުން، ކުޑައިރު އަހަރެމެންނަށް މޮޔަ ކަންތައްތައް ކުރުވަނީ އެއީ އެމީހުންނަށް ލޮޖިކަލް ކަމެއްގެ ގޮތުގައި ފެންނާތީއެވެ. އެމީހުން ބުނަނީ އެއީ އަހަރެމެންގެ ހެވަށްކަމަށެވެ.

ބެލެނިވެރިންނަކީ ހޭލުންތެރިކަމެއްނެތް ބާރުވެރިންނެވެ. އެކަން ސާބިތުވަނީ ދަރިންނަށް ކުނިބުއްޓެއްހެން މުއާމަލާތުކޮށް، އެކުދިންނަކީ އިންސާނުންނަށްވުރެ މަތީ ދަރަޖައެއްގެ ބައެއްގެ ގޮތުގައި ދެކެވޭތީއެވެ.

މުދައްރިސުންނަށް ވަކި ދަރިވަރުންނަށް ނަފްރަތުކުރެވެއެވެ. އަދި އެހެން ދަރިވަރުންނަށް ހާއްސަ ސަމާލުކަމެއް ދީގެން އުޅެއެވެ. ބައެއްފަހަރު ނަފްރަތުކުރާ ކޮންމެ ދަރިވަރަކަށް ވަރަށް ބޮޑަށް އަދަބު ދެވެއެވެ. އަދި ހާއްސަ ސަމާލުކަމެއް ދޭ ކުދިންނަށް މޮޅު މާކްސް ދެވެނީ އެކުދިން އެއަށް ޙައްޤު ނުވީމަވެސްމެއެވެ.

ބެލެނިވެރިންނާއި ސްކޫލް މުދައްރިސުން ކުދިކުދިންނާއި ޒުވާނުންނަށް ގޯސް އުސޫލުތައް އިމްލާކުރެއެވެ.

ސެލްފް ކޮންޝަސްނެތް ބާރުވެރިންނަށް ކުރެވޭނީ ހަމައެކަނި މޮޔަ ކަންތައްތަކެވެ.

އަހަރެމެންނަށް ބޭނުންވަނީ އޮޓޯ ކޮންޝަސް ބާރުވެރިންނެވެ. އޮޓޯ ކޮންޝަސްއަކީ އެމީހާގެ އަމިއްލަ ނަފްސު މުޅިން ދެނެގަތުމެވެ. އަދި އެމީހެއްގެ ހުރިހާ އެތެރޭގެ އަގުތައް އެނގުމެވެ.

އެމީހެއްގެ އަމިއްލަ ނަފްސު ރަނގަޅަށް ދަންނަ މީހަކީ ފުރިހަމައަށް ހޭލާ ހުރިމީހެކެވެ. އެއީ ސެލްފް ކޮންޝަސް ވުމެވެ.

އެންމެންވެސް ހީކުރަނީ އެމީހުން އަމިއްލަ ނަފްސު ދަންނަކަމަށް، އެކަމަކު ހަގީގަތުގައި އެމީހާ ދަންނަ މީހަކު ދިރިއުޅުމުގައި ހޯދަން އުނދަގުލެވެ. މީހުންނަށް އެމީހުންގެ އަމިއްލަ ނަފްސާއިމެދު މުޅިން ގޯސް ޚިޔާލުތައް ވެއެވެ.

އަމިއްލަ ނަފްސު ދެނެގަތުމަށް ވަރަށް ބޮޑެތި އަދި ބިރުވެރި މަސައްކަތްތައް ކުރަންޖެހެއެވެ. ހަމައެކަނި އަމިއްލަ ނަފްސު ދެނެގަތުމުން ސެލްފް ކޮންޝަސްކަމަށް ވާސިލުވެވޭނެއެވެ.

ބާރުގެ ބޭނުން ނަހަމަގޮތުގައިކުރަނީ ހޭލުންތެރިކަމެއް ނެތުމުންނެވެ. ސެލްފް ކޮންޝަސްކަމުގެ ބާރުވެރިޔަކު ދުވަހަކުވެސް ބާރުގެ ބޭނުން ނަހަމަގޮތުގައި ނުކުރާނެއެވެ.

ބައެއް ފިލޯސަފަރުން ބާރުވެރިކަމާއި ދެކޮޅެވެ. އެމީހުން ބާރުވެރިންނަށް ނަފްރަތުކުރެއެވެ. އެފަދަ ވިސްނުމަކީ ގޯސް ވިސްނުމެކެވެ. ސަބަބަކީ ކުޑަކުޑަ ޖަރާސީމުން ފެށިގެން އިރާ ހަމައަށް، ހުރިހާ މަޚްލޫޤާތެއްގައި މިންކުރުމާއި ދަރަޖަތަކާއި، މަތީ ބާރުތަކުން ކޮންޓްރޯލްކޮށް އަނެއްބަޔަކު އެދިމާކުރެއެވެ.

ސިމްޕަލް މާމުއި ސެލްއެއްގައިވެސް ރާނީގެ ބާރުވެރިކަން އޮވެއެވެ. ކޮންމެ މޫސުން ގުނބޮޅިއެއްގައިވެސް ބާރުވެރިކަމާއި ގާނޫނުތައް ވެއެވެ. ބާރުވެރިކަމުގެ އުސޫލް ހަލާކުކޮށްލުމަކީ އެނާރކީއަށް ދިއުމެވެ.

މި ނާޒުކު ދުވަސްވަރުގެ ބާރުވެރިންނަކީ ހޭލުންތެރިކަމެއް ނެތް ބައެކެވެ. އަދި ފާހަގަކުރެވޭގޮތުގައި މި ސަބަބުގެ ސަބަބުން އަޅުވެތިކޮށް އަދަބުދީ ވޭންދެއެވެ.

އަހަރެމެންނަށް ބޭނުންވަނީ މުދައްރިސުންނާއި އުނގަންނައިދޭ މީހުންނާއި ރޫހާނީ ލީޑަރުންނާއި ސަރުކާރުގެ ބާރުވެރިންނާއި ބެލެނިވެރިންނާއި ފަދަ މީހުން މުޅިން ސެލްފް ކޮންޝަސް ވާށެވެ. އޭރުން ހަގީގަތުގައިވެސް ދުނިޔެ ރަނގަޅުކުރެވޭނެއެވެ.

މުދައްރިސުންނާއި ރޫހާނީ ލީޑަރުން ބޭނުންނުވާކަމަށް ބުނުމަކީ މޮޔަކަމެކެވެ. ހުރިހާ މަޚްލޫޤާތެއްގައި ބާރުވެރިކަމުގެ އުސޫލް ނޭނގުމަކީ މޮޔަކަމެކެވެ.

ސެލްފް ސަފިޝެންޓް، ފަޚުރުވެރި މީހުން ހީކުރަނީ މުދައްރިސުންނާއި ރޫހާނީ ލީޑަރުން ބޭނުމެއް ނުވާކަމަށެވެ.

އަހަރެމެންގެ އަމިއްލަ ދަތިކަމާއި ހާލަތު ޤަބޫލުކުރަންވާނެއެވެ. އަދި އަހަރެމެންނަށް ބާރުވެރިންނާއި މުދައްރިސުންނާއި ރޫހާނީ އިންސްޓްރަކްޓަރުން ބޭނުންވާކަން ދެނެގަންނަންވާނެއެވެ. އެކަމަކު ސެލްފް ކޮންޝަސް ބަޔަކު، އެއިރުން އެމީހުންނަށް އަހަރެމެންނަށް އިރުޝާދުދީ އެހީތެރިވެ ރަނގަޅު މަގުދައްކާނެއެވެ.

މުދައްރިސުންގެ ހޭލުންތެރިކަމެއްނެތް ބާރުވެރިކަން ދަރިވަރުންގެ އުފެއްދުންތެރިކަން ނެތިކޮށްލާނެއެވެ. ދަރިވަރަކު ކުރަހާނަމަ، ހޭލުންތެރިކަމެއްނެތް މުދައްރިސް ބުނާނީ ކުރަހަންވީ ގަހެއް ނުވަތަ މަންޒަރެއް ކޮޕީކުރަންވީކަމަށް، އެއިރުން ދަރިވަރު ބިރުން މުދައްރިސްގެ އުސޫލުން ބޭރުނުވެއެވެ.

އެއަކީ އުފެއްދުމެއްނޫނެވެ. ދަރިވަރު އުފެއްދުންތެރި ވާންޖެހެއެވެ. ހޭލުންތެރިކަމެއްނެތް މުދައްރިސްގެ އުސޫލުން ބޭރަށް ދާން އެނގެންވާނެއެވެ. ގަހަކާއިމެދު އޭނާއަށް އިހްސާސްވާ ހުރިހާ އެއްޗެއް ބުނެދެވޭނެއެވެ. ގަހުގެ ފަތްތަކުން ދައުރުވާ ދިރުއުޅުމުގެ ހުރިހާ ފުރުސަތުތަކާއި އަދި އެއީ ކޮންކަމެއްކަންވެސް ބުނެދެވޭނެއެވެ.

ހޭލުންތެރި މުދައްރިސަކު ހިތްވަރުދޭ ފުރިހަމަ އުފެއްދުންތެރިކަމާއި ދެކޮޅު ނުހަދާނެއެވެ.

ކޮންޝަސް ބާރުވެރިކަން ހުރި މުދައްރިސުން، ދަރިވަރުންގެ ސިކުނޑި ނަގާނުލާނެއެވެ.

ހޭލުންތެރިކަމެއްނެތް މުދައްރިސުން އެމީހުންގެ ބާރުވެރިކަމުގެ ދަށުން ދަރިވަރުންގެ ސިކުނޑިއާއި ބުއްދި ނަގާލާނެއެވެ.

ހޭލުންތެރިކަމެއްނެތް ބާރުވެރިކަން ހުރި މުދައްރިސުންނަށް އެނގޭނީ އަދަބުދޭން އަދި މޮޔަ އުސޫލުތައް ކިޔައިދޭން އެއިރުން ދަރިވަރުން ރަނގަޅުވާނެއެވެ.

ސެލްފް ކޮންޝަސް މުދައްރިސުން ވަރަށް ކެތްތެރިކަމާއެކު ދަރިވަރުންނަށް އުނގަންނައިދީ އެމީހުންގެ އަމިއްލަ ދަތިތައް ދެނެގަތުމަށް އެހީތެރިވެ ދޭނެއެވެ. އޭރުން އެމީހުންނަށް ހުރިހާ ކުށްތަކުން މިންޖުވެ ކާމިޔާބީއާއެކު ކުރިއަށްދެވޭނެއެވެ.

ކޮންޝަސް ނުވަތަ އޮޓޯ ކޮންޝަސް ބާރުވެރިކަމަކުން ދުވަހަކުވެސް ބުއްދި ނަގާލާނެއެވެ.

ހޭލުންތެރިކަމެއްނެތް ބާރުވެރިކަން ބުއްދި ނަގާލާނެއެވެ. އަދި ދަރިވަރުންނަށް ބޮޑެތި ގެއްލުންތައް ކުރާނެއެވެ.

ބުއްދި އަހަރެމެންނަށް އަންނާނީ އަހަރެމެންނަށް މިނިވަންކަން ލިބިގެންވާ ހިނދުއެވެ. އަދި ސެލްފް ކޮންޝަސް ބާރުވެރިކަން ލިބިފައިވާ މުދައްރިސުން އުފެއްދުންތެރި މިނިވަންކަމަށް އިހްތިރާމްކުރާނެއެވެ.

ހޭލުންތެރިކަމެއްނެތް މުދައްރިސުން ހީކުރަނީ އެމީހުންނަށް ހުރިހާ އެއްޗެއް އެނގޭކަމަށެވެ. އަދި ދަރިވަރުންގެ މިނިވަންކަން ނަގާލާނެއެވެ.

ސެލްފް ކޮންޝަސް މުދައްރިސުންނަށް އެނގޭނީ އެމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭކަން އަދި އެމީހުންގެ ދަރިވަރުންގެ އުފެއްދުންތެރިކަން ބަލައި ދަސްކުރާނެއެވެ.

ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން އޮޓޮމެޓިކް މީހަކަށްވުމުގެ ބަދަލުގާ، ބުއްދިވެރި އަދި މިނިވަން ބަޔަކަށްވާން ޖެހެއެވެ. އެއިރުން ދިރިއުޅުމުގެ ހުރިހާ ދަތިތަކާ ކުރިމަތިލާނެއެވެ.

މިއަށް ބޭނުންވަނީ ސެލްފް ކޮންޝަސް މުދައްރިސުންނެވެ. މޮޅު އަދި ދަރިވަރުންނަށް ހަގީގީ ޝައުޤުވެރިކަން ހުންނަ މުދައްރިސުންނެވެ. އެމީހުންނަށް ފައިސާގެ އެއްވެސް ދަތިކަމެއްނެތި މުސާރަ ދޭންވާނެއެވެ.

ނަސީބު ދެރަކަމުން ކޮންމެ މުދައްރިސަކާއި ބެލެނިވެރިޔަކު އަދި ދަރިވަރަކުވެސް ހީކުރަނީ އެމީހާ ސެލްފް ކޮންޝަސްއަށް ހޭލާ ހުރިކަމަށެވެ. އަދި އެއީ އެމީހާގެ އެންމެ ބޮޑު ގޯހެވެ.

ސެލްފް ކޮންޝަސް އަދި ހޭލާ ހުރި މީހަކު ހޯދަން ވަރަށް އުނދަގުލެވެ. މީހުން ހުވަފެން ދެކެނީ ހަށިގަނޑު ނިދާފައި އޮންނައިރުއެވެ. އަދި ހުވަފެން ދެކެނީ ހަށިގަނޑު ހޭލާ ހުރި އިރުއެވެ.

މީހުން ކާރު ދުއްވަނީ ހުވަފެން ދެކެމުންނެވެ. މަސައްކަތް ކުރަނީ ހުވަފެން ދެކެމުންނެވެ. މަގުމަގުން ހިނގަނީ ހުވަފެން ދެކެމުންނެވެ. ކޮންމެ ގަޑިއިރަކުވެސް ހުވަފެން ދެކެމުން ދިރިއުޅެނީއެވެ.

ޓީޗަރެއްގެ އަތުން ވިހާރި ހަނދާންނެތިގެން ދިއުމަކީ ނުވަތަ ކާރުގައި ފޮތެއް ނުވަތަ ވޮލެޓެއް ދޫކޮށްލުމަކީ ވަރަށް އާންމު ކަމެކެވެ. ހުރިހާ ކަމެއްވެސް ވަނީ ޓީޗަރުގެ ހޭލުންތެރިކަން ނިދާފައިވުމުންނެވެ. ހުވަފެން ދެކެމުންނެވެ…

މީހުން ނިދާފައިވާކަން ޤަބޫލުކުރުމަކީ ވަރަށް އުނދަގުލު ކަމެކެވެ. ކޮންމެ މީހަކުވެސް ހީކުރަނީ އޭނާ ހޭލާ ހުރިކަމަށެވެ. އެކަކުވެސް ޤަބޫލުކުރާނަމަ އޭނާގެ ހޭލުންތެރިކަން ނިދާފައިވާކަން، އެވަގުތުން ފެށިގެން އޭނާ ހޭލަން ފަށާނެއެވެ.

ދަރިވަރަކު ގެއިން ސްކޫލަށް ގެންދަންޖެހޭ ފޮތެއް ނުވަތަ ނޯޓް ފޮތެއް ހަނދާންނެތިގެން ދާނަމަ، އެއީ ވަރަށް އާންމު ކަމެކެވެ. އެކަމަކު އެކަން ދައްކާދެނީ އިންސާނީ ހޭލުންތެރިކަން ނިދާފައިވާކަމެވެ.

ކޮންމެ ޓްރާންސްޕޯޓް ސާވިސްއެއްގެ ދަތުރުވެރިންނަށް ބައެއް ފަހަރު މަގު އޮޅިގެން ދެއެވެ. އެމީހުން ނިދާފައި ތިއްބާ ހޭލެވުމުން އެމީހުންނަށް އެނގޭނީ މަގުއޮޅުނުކަން އަދި ފައިމަގުގައި އެތައް މަގުތަކެއް ދާންޖެހޭނެކަންއެވެ.

އިންސާނާ ހަގީގަތުގައި ހޭލާހުރެނީ މަދު ފަހަރަކުއެވެ. ވަގުތުކޮޅަކަށް ހޭލާ ހުންނަ ހިނދު، އިންތިހާއަށް ބިރުގަންނަ ހާލަތުގައި ވަގުތުކޮޅަކަށް އަމިއްލަ ނަފްސު ފުރިހަމައަށް ދެކެއެވެ. އެވަގުތުތަކަކީ ހަނދާންނެތިނުވާ ވަގުތުތަކެވެ.

މުޅި ސިޓީއަށް ދަތުރުކޮށްފައި ގެއަށްދާ މީހަކަށް ތަފްސީލީގޮތެއްގައި އޭނާގެ ޚިޔާލުތަކާއި ހާދިސާތަކާއި މީހުންނާއި ތަކެއްޗާއި ޚިޔާލުތަކާއި ހަނދާންކުރުމަކީ އުނދަގޫ ކަމެކެވެ. ހަނދާންކުރަން މަސައްކަތްކުރާއިރު، އޭނާގެ ހަނދާނުގައި ވަރަށް ބޮޑެތި ހުސްކަންތައްތަކެއް ހުންނާނެއެވެ. އެއީ ވަރަށް ފުންކޮށް ނިދާފައިވާ ވަގުތުތަކެވެ.

ބައެއް ސައިކޮލޮޖީ ދަރިވަރުން ވަގުތުން ވަގުތަށް ހޭލާހުރެ ދިރިއުޅެން ނިންމާފާވެއެވެ. އެކަމަކު އަވަހަށް އެމީހުން ނިދާފާވެއެވެ. މަގުމަތިން ރަހުމަތްތެރިޔަކު ފެނުނީމަ ނުވަތަ އެއްޗެއް ގަންނަން ފިހާރައަކަށް ވަނީމަވެސް ނިދާފާވެއެވެ. ގަޑިއިރުތަކެއްފަހުން ވަގުތުން ވަގުތަށް ހޭލާހުރެ ދިރިއުޅެން ނިންމި ނިންމުން ހަނދާންވުމުން، އެމީހުންނަށް އެނގޭނީ އެމީހުން ވަކިތަނަކަށް ވަތްއިރު ނުވަތަ ވަކި މީހަކާއި ބައްދަލުވި އިރު ނިދުނުކަމެވެ.

ސެލްފް ކޮންޝަސް ވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެކަމަކު މި ހާލަތަށް ވާސިލުވެވޭނީ ވަގުތުން ވަގުތަށް ހޭލާހުރެ ދިރިއުޅެން ދަސްކޮށްގެންނެވެ.

އަހަރެމެންނަށް ސެލްފް ކޮންޝަސްކަމަށް ވާސިލުވާން ބޭނުންވާނަމަ އަހަރެމެންގެ އަމިއްލަ ނަފްސު ފުރިހަމައަށް ދެނެގަންނަން ޖެހެއެވެ.

އަހަރެމެން އެންމެންނަށް ޔޯއާއި މީމައި ސެލްފް އެގޯ އެބަހުރި އެމީހާގެ އަމިއްލަ ނަފްސު ދެނެގަތުމަށް އެކްސްޕްލޯކުރަން އެބަޖެހެއެވެ. އަދި ސެލްފް ކޮންޝަސް ވާންޖެހެއެވެ.

އަވަހަށް އަމިއްލަ ނަފްސު އޮބްޒާވްކޮށް އަހަރެމެންގެ ކޮންމެ އުނިސިފައެއް އެނަލައިޒްކޮށް ދެނެގަންނަން އެބަޖެހެއެވެ.

ސިކުނޑިއާއި އިހްސާސުތަކާއި އާދަތަކާއި އިންސްޓިންކްޓްތަކާއި ޖިންސީ ގުޅުމުގެ ދާއިރާއިން އަމިއްލަ ނަފްސު ދިރާސާކުރަން ޖެހެއެވެ.

ސިކުނޑީގައި ގިނަ ލެވެލްތަކާއި ސަރަހައްދުތަކާއި ސަބްކޮންޝަސް ޑިޕާޓްމަންޓްތައް އެބަހުރި އެތަންތަން އޮބްޒަވޭޝަނާއި އެނަލައިޒްކޮށް ފުން މެޑިޓޭޝަނާއި ފުން އިޙްސާސުތަކުން ދެނެގަންނަން ޖެހެއެވެ.

ކޮންމެ އުނިސިފައެއްވެސް އިންޓެލެކްޗުއަލް ސަރަހައްދުން ގެއްލިގެން ގޮސް ސިކުނޑީގެ ހޭލުންތެރިކަމެއްނެތް ލެވެލްތަކުގައި ހުރެދާނެއެވެ.

ފުރަތަމަ ބޭނުންވަނީ އަހަރެމެންގެ އަމިއްލަ ހާލަތާއި ދަތިކަމާއި ވޭން ދެނެގަތުމަށް ހޭލުމެވެ. އޭގެފަހުން ވަގުތުން ވަގުތަށް ޔޯ މަރުވާން ފަށައެވެ. އަވަހަށް ސައިކޮލޮޖިކަލް ޔޯ މަރުވާން ޖެހެއެވެ.

ހަމައެކަނި މަރުވުމުން އަހަރެމެންގެ ތެރޭގައި ހޭލުންތެރި ސިފައެއް އުފެދެއެވެ. އަސްލު ހޭލުންތެރި ބާރުވެރިކަމެއް ކުރެވޭނީ އޭނާއަށެވެ.

ހޭލާށެވެ، މަރުވާށެވެ، އުފަންވާށެވެ. މިއީ ހަގީގީ ހޭލުންތެރި ދިރިއުޅުމަށް ގެންގޮސްދޭ ތިން ސައިކޮލޮޖިކަލް މަރުހަލާއެވެ.

މަރުވުމަށް ހޭލަން އެބަޖެހެއެވެ. އަދި އުފަންވުމަށް މަރުވާން އެބަޖެހެއެވެ. ހޭލުމެއްނެތި މަރުވާމީހާ މޮޔަ ސާދަ މީހަކަށް ވެއެވެ. މަރުވުމެއްނެތި އުފަންވާމީހާ ޑަބަލް ޝަޚުސިއްޔަތުގެ މީހަކަށް ވެއެވެ.

ހަގީގީ ބާރުވެރިކަން ކުރެވޭނީ ހަމައެކަނި ހޭލުންތެރި ސިފަ ލިބިފައިވާ މީހުންނަށެވެ.

ސިފަ ލިބިފައިނުވާ މީހުންނާއި ސެލްފް ކޮންޝަސް ނުވާ މީހުން، ގިނަފަހަރު ބާރުގެ ބޭނުން ނަހަމަގޮތުގައިކޮށް ގިނަ ގެއްލުންތައް ކުރެއެވެ.

މުދައްރިސުން އަމުރުކުރަން ދަސްކުރަންވާނެއެވެ. އަދި ދަރިވަރުން ކިޔަމަންތެރިވާން ދަސްކުރަންވާނެއެވެ.

ކިޔަމަންތެރިވުމާއި ދެކޮޅުވާ ސައިކޮލޮޖިސްޓުންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެއެވެ. ސަބަބަކީ ކިޔަމަންތެރިވާން ދަސްނުކޮށް، ހޭލުންތެރިކަމާއެކު އެކަކަށްވެސް އަމުރުނުކުރެވޭނެއެވެ.

ހޭލުންތެރިކަމާއެކު އަމުރުކުރަން އެނގެންވާނެއެވެ. އަދި ހޭލުންތެރިކަމާއެކު ކިޔަމަންތެރިވާން އެނގެންވާނެއެވެ.