މަޢުލޫމާތަށް ދާން

ތިން ސިކުނޑި

އައު ޒަމާނުގެ އިންޤިލާބީ ސައިކޮލޮޖީ ބުނާގޮތުގައި އިންސާނެކޭ ބުނާ މި އޮގަނިކް މެޝިން އެކުލެވިގެންވަނީ ތިން ސެންޓަރު ނުވަތަ ތިން ސިކުނޑީގެ މައްޗަށެވެ.

ފުރަތަމަ ސިކުނޑި ވަނީ ބޮލުގެ ނާށިގަނޑުގެ ތެރޭގައި ރައްކާކުރެވިފައެވެ. ދެވަނަ ސިކުނޑި ހުންނަނީ މައިކަށީގަޔާއި އޭގެ މެދުންދާ ނާރުތަކުގައާއި ހުރިހާ ގޮފި ނާރުތަކުގައެވެ. ތިންވަނަ ސިކުނޑި ވަކިތަނެއްގައި ނުހުރެއެވެ. އަދި ވަކި ގުނަވަނެއްވެސް ނޫނެވެ. ހަގީގަތުގައިވެސް ތިންވަނަ ސިކުނޑި އެކުލެވިގެންވަނީ ސިމްޕަތެޓިކް ނާރުގެ ޖާލުތަކާއި އާންމު ގޮތެއްގައި އިންސާނާގެ ހަށިގަނޑުގައިވާ ހުރިހާ ޚާއްސަ ނާރުތަކުގެ މަރުކަޒުތަކުގެ މައްޗަށެވެ.

ފުރަތަމަ ސިކުނޑިއަކީ ވިސްނާ މަރުކަޒެވެ. ދެވަނަ ސިކުނޑިއަކީ ހަރަކާތްތެރިވުމުގެ މަރުކަޒެވެ. އާންމު ގޮތެއްގައި މިއީ މޯޓޯ ސެންޓަރެވެ. ތިންވަނަ ސިކުނޑިއަކީ އިހުސާސްތަކުގެ މަރުކަޒެވެ.

އަމަލީގޮތުން ސާބިތުވެފައިވާ ގޮތުގައި ވިސްނާ ސިކުނޑި މާބޮޑަށް ބޭނުންކުރުމަކީ ބުއްދީގެ ހަކަތަ މާބޮޑަށް ބޭނުންވެގެންދާ ކަމެކެވެ. އެހެންކަމުން ޝައްކެއްނެތި ޔަގީންކަމާއެކު ބުނެވޭނީ މެންޓަލް ހޮސްޕިޓަލްތަކަކީ ބުއްދި މަރުވެފައިވާ މީހުންގެ ހަގީގީ ގަބުރުސްތާންތަކެއް ކަމެވެ.

ހަމަހަމަ އަދި އެއްގޮތް ކުޅިވަރުތަކަކީ މޯޓޯ ސިކުނޑިއަށް ފައިދާހުރި ކަންތައްތަކެވެ. އެހެންނަމަވެސް ކުޅިވަރު މާބޮޑަށް ކުޅުމަކީ މޯޓޯ ހަކަތަ މާބޮޑަށް ބޭނުންވެގެންދާ ކަމެކެވެ. އަދި އޭގެ ނަތީޖާ ވަރަށް ނުރަނގަޅުވެއެވެ. މޯޓޯ ސިކުނޑި މަރުވެފައިވާ މީހުންވެސް އުޅޭކަމަށް ބުނުމަކީ މާ ބޮޑު ދޮގަކަށް ނުވާނެއެވެ. މިފަދަ މަރުވެފައިވާ މީހުންނަކީ ހެމިޕްލެޖިއާ، ޕެރަޕްލެޖިއާ، ޕްރޮގްރެސިވް ޕެރަލިސިސް ފަދަ ބަލިތަކުން ތަކުލީފު އުފުލާ މީހުންނެވެ.

ސެންސުއަލް އެސްތެޓިކްސް، މިސްޓިޒަމް، އެކްސްޓެސީ، މަތީ ދަރަޖައިގެ މިއުޒިކަކީ އިހުސާސްތަކުގެ މަރުކަޒު ތަރައްގީ ކުރުމަށް ބޭނުންތެރި ކަންތައްތަކެވެ. އެހެންނަމަވެސް އެ ސިކުނޑި މާބޮޑަށް ބޭނުންކުރުމަކީ ބޭކާރު ގޮތުގައި ހަލާކުވެ އިހުސާސްތަކުގެ ހަކަތަ އިސްރާފުވެގެންދާ ކަމެކެވެ. އިހުސާސްތަކުގެ ސިކުނޑި މާބޮޑަށް ބޭނުންކުރަނީ “ނިއުވޭވް”ގެ އެގްޒިސްޓެންޝަލިސްޓުންނާއި، ރޮކްގެ ފެނެޓިކުންނާއި، މޮޑާން އާޓްގެ ސެންސުއަލް ސޫޑޯ އާޓިސްޓުންނާއި، ސެންސުއަލިޓީގެ މޯބިޑް ޕެޝަނަރީންނެވެ.

އަޖައިބުވެރި ހީވިޔަސް، ޔަގީނީގޮތުން މަރުވެސް މީހާގެ ކޮންމެ ތިންބައިކަށް ޕްރޮސެސް ކުރެވެއެވެ. ކޮންމެ ބައްޔެއްގެ އަސްލުވެސް އޮންނަނީ ކޮންމެވެސް އެއް ސިކުނޑީގައި ކަން މިއަދު އެނގި ސާބިތުވެއްޖެއެވެ.

ބޮޑުވެގެންވާ ގާނޫނު ހިންގާ ފަރާތުން ވަނީ ބުއްދި އޮޅުންބޮޅުންވެފައިވާ ކޮންމެ ޖަނަވާރެއްގެވެސް ކޮންމެ ސިކުނޑިއަކަށް ދިރުއުޅުމުގެ އަގުހުރި ވަކި މިންވަރެއްގެ ރައުސްމާލެއް ދީފައެވެ. އެ ރައުސްމާލު ރައްކާކުރުމަކީ ދިގު އުމުރެއް ލިބުމެވެ. އެ ރައުސްމާލު އިސްރާފުކުރުމަކީ މަރުވުމެވެ.

ޒަމާންތަކުގެ ބިރުވެރި ރޭތަކުން އަހަރުމެންނާ ހަމައަށް އައިސްފައިވާ ޤަދީމީ ރިވާޔަތްތަކުގައި ބުނާގޮތުގައި ޕެސިފިކް ކަނޑުގައި އޮތް މޫ ކިޔާ އެންމެ އުތުރު ބައްރުގައި އިންސާނުންގެ އުމުރުގެ މިންވަރު 12 އަހަރާއި 15 އަހަރާ ދެމެދުގެ އަދަދަކަށް އުޅެއެވެ.

އެކި ޒަމާންތަކުގައި ގަރުނުތައް ފާއިތުވަމުންދިޔަ ވަރަކަށް ތިން ސިކުނޑި ގޯސްގޮތުގައި ބޭނުންކުރުމުގެ ސަބަބުން އުމުރު މަޑުމަޑުން ކުރުވަމުން ދިޔައެވެ.

ކޭމްގެ އިރުއޮއްސަމުންދާ ބިމުގައި… ފިރްޢައުނުންގެ ދުވަސްވަރުގެ މިސްރުގައި އިންސާނުންގެ އުމުރުގެ މިންވަރު 140 އަހަރަށް ދަށްވެއްޖެއެވެ.

މިހާރުގެ ޒަމާނުގައި ގޭސްލިން އާއި ސެލިއުލޮއިޑް އުފައްދާ މި ދުވަސްވަރު އެގްޒިސްޓެންޝަލިޒަމް އާއި ރޮކްގެ ބާޣީން އުޅޭ މި ޒަމާނުގައި ބައެއް އިންޝުއަރެންސް ކުންފުނިތަކުން ބުނާގޮތުގައި އިންސާނުންގެ އުމުރުގެ މިންވަރު އެވަރަށްވުރެ ތަންކޮޅެއް މައްޗަށް، އެބަހުރި 50 އަހަރުގައެވެ.

ސޯވިއެޓް ޔޫނިއަންގެ މާކްސިސްޓް-ލެނިނިސްޓް ވެރިން އަބަދުވެސް އެހެން ދޮގުހަދާ މޮޔަކަންދައްކާ ބަޔަކަށް ވީހިނދު އެމީހުން ދަނީ އުމުރު ދިގުކުރުވަން ޚާއްސަ ސިރަމްތަކެއް އީޖާދުކޮށްފައިވާ ކަމަށްބުނެ ވާހަކަދައްކަމުންނެވެ. އެކަމަކު ކްރޫޝްޗޭވް އަދި 80 އަހަރަކަށްވެސް ނުވެއެވެ. އަދި އޭނާގެ ފައިގެ ހުއްދައާއެކު އެއްފައި މައްޗަށް އުފުލަން ޖެހެއެވެ.

އޭޝިއާގެ މެދުތެރޭގައި ދީނީ ގޮތުން އެކުވެފައިވާ މުސްކުޅިންގެ ބަޔަކު އެބަތިއްބެވެ. އެ މުސްކުޅިންނަށް އެމީހުންގެ ޅަ އުމުރުވެސް ހަނދާނެއް ނެތެވެ. އެ މުސްކުޅިންގެ އުމުރުގެ މިންވަރު 400 އަހަރާއި 500 އަހަރާ ދެމެދުގެ އަދަދަކަށް އުޅެއެވެ.

އޭޝިއާގެ މި ރާހިބުންގެ ދިގު އުމުރުގެ ސިއްރަކީ ތިން ސިކުނޑި ހެޔޮގޮތުގައި ބޭނުންކުރުމެވެ.

ތިން ސިކުނޑި އެއް ހަމައެއްގެ މަތީން އަދި އެއްބާވަތުގައި ބޭނުންކުރުމަކީ ދިރުއުޅުމުގެ އަގުހުރި މިންވަރު ރައްކާކޮށް އޭގެ ނަތީޖާއެއްގެ ގޮތުން އުމުރު ދިގުކުރުމެވެ.

“ގިނަ މަސްދަރުތަކެއްގެ ވައިބްރޭޝަންތައް އެއްވަރުކުރުން” މި ނަމުން މަޝްހޫރު ކައުނުގެ ގާނޫނެއް ވެއެވެ. އެ ދީރާގޭ ރާހިބުންނަށް އެ ގާނޫނު ތިން ސިކުނޑި ބޭނުންކޮށްގެން ބޭނުންކުރަން އެނގެއެވެ.

ވަގުތު ފާއިތުވެގެންދާ ވަރަކަށް އުނގަންނައިދިނުމުގެ ސަބަބުން ދަރިވަރުން ވިސްނާ ސިކުނޑި މާބޮޑަށް ބޭނުންކުރެވޭ ހާލަތަކަށް ގެންގޮސް އޭގެ ނަތީޖާ ސައިކިއެޓްރީއަށް އެނގެއެވެ.

ތިން ސިކުނޑި ބުއްދިވެރިގޮތެއްގައި ތަރައްގީކުރުމަކީ މުހިންމު ތައުލީމެވެ. ބާބިލް، ގްރީސް، އިންޑިއާ، ޕާރްސިއާ، މިސްރު ފަދަ ގައުމުތަކުގައި ހުންނަ ސިއްރު މަދަރުސާތަކުގައި ދަރިވަރުންނަށް އެމީހުންގެ ތިން ސިކުނޑިއަށް ސީދާ މައުލޫމާތު ލިބެއެވެ. އަދި އެ މައުލޫމާތު ލިބެނީ އުސޫލުތަކާއި ނެށުމާއި މިއުޒިކް ފަދަ ކަންތައްތައް ބުއްދިވެރިގޮތެއްގައި އެއްކޮށްގެންނެވެ.

ކުރީ ޒަމާނުގައި ތިއޭޓަރުތަކަކީ މަދަރުސާގެ ބައެކެވެ. ޑްރާމާއާއި ކޮމެޑީއާއި ޓްރެޖެޑީ ހާއްސަ މީމާއާއި މިއުޒިކާއި އަނގަބަހުން ދޭ ތައުލީމާއެކު އެއްކޮށްލުމުން ކޮންމެ މީހެއްގެވެސް ތިން ސިކުނޑިއަށް މައުލޫމާތު ފޯރުކޮށްދެއެވެ.

އެހެންކަމުން އޭރުގެ ދަރިވަރުން ވިސްނާ ސިކުނޑި މާބޮޑަށް ބޭނުންނުކޮށް އެމީހުންގެ ތިން ސިކުނޑި ބުއްދިވެރިގޮތެއްގައި އަދި އެއް ހަމައެއްގެ މަތީން ބޭނުންކުރާނެއެވެ.

ގްރީސްގެ އެލިއުސިސްގެ ސިއްރުތަކުގެ ނެށުމާއި ބާބިލްގެ ތިއޭޓަރާއި ގްރީސްގެ ބުދުތައް ބޭނުންކުރެވެނީ އަބަދުވެސް ދަރިވަރުންނަށް މައުލޫމާތު ދިނުމަށެވެ.

މިހާރު ރޮކްގެ ސަބަބުން ހަލާކުވެފައިވާ މި ޒަމާނުގައި އޮޅުންއަރާފައިތިބި ދަރިވަރުން އުޅެނީ ސިކުނޑި މާބޮޑަށް ބޭނުންކުރުމުގެ އަނދިރި މަގުގައެވެ.

މިހާރު ތިން ސިކުނޑި އެއްހަމައެއްގެ މަތީން ތަރައްގީކުރުމަށް އުފެއްދުންތެރި އަސްލު ނިޒާމެއް ނެތެވެ.

މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ މުދައްރިސުންނާއި މުދައްރިސާތުނަނުވެސް ވާހަކަދައްކަނީ ފޫހިވެފައިތިބި ދަރިވަރުންގެ ހަނދާނަށް އަމާޒުކޮށްގެންނެވެ. އަދި އެ ދަރިވަރުން ތިބެނީ ކުލާހުން ނިކުންނަންވާ ވަގުތު އިންތިޒާރުކޮށްގެންނެވެ.

އެންމެ އަވަހަށް ކުރަންޖެހޭ ކަމަކީ، ދަރިވަރުންގެ ތިން ސިކުނޑިއަށް އެއްވެސް އުނިކަމެއްނެތި މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ބުއްދިއާއި ހަރަކާތާއި އިހުސާސް އެއްކޮށްލަން އެނގުމެވެ.

އެއް ސިކުނޑިއަކަށް މައުލޫމާތު ދިނުމަކީ މާނައެއްނެތްކަމެކެވެ. ފުރަތަމަ ސިކުނޑިއަކީ އެކަނި އެނގުމުގެ ބާރު އޮތް ސިކުނޑިއެއް ނޫނެވެ. ދަރިވަރުންގެ ވިސްނާ ސިކުނޑި މާބޮޑަށް ބޭނުންކުރުމަކީ ކުށެކެވެ.

މުހިންމު ތައުލީމަކީ ދަރިވަރުން އެއް ހަމައެއްގެ މަތީން ތަރައްގީ ކުރުމުގެ މަގަށް ގެންދިއުމެވެ.

އިންގިލާބީ ސައިކޮލޮޖީ ސާފުގޮތެއްގައި އުނގަންނައިދޭ ގޮތުގައި ތިން ސިކުނޑީގައިވެސް މުޅިން ތަފާތު ތިން ގިންތީގެ ގުޅުންތައް ވެއެވެ. މި ތިން ގިންތީގެ ގުޅުންތަކުން ސިފަތަކުގެ ތަފާތު ހިތްވަރުތައް ހަނދާނަށް ގެނެއެވެ.

މިއީ ހަގީގަތުގައިވެސް އެއްވެސް އެއްބާވަތެއްގެ ސިފައެއްގެ ގޮތުންވެސް އަދި ފާޅުވުމުގެ ގޮތުންވެސް އެއްގޮތްކަމެއްނެތް ތިން ޕަސަނަލިޓީއެވެ.

އައު ޒަމާނުގެ އިންގިލާބީ ސައިކޮލޮޖީ އުނގަންނައިދޭ ގޮތުގައި ކޮންމެ މީހެއްގައިވެސް ނަފްސާނީގޮތުން ތަފާތު ތިން ކަންތައް ވެއެވެ. ނަފްސާނީ ސިފާގެ އެއްބައިން އެއްކަމެއް ކުރަން ބޭނުންވާއިރު އަނެއް ބައިން އެއާ މުޅިން ޚިލާފު އެހެންކަމެއް ކުރަން ބޭނުންވެއެވެ. އަދި ތިންވަނަ ބައިގެ ސަބަބުން އެއާ މުޅިން ދެކޮޅުކަމެއް ކުރެވެއެވެ.

ވަރަށް ބޮޑު ހިތާމައެއް ލިބުނު ވަގުތެއްގައި، ގާތް މީހަކު ގެއްލުމުން ނުވަތަ އެހެންވެސް އަމިއްލަ ކާރިސާއެއްގެ ސަބަބުން އިހުސާސްތަކުގެ ޕަސަނަލިޓީ މާޔޫސްވެފައިވާއިރު ބުއްދީގެ ޕަސަނަލިޓީން އެ ހުރިހާ ހާދިސާއެއް ހިނގަންވީ ސަބަބު ސުވާލުކުރާނެއެވެ. އަދި ހަރަކާތުގެ ޕަސަނަލިޓީ އެތަނުން ފިލަން ބޭނުންވާނެއެވެ.

ތަފާތު އަދި ގިނަފަހަރު ދެކޮޅުވެސް ހަދާ މި ތިން ޕަސަނަލިޓީއަކީ ހުރިހާ މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައިވެސް ޚާއްސަ އުސޫލުތަކާއި ނިޒާމުތައް ބޭނުންކޮށްގެން ބުއްދިވެރިގޮތެއްގައި ތަރައްގީކޮށް އުނގަންނައިދޭން ޖެހޭނެ އެއްޗެކެވެ.

ނަފްސާނީގޮތުން ބަލާއިރު ހަމައެކަނި ބުއްދީގެ ޕަސަނަލިޓީއަށް ތައުލީމު ދިނުމަކީ މާނައެއްނެތް ކަމެކެވެ. އިންސާނާގައި މުހިންމު ތައުލީމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ތިން ޕަސަނަލިޓީ އެބަހުއްޓެވެ.