އަމިއްލަ ތަރުޖަމާ
ހޭއެޅުމުގެ ޑިއަލެކްޓިކް
އަހަރެމެންގެ އެތެރެއިން ބޭރުކުރަންޖެހޭ ނޭދެވޭ ކަންތައްތައް ނައްތާލުމާ ގުޅުންހުރި އެސޮޓެރިކް މަސައްކަތުގައި، ބައެއް ފަހަރު ފޫހިވުމާއި، ވަރުބަލިވުމާއި، މާޔޫސްވުން ފަދަ ކަންތައްތައް ކުރިމަތިވެއެވެ.
އަހަރެމެންނަށް ހަގީގަތުގައިވެސް ބޮޑު ބަދަލެއް ގެންނަން ބޭނުންވާނަމަ، އަބަދުވެސް އަސްލު ފެށުނު މަރުކަޒަށް އެނބުރިގޮސް، ސައިކޮލޮޖިކަލް މަސައްކަތުގެ އަސާސްތަކަށް އަލުން އަހުލުވެރިވާން އެބަޖެހެއެވެ.
ހަގީގަތުގައިވެސް އެތެރެހަށީގެ ފުރިހަމަ ބަދަލެއް ގެންނަން ބޭނުންވާނަމަ، އެސޮޓެރިކް މަސައްކަތަށް ލޯބިކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ.
ބަދަލު ގެނައުމަށް މަގުފަހިކޮށްދޭ ސައިކޮލޮޖިކަލް މަސައްކަތަށް ލޯބިނުވާހާ ހިނދަކު، އުސޫލުތައް އަލުން ވަޒަންކުރުމަކީ ނުވާނެކަމެކެވެ.
އަހަރެމެންނަށް އެމަސައްކަތްތަކަށް ލޯބިނުވާނަމަ، އެކަމަށް ޝައުގުވެރިވެވޭނެކަމަށް ހީކުރުމަކީ މޮޔަކަމެކެވެ.
މީގެ މާނައަކީ ސައިކޮލޮޖިކަލް މަސައްކަތުގެ އަސާސްތައް އަލުން ވަޒަންކުރުމަށް ތަކުރާރުކޮށް މަސައްކަތްކުރާއިރު ލޯބިވެތިވުމަކީ ފަސްނުކުރެވޭނެ ކަމެކެވެ.
ހޭލުންތެރިކަމަކީ ކޮބައިކަން އެންމެ ފުރަތަމަ އެނގެން އެބަޖެހެއެވެ. އެހެނީ އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ދެނެގަންނަން ޝައުގުވެރިވެފައިނުވާ މީހުންވެސް މަދެއްނޫނެވެ.
އާންމުކޮށް ފެންނަ ކޮންމެ މީހަކުވެސް، ބޮކްސިންގ ރިންގުގެ މައްޗަށް ވެއްޓިގެންދާއިރު ބޮކްސަރެއްގެ ހޭވެއްޔަށް ދާކަން ދެނެގަންނާނެއެވެ.
އެނގޭގޮތުގައި، އެ ދެރަވެފައިވާ ފައިޓަރު އަނބުރާ އަންނައިރު، އަލުން ހޭވެރިކަން ހޯދައެވެ.
ހަމަ އެގޮތަށް ޝަހުސިއްޔަތާއި ހޭވެރިކަމާ ދެމެދުގައި ސާފު ތަފާތެއް އެބައޮތްކަން ކޮންމެ މީހަކަށްވެސް ވިސްނޭނެއެވެ.
ދުނިޔެއަށް އަންނައިރު އަހަރެމެންގެ ކޮންމެ މީހެއްގެ ކިބައިގައިވެސް ހޭވެރިކަމުގެ ތިން އިންސައްތައާއި، ސަބްކޮންޝިއަސްއާއި، އިންފްރާކޮންޝިއަސްއާއި، އިންކޮންޝިއަސްއަށް ބަހާލެވޭގޮތަށް ނުވަދިހަ ހަތް އިންސައްތަ ހުރެއެވެ.
ހޭލާހުރި ހޭވެރިކަމުގެ ތިން އިންސައްތަ، އަމިއްލަ ނަފްސުގެ މައްޗަށް މަސައްކަތްކުރާ މިންވަރަކުން އިތުރުކުރެވިދާނެއެވެ.
ހަމައެކަނި ޖިސްމާނީ ނުވަތަ މެކޭނިކަލް އުސޫލުތަކުން ހޭވެރިކަން އިތުރުކުރުމަކީ ވާނެކަމެއްނޫނެވެ.
ޝައްކެއްވެސްނެތްގޮތުގައި ހޭވެރިކަން ހޭލެވޭނީ ހަމައެކަނި ހޭވެރިކަމާއެކު ކުރާ މަސައްކަތްތަކާއި ރުހުމުން ތަހައްމަލުކުރާ ކަންތައްތަކުންނެވެ.
އަހަރެމެންގެ ތެރޭގައި ތަފާތު ބާވަތްތަކުގެ ހަކަތަ އެބަހުރި، އެކަން ވިސްނަންވާނެ: ފުރަތަމަ.- މެކޭނިކަލް ހަކަތަ. ދެވަނަ.- ޖީވަނީ ހަކަތަ. ތިންވަނަ.- ނަފްސާނީ ހަކަތަ. ހަތަރުވަނަ.- ސިކުނޑީގެ ހަކަތަ. ފަސްވަނަ.- ވިލްގެ ހަކަތަ. ހަވަނަ.- ހޭވެރިކަމުގެ ހަކަތަ. ހަތްވަނަ.- ސާފު ރޫޙުގެ ހަކަތަ. ހަމައެކަނި މެކޭނިކަލް ހަކަތަ އިތުރުކުރިކަމުގައިވިޔަސް، ހޭވެރިކަން ހޭލުވުމަށް ދުވަހަކުވެސް މަސައްކަތެއްނުކުރާނެއެވެ.
އަހަރެމެންގެ ހަށިގަނޑުގެ ތެރޭގައި ޖީވަނީ ބާރުތައް އިތުރުކުރިކަމުގައިވިޔަސް، ހޭވެރިކަން ހޭލުވުމަކަށް ދުވަހަކުވެސް ނުދާނެއެވެ.
ހޭވެރިކަމުގެ އެއްވެސް ބައިވެރިވުމެއްނެތި، ސައިކޮލޮޖިކަލް ގިނަ ކަންތައްތަކެއް އަމިއްލަ ނަފްސުގެ ތެރޭގައި ހިނގައެވެ.
ސިކުނޑީގެ ހަމަތައް ކިތަންމެ ބޮޑުވިޔަސް، ސިކުނޑީގެ ހަކަތައަކަށް ދުވަހަކުވެސް ހޭވެރިކަމުގެ ތަފާތު ވަޒީފާތައް ހޭލުވައެއްނުދެވޭނެއެވެ.
ވިލްގެ ބާރު ކިތަންމެ ގިނަވިޔަސް، ހޭވެރިކަން ހޭލުވުމަކަށް ނުދާނެއެވެ.
މި ހުރިހާ ބާވަތެއްގެ ހަކަތަތައް ހޭވެރިކަމާ އެއްވެސް ގުޅުމެއްނެތް ތަފާތު ފެންވަރުތަކާއި މިނާތަކުގައި ހުރެއެވެ.
ހޭވެރިކަން ހޭލުވެވޭނީ ހަމައެކަނި ހޭވެރިކަމާއެކު ކުރާ މަސައްކަތްތަކާއި ސީދާ މަސައްކަތްތަކުންނެވެ.
އިންސާނިއްޔަތުގެ ކިބައިގައިވާ ހޭވެރިކަމުގެ ކުޑަ އިންސައްތަ އިތުރުކުރުމުގެ ބަދަލުގައި އާންމުގޮތެއްގައި ދިރިއުޅުމުގައި ބޭކާރުގޮތުގައި ހޭދަކުރެވެއެވެ.
އެނގޭގޮތުގައި އަހަރެމެންގެ ދިރިއުޅުމުގައި ހިނގާ ހުރިހާ ކަންތައްތަކަށް އަހަރެމެން އަހުލުވެރިވުމުން ހޭވެރިކަމުގެ ހަކަތަ ބޭކާރުގޮތުގައި ހޭދަކުރެވެއެވެ.
އަހަރެމެން ދިރިއުޅުމަކީ އެއްވެސް ކޮމެޑީއަކަށް، ޑްރާމާއަކަށް ނުވަތަ ޓްރެޖެޑީއަކަށް ދުވަހަކުވެސް އަހުލުނުވެރިވެ ބަލަންޖެހޭ ފިލްމެއްގެ ގޮތުގައެވެ، އެގޮތަށް އަހަރެމެން ހޭވެރިކަމުގެ ހަކަތަ ސަލާމަތްކުރާނެއެވެ.
ހޭވެރިކަމަކީ އޭގެ ޒާތުގައި ވަރަށް މަތީ ވައިބްރޭޓަރީ ފްރީކުއެންސީއެއްހުރި ބާވަތެކެވެ.
ހޭވެރިކަމާއި ހަނދާނު އޮޅުވާނުލާށެވެ، އެހެނީ އެ ދެކަންތައް އެއްކަމެއް އަނެއްކަމަކާ ތަފާތުވާ މިންވަރު، އަލިގަދަ ބޮކްސްތަކުގެ އަލިކަމާއި އަހަރެމެން ދާ މަގާ ހުރި ގުޅުމާ ތަފާތުވާ މިންވަރެވެ.
ހޭވެރިކަމޭ ކިޔާ އެއްޗެއްގެ އެއްވެސް ބައިވެރިވުމެއްނެތި، އަހަރެމެންގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރެވެއެވެ.
ހޭވެރިކަން ބައިވެރިނުވެ، އަހަރެމެންގެ ހަށިގަނޑުގައި ގިނަ އެޑްޖަސްޓްމަންޓްތަކާއި ރިއެޑްޖަސްޓްމަންޓްތައް ހިނގައެވެ.
އަހަރެމެންގެ ހަށިގަނޑުގެ މޮޓޯ ސެންޓަރަށް ހޭވެރިކަމުގެ އެންމެ ކުޑަމިންވަރުވެސް ބައިވެރިނުވެ ކާރެއް ދުއްވުމަށް ނުވަތަ ޕިއާނޯގެ ކީބޯޑުގައި އަތްތަކުން ޖެހުމަށް އިރުޝާދުދެވިދާނެއެވެ.
ހޭވެރިކަމަކީ ހޭނެތްކަމަށް ނުފެންނަ އަލިކަމެކެވެ.
ލޯފަން މީހާއަށްވެސް އިރުގެ އަލިކަން ނުފެނެއެވެ، އެހެނަސް އެއަލި އޭގެ ޒާތުގައި ވެއެވެ.
އަހަރެމެންގެ ހޭވެރިކަމުގެ އަލި އަމިއްލަ ނަފްސުގެ ބިރުވެރި އަނދިރިކަމުގެ ތެރެއަށް ވަނުމަށް ހުޅުވާލަން ބޭނުންވެއެވެ.
ޔޫހަންނާގެ ބަސްތަކުގެ މާނަ މިހާރު މާ ރަނގަޅަށް ވިސްނޭނެ، އިންޖީލުގައި އޭނާ ބުނެފައިވަނީ: “އަލި އަނދިރިކަމުގެ ތެރެއަށް އައެވެ، އެހެނަސް އަނދިރިކަމަށް އެއެއް ނުވިސްނުނެވެ”.
އެހެނަސް މީގެ ކުރިން ސައިކޮލޮޖިކަލް ސެލްފް އޮބްޒަވޭޝަންގެ މޮޅު އިހްސާސް ބޭނުންނުކުރާނަމަ ހޭވެރިކަމުގެ އަލި އަމިއްލަ ނަފްސުގެ އަނދިރިކަމުގެ ތެރެއަށް ވަނުމަކީ ވާނެކަމެއްނޫނެވެ.
ސައިކޮލޮޖީގެ އަނދިރިތަންތަން އަލިކޮށްދިނުމަށް އަލިކަމަށް މަގުފަހިކޮށްދޭން ބޭނުންވެއެވެ.
ބަދަލުކުރަން ޝައުގުވެރިނުވާނަމަ ދުވަހަކުވެސް ސެލްފް އޮބްޒަވޭޝަނެއް ނުކުރާނެއެވެ، އެފަދަ ޝައުގުވެރިވުމެއް ވާނީ އެސޮޓެރިކް ތަޢުލީމަށް ހަގީގަތުގައިވެސް ލޯބިވާ ހިނދުއެވެ.
އަމިއްލަ ނަފްސުގެ މައްޗަށް މަސައްކަތްކުރުމާ ގުޅޭ އިރުޝާދުތައް އަލުން އެއްފަހަރަށްވުރެ ގިނަފަހަރު ވަޒަންކުރުމަށް ނަސޭހަތްތެރިވަނީ ކީއްވެގެންކަން މިހާރު އަހަރެމެންގެ ކިޔުންތެރިންނަށް ވިސްނޭނެއެވެ.
ހޭވެރިކަން ހޭލުމުން، ހަގީގަތް ސީދާގޮތެއްގައި ތަޖުރިބާކުރެވެއެވެ.
ދުވަސްދުއްވާލި ބުއްދިވެރިކަމުގެ ބާރުން މޮޔަވެފައިވާ، އިންސާނުންނޭ ކިޔާ ޖަނަވާރު، ހޭވެރިކަމުގެ ޑައިލެކްޓިކް ހަނދާންނެތިއްޖެއެވެ.
ޝައްކެއްވެސްނެތްގޮތުގައި ލޮޖިކަލް ކޮންސެޕްޓްތައް އުފެއްދުމުގެ ބާރަކީ އަސްލު ވަރަށް ނިކަމެތިކަމެކެވެ.
ތީސިސްއިން އެންޓިތީސިސްއަށް ދެވިދާނެއެވެ އަދި ބަހުސްކޮށްގެން ސިންތަސިސްއަށް ވާސިލުވެވިދާނެއެވެ، އެހެނަސް އެ ސިންތަސިސްއަކީ އޭގެ ޒާތުގައިވެސް އަދިވެސް އިލްމީ ކޮންސެޕްޓެކެވެ އެއީ އެއްވެސް ގޮތަކަށް ހަގީގަތާ އެއްގޮތްވާނެ އެއްޗެއްނޫނެވެ.
ހޭވެރިކަމުގެ ޑައިލެކްޓިކް މާ ސީދާވެފައި، އެއްވެސް ހާދިސާއެއްގެ ހަގީގަތް ތަޖުރިބާކުރުމަށް މަގުފަހިކޮށްދެއެވެ.
ފިޠްރަތީ ހާދިސާތައް އެއްވެސް ގޮތަކަށް ސިކުނޑިން އުފައްދާ ކޮންސެޕްޓްތަކާ އެއްގޮތެއްނުވެއެވެ.
ދިރިއުޅުން ކޮންމެ ހިނދުކޮޅަކުވެސް ކުރިއަށްދާއިރު، ތަހުލީލުކުރަން ހިފަހައްޓާއިރު، މަރާލެވެއެވެ.
ފިޠްރަތީ ކޮންމެވެސް ހާދިސާއެއް ފާހަގަކޮށް ކޮންސެޕްޓްތައް ނެރެން މަސައްކަތްކުރާއިރު، ހަގީގަތުގައިވެސް އެ ހާދިސާގެ ހަގީގަތް ދެނެގަތުން ހުއްޓާލާފައި ހަމައެކަނި އެކަންކަމުގައި އެކަންކަމާ އެއްވެސް ގުޅުމެއްނެތް ތިއަރީތަކާއި ވިސްނުންތައް ފެނެއެވެ.
އިލްމީ ހަލޫސިނޭޝަން މޮޔަކޮށްލާފައި، އަހަރެމެން ބޭނުންވަނީ ފިޠްރަތުގެ ހުރިހާ ހާދިސާއެއް އަހަރެމެންގެ ލޮޖިކަލް ޑައިލެކްޓިކްއާ އެއްގޮތްވާން މަޖުބޫރުކުރުވުމަށެވެ.
ހޭވެރިކަމުގެ ޑައިލެކްޓިކް ބިނާވެފައިވަނީ ތަޖުރިބާކުރެވިފައިވާ ކަންތައްތަކުގެ މައްޗަށެވެ އަދި ހަމައެކަނި ސަބްޖެކްޓިވް ރޭޝަނަލިޒަމްގެ މައްޗަކަށެއްނޫނެވެ.
ފިޠްރަތުގެ ހުރިހާ ޤާނޫނެއްވެސް އަހަރެމެންގެ ތެރޭގައި ވެއެވެ އަދި އަހަރެމެންގެ އެތެރޭގައި އެކަންކަން ހޯދާނުލެވޭނަމަ، ދުވަހަކުވެސް އެކަންކަން އަމިއްލަ ނަފްސުން ބޭރުން ހޯދައެއްނުލެވޭނެއެވެ.
މީހާ އުނިވަރސްގެ ތެރޭގައި ވެއެވެ އަދި އުނިވަރސް މީހާގެ ތެރޭގައި ވެއެވެ.
ހަގީގަތަކީ އަމިއްލައަށް އެތެރޭގައި ތަޖުރިބާކުރާ އެއްޗެކެވެ، ހަގީގަތް ތަޖުރިބާކުރެވޭނީ ހަމައެކަނި ހޭވެރިކަމަށެވެ.
ހޭވެރިކަމުގެ ބަހުރުވައަކީ ރަމްޒީ، ގާތް، ފުން މާނައެއްއެކުލެވިގެންވާ ބަހުރުވައެކެވެ އަދި އެކަން ވިސްނޭނީ ހަމައެކަނި ހޭލާ ތިބޭ މީހުންނަށެވެ.
ހޭވެރިކަން ހޭލުވަން ބޭނުންވާ މީހާ، އީގޯ، ޔޯ، އަމިއްލަ ނަފްސު ހިމެނޭ އޭގެ ތެރެއިން އެސެންސް ފޮރުވިފައިވާ ނޭދެވޭ ހުރިހާ ކަމެއް އޭގެ ތެރެއިން ނައްތާލަންވާނެއެވެ.