އަމިއްލަ ތަރުޖަމާ
އުފާވެރިކަން
ދުވަހުގެ ގިނަ ވަގުތު މީހުން މަސައްކަތްކުރަނީ، ދިރިއުޅުމަށްޓަކައި ތަޅާފޮޅަނީ، ކޮންމެއެކަހަލަ ގޮތަކުންވެސް ދުނިޔޭގައި އުޅެން ބޭނުންވެގެން. އެކަމަކު އެމީހުން އުފަލެއް ނުލިބޭ. އުފަލަކީ ކޮބައިކަން އެއީ ބުނަންވެސް ނޭނގޭ އެއްޗެއް. އެންމެ ދެރަކަމަކީ މީހުންނަށް އެނގޭ އެއީ އުފާވެރިކަމެއް ނޫންކަން. އެހެންނަމަވެސް އެހާ ގިނަ ހިތާމަތަކެއްގެ ތެރޭގައިވެސް، މީހުން އުންމީދު ގެއްލުވާލާހެން ހީނުވޭ. އެމީހުންނަށް އެއުފާ ލިބޭނެ ގޮތެއް ނޭނގުނަސް، ކޮންމެވެސް ދުވަހަކުން އެއުފާ ލިބޭނެކަމަށް އަދިވެސް އުންމީދުކުރޭ.
އެއީ ހާދަހާވާ ދެރަ މީހުންނޭ! ކިހާ ގިނަ ދުކެއް އެމީހުންނަށް ލިބޭބާ! އެހެންވީއިރުވެސް، އެމީހުން ދުނިޔޭގައި އުޅެން ބޭނުންވޭ، މަރުވެދާނެތީ ބިރުގަނޭ.
މީހުންނަށް އިންޤިލާބީ ނަފްސާނީ ޢިލްމުގެ މައްޗަށް އެއްޗެއް ވިސްނިއްޖެނަމަ، އެމީހުން އެކިގޮތަށް ވިސްނަން ފަށާފާނެ. އެކަމަކު ހަޤީޤަތުގައި އެމީހުންނަކަށް އެއްވެސް އެއްޗެއް ނޭނގޭ. އެމީހުން ބޭނުންވަނީ އެމީހުންގެ ނިކަމެތިކަމުގެ ތެރޭގައި ދިރިއުޅެން. އެއީ ހަމައެކަނި އެމީހުން ބޭނުންވާގޮތް.
މަޖާ އަދި ހިތްގައިމު ވަގުތުތައް އާދޭ، އެކަމަކު އެއީ އުފަލެއްނޫން؛ މީހުން މަޖަލާއި އުފަލާއި އޮޅުވާލަނީ.
“ޕަޗަންގާ”، “ޕަރަންޑާ”، ރާބޮއެގެން މަސްތުވެގެން ހޭލުން، ޖިންސީ ގުޅުން؛ އެއީ ޖަނަވާރުސިފަތަކެއްގެ ތެރެއިން ލިބޭ މަޖާ، އެއީ އުފަލެއް ނޫން… އެހެންނަމަވެސް، ރާނުބޮއެ، ޖަނަވާރު ސިފަތަކެއްނެތި، ރަލެއްނެތި ސަލާމަތް ރައްކާތެރި ޕާޓީތައްވެސް ބާއްވާ، އެކަމަކު އެއީވެސް އުފަލެއްނޫން…
ކަލާކީ މީރު އިންސާނެއްތަ؟ ނަށާއިރު ކަލާއަށް ކިހިނެއް ހީވަނީ؟ ކަލާ ލޯބީގެ ދަންތުރައިގައި ޖެހިއްޖެތަ؟ ކަލާ ހަޤީޤަތުގައި ލޯބިވޭތަ؟ ކަލާ އެންމެ ލޯބިވާ މީހާއާއިއެކު ނަށާއިރު ކަލާއަށް ކިހިނެއް ހީވަނީ؟ އަހަރެން ތަންކޮޅެއް އަނިޔާވެރި ވާން ހުއްދަ ދޭތި، މިވަގުތު ތިޔަބޭފުޅުންނަށް ބުނެދޭން މިއުޅެނީ އެއީވެސް އުފަލެއް ނޫނޭ.
ކަލާ މިހާރު މުސްކުޅިވެއްޖެނަމަ، ކަލާއަށް މިމަޖާތަކަށް ލޯބިނުވެއްޖެނަމަ، ކަލާއަށް އެތަކެތި ފާނޑުވަނީ ބިއްލޫރިހެންޏާ؛ މާފުކުރޭ އަހަރެން ކަލާއަށް ބުނެފިއްޔާ، ކަލާ ތަފާތުވެވުނީސް ކަލާ ޒުވާންވެގެން އުންމީދުތަކުން ފުރިގެން އިންނަނަމަ.
ކޮންމެގޮތަކަށް ބުނިނަމަވެސް، ނަށާ ނުނަށާ، ލޯބިކުރާ ނުކުރާ، ފައިސާ ކިޔާ އެއްޗެއް ލިބިފައިވިޔަސް ނުވިޔަސް، ކަލާ އުފަލެއްނުލިބޭ، ކަލާ އެހެން ހީކުރިޔަސްވެސް.
އިންސާނާ އުފާ ހޯދަން ދުނިޔޭގެ އެކިކަންކޮޅުތަކަށް ގޮސް އޭނާ މަރުވަނީ އެއުފާ ނުހޯދި.
ލެޓިން އެމެރިކާގައި ގިނަ މީހުން އުއްމީދުކުރަނީ ލޮޓަރީގެ ބޮޑު އިނާމު ނަގަން ދުވަހަކުން، އެމީހުން ހީކުރަނީ އެގޮތަށް އުފާ ލިބޭނެކަމަށް؛ ބައެއްފަހަރު އެބައިމީހުންނަށް އެއިނާމު ލިބޭ، އެކަމަކު އެކަމުން އެމީހުން އެހާ ދުވަހު އެދެމުން އައި އުފާ ލިބޭކަށްނެތް.
ކުޑަކުއްޖަކު އިންދާ ހުވަފެންދެކެނީ ފުރިހަމަ އަންހެނަކު، “އެއްހާސް އެއް ރޭގެ” ރާނީއެއްފަދަ މީހަކު، އާދަޔާ ޚިލާފު އެއްޗެއް؛ ދެން އަންނަނީ ހަޤީޤީ ދިރިއުޅުމުގެ ހަޤީޤަތް: އަންހެނަކު، ބަލަންޖެހޭ ކުޑަކުދިންތަކެއް، ދަތި އިޤްތިސާދީ މައްސަލަތަކެއް، ފަދަ ކަންތައްތައް.
ޝައްކެއްވެސްނެތް، ދަރިން ބޮޑުވަމުންދާ ވަރަކަށް މައްސަލަތައްވެސް ބޮޑުވެގެން އަންނަނީ، އަދި ނުވެސް ހައްލުކުރެވޭފަދަ ހާލަތްތައްވެސް އާދޭ…
ކުއްޖާ ބޮޑުވަމުންދާ ވަރަކަށް ބޫޓުވެސް ބޮޑުވަމުންދާނެ އަދި އަގުވެސް ބޮޑުވާނެ، އެއީ ޔަޤީންކަމާއެކު އެނގޭކަމެއް.
ދަރިން ބޮޑުވަމުންދާ ވަރަކަށް އަންނައުނުވެސް އަގުބޮޑުވަމުންދާނެ؛ ފައިސާ ހުރިއްޔާ މައްސަލައެއްނެތް، އެކަމަކު ފައިސާނެތިއްޔާ ކަންތައް ވަރަށް ސީރިއަސްވާނެ އަދި ވަރަށްބޮޑަށް ތަޙައްމަލުކުރަންޖެހޭނެ…
މިއީ އެހާ ގެއްލުންދެނިވި ކަމަކަށްނުވީސް، އަންހެނުން ރަނގަޅުވީނަމަ، އެކަމަކު ފިރިހެނާ އަށް ޚިޔާނާތްތެރިވީމާ، “ފިރިހެންމީހާގެ ބޮލުގައި ކޮம்புއެޅުވީމާ”، އެހެންވީމާ، ފައިސާ ހޯދަން އެތާންގޭ ތަޅާފޮޅުމުގެ ބޭނުމަކީ ކޮބައިތަ؟
ނަސީބުދެރަކަމުން ޚާއްޞަ ޙާލަތްތަކެއް އާދޭ، އަންހެނުންނަކީ ހައިރާންކުރުވަނިވި، އަދި މުއްސަނދިކަމުގަޔާއި ނިކަމެތިކަމުގައިވެސް ޙަޤީޤީ އެކުވެރިންނަށްވެސް ވާނެ، އެކަމަކު އެންމެ ދެރަކަމަކީ ފިރިހެނާ އެމީހުންގެ އަގު ނުވަޒަންކުރުން، އަދި ދޫކޮށްލާފައި އެހެން އަންހެނުންގެ ފަހަތުން ދިއުން، އެއަންހެނުން އޭނާގެ ދިރިއުޅުން ހަލާކުކޮށްލާނެ.
ގިނަ އަންހެންކުދިން “ރަންކުލައިގެ ޕްރިންސެއް” އަންނާނެކަމަށް ހުވަފެންދެކޭ، ނަސީބުދެރަކަމުން ހަޤީޤަތުގައި ކަންތައް ވަރަށް ތަފާތު، އަދި ކައިވެނިކޮށްގެން އުޅެނީ އަނިޔާވެރި ފިރިހެނަކާއިއެކު.
އަންހެނެއްގެ އެންމެ ބޮޑު އުއްމީދަކީ ރީތި ގެދޮރެއް ހޯދާ މަންމައަކަށްވުން: “މުޤައްދަސް އިޚްތިޔާރު”، އެހެންނަމަވެސް ފިރިހެނަކީ ވަރަށް ރަނގަޅު މީހެއްކަމުގައިވިޔަސް، އެއީ ވަރަށް އުނދަގޫ ކަމެއް، ހުރިހާކަމެއްވެސް ފާއިތުވެގެންދާނެ: ފިރިހެންކުދިންނާއި އަންހެންކުދިން ކައިވެނިކޮށްގެން އެބައިމީހުންގެ މައިންބަފައިން ދޫކޮށްފައިދާނެ، އަދި ހުރިހާ ގުޅުމެއް ނިމުމަކަށް ގެންނާނެ.
ޖުމްލަގޮތެއްގައި، އަހަރެމެން ދިރިއުޅޭ މި އަނިޔާވެރި ދުނިޔޭގައި އުފާވެރި ބަޔަކުނެތް… ހުރިހާ ނިކަމެތި އިންސާނުންނަކީވެސް އުފާނުލިބޭ ބަޔަކު.
ދިރިއުޅުމުގައި އަހަރެމެންނަށް ގިނަ “އަހުވަރުލައިގެން އުޅޭ މީހުން” ފައިސާއިން ފުރިފައި، މައްސަލަތަކުންވެސް ފުރިފައި، ހުރިހާ ވައްތަރެއްގެ ދެބަސްވުންތަކުން ފުރިފައި، ޓެކްސްތައް ބޮޑުވެފައި އެބަތިއްބާ. އެބައިމީހުންނަކީ އުފާވެރި ބަޔަކުނޫން.
ރަނގަޅު ސިއްޙަތެއް ނެތްއިރު މުއްސަނދިވުމުގެ ބޭނުމަކީ ކޮބައިތަ؟ އޭ ފަޤީރު މުއްސަނދިންނޭ! އެމީހުންނަކީ ބައެއްފަހަރު ކޮންމެ ފަޤީރަކަށްވުރެވެސް ދެރަ މީހުން.
ހުރިހާކަމެއްވެސް ދުނިޔޭގައި ވެގެންދާނެ: ކަންތައްތައް، މީހުން، ޚިޔާލުތައް، ފަދަ ކަންތައްތައް ފާއިތުވެގެންދާނެ. ފައިސާހުރި މީހުންވެސް ފާއިތުވެގެންދާނެ، އަދި ފައިސާނެތް މީހުންވެސް ފާއިތުވެގެންދާނެ އަދި ހަޤީޤީ އުފާ ދަންނަ އެކަކުވެސް ނެތް.
ގިނަބަޔަކު އެމީހުންގެ އަމިއްލަ ނަފްސުން ސަލާމަތްވާން މަސްތުވާތަކެތި ނުވަތަ ރާ ބޭނުންކުރޭ، އެކަމަކު ހަޤީޤަތުގައި އެ ސަލާމަތްވުމެއް ނުލިބޭނެ، އެއަށްވުރެން ބޮޑަށް އެމީހުން އެ ދެވައްތަރަށް ޖެހިގެން ހަލާކުވެގެންދާނެ.
ރަލުގެ ނުވަތަ މަރިޖުއާނާ ނުވަތަ އެލް.އެސް.ޑީ ފަދަ އެއްޗެހީގެ އެކުވެރިން ގެއްލިގެންދާނެ މަންޒަރު ހުސްވެދާނެ މަސްތުވާތަކެތި ބޭނުންކުރާ މީހާ އޭނާގެ ދިރިއުޅުން ބަދަލުކުރަން ޤަރާރުކުރީމާ.
“އަހަރެންގެ އަމިއްލަ ނަފްސުން”، “އަހަރެންގެ އަމިއްލަ ޒާތުން” ފިލައިގެން އުފަލެއްނުލިބޭނެ. ހަމަގައިމުވެސް ސަމާލުކަންދޭންޖެހޭނެ “ގިރަހެންދޭގެ ބޮލުގައި އަތްލާފައި”، “އަހަރެންގެ އަމިއްލަ ޒާތު” ނިރަހަހޯދާ، ވޭނުގެ ސަބަބުތައް ހޯދާ.
މިހާ ގިނަ ނިކަމެތިކަމާއި ހިތާމަވެރިކަމުގެ ޙަޤީޤީ ސަބަބުތައް އެކަކަށް ފަހުމްވީމާ، އެކަކަށް އެއްޗެއް ކުރެވޭނެކަން ވަރަށް ސާފުވާނެ…
“އަހަރެންގެ އަމިއްލަ ނަފްސު” ނައްތާލެވިއްޖެނަމަ، “އަހަރެންގެ ރާތަކުން”، “އަހަރެންގެ އާދަތަކުން”، “އަހަރެންގެ ލޯބިން”، އަހަރެންގެ ހިތުގައި އެހާ ގިނަ ވޭންދެނީ، އަހަރެންގެ ކަންބޮޑުވުންތަކުން އަހަރެންގެ ސިކުނޑި ސުންނާފަތިކޮށްލަނީ އަދި ބަލިކޮށްލަނީ ފަދަ ކަންތައްތަކުން، އެކަންކަން ކުރެވިއްޖެނަމަ ސާފުވާނެ އޭރުން އަންނާނެ ވަގުތާއި ހަމައަށް ނުދާ އެއްޗެއް، ހަށިގަނޑާއި، ލޯތްބާއި، އަދި ސިކުނޑިންވެސް މާ ދުރަށް ދާ އެއްޗެއް، އެއީ ހަޤީޤަތުގައި ވިސްނުމަށް ނޭނގޭ އެއްޗެއް، އެއަށް ކިޔަނީ އުފާ!
ޝައްކެއްވެސްނެތްގޮތުގައި، ހޭލުންތެރިކަން އެކުލެވިގެން ހުރިހާހިނދަކު، “އަހަރެންގެ އަމިއްލަ ނަފްސު”، “އަހަރެންގެ އަމިއްލަ ޒާތުގެ” ތެރޭގައި ހުރިހާހިނދަކު، އެއްވެސް ގޮތަކަށް ޙަޤީޤީ އުފާ ނުދެނެގަނެވޭނެ.
އުފަލަށް ލިބޭ ރަހައަކީ “އަހަރެންގެ އަމިއްލަ ޒާތް”، “އަހަރެންގެ އަމިއްލަ ނަފްސަށް” އެއްގޮތަކަށްވެސް ނުދެނެގަނެވޭ އެއްޗެއް.