އަމިއްލަ ތަރުޖަމާ
ކުންޑަލިނީ
އަހަރެމެން މިހިރީ ވަރަށް ނާޒުކު ނުކުތާއެއްގައެވެ. އަޅުގަނޑު އިޝާރާތްކުރަން ބޭނުންވަނީ ކުންޑަލީނީގެ މި މައްސަލައަށެވެ. އެއީ އަޅުގަނޑުމެންގެ ޖާދުވީ ބާރުތަކުގެ އަލިފާނުގެ ސާޕެވެ. އިރުމަތީގެ ޙިކުމަތުގެ އެތައް ލިޔުމެއްގައި އެކަން ބަޔާންކޮށްފައިވެއެވެ.
ޝައްކެއްވެސްނެތްގޮތުގައި ކުންޑަލީނީގެ އެތައް ލިޔުންތަކެއް އެބަހުރި، އަދި އެއީ ހަމަ ހޯދަންޖެހޭ އެއްޗެކެވެ.
މެދުޒަމާނުގެ އެލްކީމީގެ ލިޔުންތަކުގައި ކުންޑަލީނީއަކީ މުޤައްދަސް މަނި ބޭރުކުރާ ނަޖުމީ ނިޝާނެވެ. ސްޓެލާ މެރިސްއެވެ. ދަރިޔާގެ ކަންވާރެވެ. އެކަމަނާ ބޮޑު މަސައްކަތުގެ މަސައްކަތްތެރިންނަށް ބުއްދިވެރިކަމާއެކު މަގުދައްކަވައެވެ.
އެޒްޓެކްތަކުގެ މެދުގައި އެކަމަނާއަކީ ޓޮނަންޓްޒިންއެވެ. ޔޫނާނީންގެ މެދުގައި ކާސްޓާ ޑިއާނާއެވެ. އަދި މިސްރުގައި އެކަމަނާއަކީ އައިސިސްއެވެ. އެއީ އެއްވެސް އިންސާނަކަށް ފަރުދާ ނުއުފުލޭ އިލާހީ މައިކަމަނާއެވެ.
ކްރިސްޓިއެނިޓީގެ އެސޮޓެރިކް އިން ކުންޑަލީނީގެ އިލާހީ މައިކަމަނާއަށް އަޅުކަންކުރުން ދުވަހަކުވެސް ހުއްޓާނުލާކަމީ ޝައްކެއްނެތްކަމެކެވެ. ފާޅުކަންބޮޑުގޮތެއްގައި އެކަމަނާއަކީ މަރާހެވެ. ނުވަތަ ރަނގަޅަށް ބުނާނަމަ ރާމް-އިއޯ، މޭރިއާއެވެ.
އޯތޮޑޮކްސް ދީންތަކުން ސިފައެއް ނުކުރެއެވެ. މަދުވެގެން އެގޮތުން ބޭރުވަށަފައްޓަރު ނުވަތަ އާންމުކޮށް ވިސްނާނަމަ އައިސިސްގެ ސިފަ އިންސާނާގެ ވަކި ފަރުދެއްގެ ސިފައިގައެވެ.
ފާޅުކަންބޮޑުގޮތެއްގައި ސިއްރުން ދަސްކޮށްދެނީ ފެށޭ މީހުންނަށް އެ އިލާހީ މައިކަމަނާ ކޮންމެ އިންސާނެއްގެ އެތެރޭގައި ވަކިވަކިން ވުޖޫދުވެ އެވެ.
އެންމެ ބޮޑަށް ފާހަގަކުރަންޖެހޭ ކަމަކީ ގޯޑް-މަދަރ، ރިއާ، ސިބެލްސް، އެޑޯނިއާ ނުވަތަ އަހަރެމެން ކޮންމެ ގޮތަކަށް ކިޔުނަސް، އެއީ އަހަރެމެންގެ އަމިއްލަ ވަކިވަކި ވުޖޫދުގެ ތަފާތު ބާވަތެކެވެ. މިހާރު މިތާ އެބައޮތެވެ.
ޚުލާސާކޮށް ބުނާނަމަ އަހަރެމެންގެ ކޮންމެ މީހަކަށްވެސް އަމިއްލަ މައިކަމަނާއެއް ޚާއްޞަ، ވަކިވަކިން ވެއެވެ.
އުޑުގައި އެތައް މައިން ތިއްބަވާއިރު ބިންމަތީގައި އެތައް މަޚުލޫޤުން އެބަތިއްބެވެ.
ކުންޑަލީނީއަކީ ދުނިޔެ ވުޖޫދުކުރާ ސިއްރުވެރި ހަކަތައެވެ. އެއީ ބްރަހްމާގެ ސިފައެކެވެ.
އިންސާނާގެ ފޮރުވިފައިވާ އެނަޓޮމީގައި ފާޅުވާ ނަފްސާނީ ސިފަ އިން ކުންޑަލީނީ ތިންފަހަރާއި ބައި ފަހަރު އޮޅިފައި ހުންނަނީ ކޮކްސިޖިއަލް ކަށީގައިވާ މެގްނެޓިކް މަރުކަޒެއްގެ ތެރޭގައެވެ.
އެތަނުގައި އެކަމަނާ އަވަސްނުވެ އޮންނަނީ ކޮންމެ ސާޕެއްހެން އިލާހީ ޕްރިންސެސްއެއްގެ ގޮތުގައެވެ.
އެ ޗަކްރާ ނުވަތަ މަރުކަޒުގެ މެދުގައި އަންހެން ތިނެސްކަނެއް ނުވަތަ ޔޯނީއެއް ވާއިރު އެތަނުގައި ފިރިހެން ލިންގަމްއެއް ގާއިމުވެއެވެ.
ބްރަހްމާގެ ޖިންސީ އުފެއްދުންތެރި ބާރު ދައްކުވައިދޭ މި އެޓޮމިކް ނުވަތަ ޖާދުވީ ލިންގަމްގެ ވަށައިގެން ކުންޑަލީނީގެ މަތިވެރި ސާޕު އޮޅިފައިއޮވެއެވެ.
އަލިފާނުގެ ރާނީ ސާޕެއްގެ ސިފައިގައި ހޭލަނީ އެލްކީމިސްޓް އާޓިފިޝަލްގެ ސިއްރު ސިއްރުންނެވެ. އެއީ އަޅުގަނޑުގެ “ދަ މިސްޓްރީ އޮފް ދަ އޯރިއަސް ފްލޮރެސެންސް” ނަމަކަށް ދީފައިވާ މަސައްކަތުގައި ސާފުކޮށް ދަސްކޮށްދީފައިވާ އެއްޗެކެވެ.
ޝައްކެއްވެސްނެތްގޮތުގައި މި އިލާހީ ބާރު ހޭލުމުން ކާމިޔާބުވެރިކަމާއެކު މައިގަނޑު ސްޕައިނަލް ކެނަލްއިން މައްޗަށް އަރައި އަހަރެމެންގެ ތެރޭގައި އިލާހީ ބާރުތައް ތަރައްޤީކުރެއެވެ.
އެކަމަނާގެ މާވަރާއީ އިލާހީ ސަބްލިމިނަލް ސިފައިގައި މުޤައްދަސް ސާޕު ފިޒިއޮލޮޖިކަލް، އެނަޓޮމިކްއަށްވުރެ މައްޗަށްދާއިރު އެކަމަނާގެ ނަސްލީ ހާލަތުގައި އަހަރެމެންގެ އަމިއްލަ ވުޖޫދުގެ ގޮތުގައިވެސް ވުޖޫދުވެއެވެ. އެކަމަކު އެއީ ނެގިފައިވާ އެއްޗެކެވެ.
މި މަޒުމޫނުގައި މުޤައްދަސް ސާޕު ހޭލުވުމުގެ ޓެކްނިކް ދަސްކޮށްދިނުމަކީ އަޅުގަނޑުގެ މަޤްޞަދެއްނޫނެވެ.
އަޅުގަނޑު ބޭނުންވަނީ އެހެން ހަމައެކަނި އަމިއްލަ ނަފްސުގެ ހަޤީޤަތާއި އެނަފްސުގެ ތަފާތު އިންސާނިއްޔަތުކަންނެތް އުންސުރުތައް ހައްލުކުރުމާ ގުޅުންހުރި އެތެރޭގެ އަވަސްކަމަށް އިތުރު އަހައްމިއްޔަތުކަމެއް ދޭންވެގެންނެވެ.
ހަމައެކަނި ސިކުނޑިއަށް އެއްވެސް ނަފްސާނީ އުނިކަމެއް މުޅިން ބަދަލުކުރެވޭކަށްނެތެވެ.
ސިކުނޑިއަށް ކޮންމެ އުނިކަމެއްގެ ނަންލިޔެ، އެއުނިކަމެއް އެހެން ފެންވަރަކަށް ބަދަލުކޮށް، އަމިއްލަ ނަފްސަށް ނުވަތަ އެހެން މީހުންނަށް ފޮރުވައި، މާފުކުރެވޭނެއެވެ. އެކަމަކު އެއްގޮތަކަށްވެސް ނައްތައެއްނުލެވޭނެއެވެ.
ވިސްނުމަކީ އަސާސީ ބައެކެވެ. އެކަމަކު ހުރިހާ އެއްޗެއް ނޫނެވެ. ނައްތާލަން އެބަޖެހެއެވެ.
އުނިކަން ފާހަގަކުރުމުން އެ އުނިކަން ނައްތާލުމުގެ ކުރިން ތަޙްލީލުކޮށް ފުރިހަމައަށް ވިސްނަންވާނެއެވެ.
ސިކުނޑިއަށްވުރެ މަތީ ބާރަކާއި، ކުރިން ހޯދައި ފުންކޮށް އިންސާފުކޮށްފައިވާ ކޮންމެ އަމިއްލަ ނަފްސެއްގެ އުނިކަން އެޓޮމިކް ގޮތުން ނައްތާލުމުގެ ޤާބިލުކަންހުރި ބާރަކަށް އަހަރެމެން ބޭނުންވެއެވެ.
ނަސީބުދިމާކުރިގޮތުން އެފަދަ ބާރެއް ފުންކޮށް ހުރިތަން މައްޗަށްއަރަނީ ހަށިގަނޑާއި، ލޯބިވެތިކަމާއި، ސިކުނޑިންމާއްދީގޮތުން ދުރުގައި ހުންނަ ސިފަޔަކަށްވާއިރު އެހެންނަމަވެސް އެބާރުގެ ސާބިތުކޮށްދޭ މާއްދާތައް ކޮކްސިޖިއަލް މަރުކަޒުގެ ކަށީގައި އެބަހުރިކަމަށް މިހާރުވެސް މިބާބުގެ ކުރީގެ ޕެރެގްރާފުތަކުގައި ބަޔާންކޮށްފައިއެއޮތީއެވެ.
ކޮންމެ އަމިއްލަ ނަފްސެއްގެ އުނިކަމަށް ފުރިހަމައަށް ވިސްނުމަށްފަހު ފުންކޮށް މެޑިޓޭޓްކުރަން ޖެހޭނެއެވެ. އާދޭސްކޮށް، ދުޢާކޮށް، ކުރިން ވިސްނާފައިވާ އަމިއްލަ ނަފްސުގެ އުނިކަން ނައްތާލުމަށް އަހަރެމެންގެ ޚާއްޞަ ވަކިވަކި އިލާހީ މައިކަމަނާގެ އަރިހުން އެދެންވާނެއެވެ.
އަހަރެމެންގެ އެތެރޭގައި އުފުލާ އުނިކަންހުރި އުންސުރުތައް ނައްތާލުމަށް ބޭނުންވާ ސީދާ ޓެކްނިކަކީ މިއީއެވެ.
އިލާހީ މައި ކުންޑަލީނީއަށް އިންސާނިއްޔަތުކަންނެތް ކޮންމެ ސަބްޖެކްޓިވް ސައިކިކް އެގްރިގޭޓެއް އަޅިއަށް ބަދަލުކުރުމުގެ ބާރުއެބަހުއްޓެވެ.
މިދަސްކޮށްދިނުމާއި، މިގޮތުގެމަތިން އަމަލުނުކުރާނަމަ އަމިއްލަ ނަފްސު ހައްލުކުރުމަށްކުރާ ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ ބޭކާރުވާނެއެވެ.