އަމިއްލަ ތަރުޖަމާ
ތިން ސިކުނޑި
އިޖާބީ މަގުސަދުތަކެއްނެތި، ވިހަވެފައިވާ ޝައްކުތަކެއްގެ ތެރޭގައި ހާސިލުކުރަންޖެހޭ ބުއްދީގެ ގިނަ މަކަރުވެރިން އެބަތިއްބެވެ.
ހަމަކަށަވަރުންވެސް 18 ވަނަ ގަރުނުން ފެށިގެން އިންސާނުންގެ ސިކުނޑިތަކަށް ބިރުވެރިކަމެއްހުރިގޮތަށް ޝައްކުވުމުގެ ނުބައިވިހަ ވަނީ ފެތުރިފައެވެ.
އެ ގަރުނުގެ ކުރީގައި ސްޕެއިންގެ އައްސޭރި ފަށުގައި އޮންނަ ނޮންޓްރަބާޑާ ނުވަތަ ފޮރުވިފައިވާ މަޝްހޫރު ޖަޒީރާ ފެންނަގޮތަށް އަދި އަތުން އުނގުޅާލެވޭ ގޮތަށް އަބަދުވެސް ވުޖޫދުވެއެވެ.
ޝައްކެއްވެސްނެތްގޮތުގައި އެފަދަ ޖަޒީރާއެއްވަނީ ހަތަރުވަނަ ވާޓިކަލްގެ ތެރޭގައި ޤާއިމްވެފައެވެ. އެ ސިއްރުވެރި ޖަޒީރާއާ ގުޅުންހުރި އެތައްވާހަކަތަކެއްވެއެވެ.
18 ވަނަ ގަރުނުގެ ފަހުން މިދެންނެވި ޖަޒީރާ ދުނިޔެ ދެމިއޮތްހާ ދުވަހަށް ގެއްލިގެންދިޔައެވެ. އެ ޖަޒީރާއާބެހޭ އެއްވެސް އެއްޗެއް އެކަކަށްވެސް ނޭނގެއެވެ.
ރަސްގެފާނު އާރތަރ އަދި މޭޒު ލައްވާފައިވާ ސާހިބުންގެ ޒަމާނުގައި، ތަބީއަތުގެ އަސާސީތައް އަބަދުވެސް ފާޅުވެގެންދެއެވެ. އަދި އަހަރެމެންގެ ޖިސްމާނީ ވައިމަޑުތެރެއަށް ފުންކޮށް ވަދެގެންދެއެވެ.
އަދިވެސް އައިރލޭންޑްގެ ފެހި އެރިމްގައި ޖިންނިއާއި ސުވަރުގެއާއި ހާދީސާތަކުގެ ވާހަކަތައް ގިނައެވެ. ނަސީބުދެރަގޮތުން މި ހުރިހާ މައުސޫމުކަންތައްތަކާއި، ދުނިޔޭގެ ރޫހުގެ ހުރިހާ ރީތިކަމެއް، މިހާރު އިންސާނިއްޔަތަށް ފާހަގައެއްނުކުރެވެއެވެ. ސަބަބަކީ ބުއްދީގެ މަކަރުވެރިންގެ ސަބަބުން އުފެދިފައިވާ ނާޖާއިޒު ބޮޑާކަމެވެ.
މިއަދު ބުއްދިވެރިން މި ހުރިހާކަމަކަށް މަލާމާތްކުރެއެވެ. އަދި އެބައިމީހުން އެކަން ޤަބޫލުނުކުރެއެވެ. އެއީ އެމީހުންނަކީ ދުވަހަކުވެސް އެކަމުން އުފާވެރިކަމެއް ހޯދާފައިވާ ބައެއްނޫންވީމައެވެ.
އަހަރެމެންގެ ކިބައިގައި ތިން ސިކުނޑިވާކަން މީސްތަކުންނަށް ވިސްނިއްޖެނަމަ، ކަންތައްތައް ބަދަލުވެގެންދާނެއެވެ. އަދި އެމީހުން މި ދިރާސާތަކަށް އިތުރަށް ޝައުޤުވެރިވެދާނެއެވެ.
ނަސީބުދެރަގޮތުން ނުދަންނަ މީސްތަކުންގެ އުނދަގޫ އިލްމުތަކުގައި ބެހިފައިވާތީ، އަހަރެމެންގެ ދިރާސާތަކަށް ސީރިއަސްކޮށް އަހައްމިއްޔަތު ދޭނެ ވަގުތެއްވެސް އެބައިމީހުންނަކަށް ނެތެވެ.
އެ ދެރަ މީސްތަކުންނަކީ ފުދުންތެރިބައެކެވެ. އެމީހުން ދެރަވެފައިވަނީ ބޭކާރު ބުއްދީގެ މައްޗަށެވެ. އަދި އެމީހުން ހީކުރަނީ އެމީހުން ދަނީ ސީދާ މަގުންކަމަށެވެ. އެހެނަސް އެމީހުންނަށް ހީވެސް ނުކުރެވެނީ އެމީހުންނަށް ދެވިފައިވަނީ ނިމުމެއްނެތް މަގަކުންކަމެވެ.
ހަގީގަތުގެ ނަމުގައި އަހަރެމެން ބުނަންޖެހެނީ، ޚުލާސާގޮތެއްގައި އަހަރެމެންގެ ކިބައިގައި ތިން ސިކުނޑި އެބަހުއްޓެވެ.
ފުރަތަމަ ސިކުނޑިއަށް އަހަރެމެންނަށް ސެންޝުއަލް ސިކުނޑިގެ ނަންދީފާނެއެވެ. ދެވަނަ ސިކުނޑިއަށް ދެމެދު ސިކުނޑީގެ ނަންދީފާނެއެވެ. އަދި ތިންވަނަ ސިކުނޑިއަށް އެތެރޭ ސިކުނޑީގެ ނަންދީފާނެއެވެ.
އަންނަގޮތަށް މި ތިން ސިކުނޑި ވަކިން ވަކިން އަދި ރަނގަޅުގޮތުގައި ދިރާސާކުރާނަމެވެ.
ސެންޝުއަލް ސިކުނޑި އޭގެ މައިގަނޑު ޚިޔާލުތައް ހަދަނީ ބޭރުގެ އިހްސާސީ އިހްސާސުތައް މެދުވެރިކޮށެވެ.
މި ހާލަތުގައި ސެންޝުއަލް ސިކުނޑި އެއީ ނުބައި އަދި މާއްދީ އެއްޗެކެވެ. ޖިސްމާނީގޮތުން ސާބިތުކޮށްދީފައިވާ އެއްވެސްއެއްޗެއް އެ ސިކުނޑިއަކަށް ޤަބޫލެއްނުކުރެވޭނެއެވެ.
ސެންޝުއަލް ސިކުނޑީގެ މައިގަނޑު ޚިޔާލުތަކުގެ ބިންގާ ބިނާވެފައިވަނީ ބޭރުގެ އިހްސާސީ މައުލޫމާތުގެ މައްޗަށްވީހިނދު، ހަގީގަތާއިމެދު، ހަގީގަތާއިމެދު، ދިރިއުޅުމާއި މަރުގެ ސިއްރުތަކާއިމެދު، ރޫޙާއިމެދު، މިފަދަ އެއްވެސްކަމެއް އެ ސިކުނޑިއަކަށް ނޭނގޭނެއެވެ.
ބޭރުގެ އިހްސާސްތަކުގައި އެކީއެކީހެން ތާށިވެފައިވާ އަދި ސެންޝުއަލް ސިކުނޑީގެ ޚިޔާލުތަކުގައި ބަންދުވެފައިވާ ބުއްދީގެ މަކަރުވެރިންނަށް އަހަރެމެންގެ އެސޮޓެރިކް ދިރާސާތައް މޮޔަކަމެއްގެ ގޮތުގައި ފެނެއެވެ.
ސަބަބެއްނެތް ސަބަބެއްގެ ތެރޭގައި، އަބާރަތް ދުނިޔޭގައި އެމީހުންނަށް ސަބަބުދެއްކެއެވެ. ސަބަބަކީ އެމީހުންވަނީ ބޭރުގެ އިހްސާސީ ދުނިޔެއަށް ހާނިކަވެފައިވީމައެވެ. ސެންޝުއަލް ނޫން އެއްޗެއް ސެންޝުއަލް ސިކުނޑިއަކަށް ކިހިނެއް ޤަބޫލުކުރެވޭނީ؟
ސެންޝުއަލް ސިކުނޑީގެ ހުރިހާ ވަޒީފާޔަކަށް ބޭނުންވާ މުހިއްމު މައުލޫމާތަކީ އިހްސާސްތައްކަމަށްވާނަމަ، އެއިން އުފެދެނީ އިހްސާސީ ޚިޔާލުތައްކަމަށް ސާބިތުވެއެވެ.
ދެމެދު ސިކުނޑިއަކީ ތަފާތު އެއްޗެކެވެ. އެހެނަސް އެ ސިކުނޑިއަކަށްވެސް ސީދާގޮތެއްގައި ހަގީގަތާއިމެދު އެއްވެސް އެއްޗެއް ނޭނގެއެވެ. އެ ސިކުނޑި ހަމައެކަނި އީމާންވެއެވެ. އެއީ އެހުރިހާކަމެކެވެ.
ދީނީ އީމާންތަކާއި ބަދަލުނުކުރެވޭ ގަބޫލުކުރުންތައް ހުންނަނީ ދެމެދު ސިކުނޑީގައެވެ.
ހަގީގަތުގެ ސީދާ ތަޖުރިބާއަށް މުހިއްމު ސިކުނޑިއަކީ އެތެރޭ ސިކުނޑިއެވެ.
ޝައްކެއްވެސްނެތްގޮތުގައި އެތެރޭ ސިކުނޑި އޭގެ މައިގަނޑު ޚިޔާލުތައް ހަދަނީ އުފެއްދުންތެރި ހޭލުންތެރިކަމުން ލިބޭ މައުލޫމާތުގެ މައްޗަށެވެ.
އުފެއްދުންތެރި ހޭލުންތެރިކަމަށް ހަގީގަތް ދެނެގަނެ ތަޖުރިބާކުރެވޭނެކަން ޔަޤީނެވެ. ހޭލުންތެރިކަމަށް ހަގީގަތް އެނގޭކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.
އެހެންނަމަވެސް ހާމަކުރުމަށް ހޭލުންތެރިކަމަށް މެދުވެރިއެއް ބޭނުންވެއެވެ. ޢަމަލުކުރުމަށް އާލާތެއް ބޭނުންވެއެވެ. އެއީ އެތެރޭ ސިކުނޑިއެވެ.
ކޮންމެ ތަބީއީ ވަޒީފާއެއްގެ ހަގީގަތް ސީދާގޮތެއްގައި ހޭލުންތެރިކަމަށް އެނގޭއިރު، އެތެރޭ ސިކުނޑި މެދުވެރިކޮށް އެކަން ހާމަކުރެވޭނެއެވެ.
ޝައްކުތަކާއި ނުދަންނަ ދުނިޔެއިން ބޭރުވުމަށް އެންމެ ރަނގަޅުގޮތަކީ އެތެރޭ ސިކުނޑި ހުޅުވުމެވެ.
މީގެ މާނައަކީ އެތެރޭ ސިކުނޑި ހުޅުވުމުން އިންސާނާގެ ކިބައިގައި އަސްލު އީމާންތެރިކަން އުފެދުމެވެ.
އެހެން ނަޒަރަކުން ބަލާއިރު، މާއްދީ ޝައްކުވުމަކީ ނުދަންނަ ކަމެއްގެ ވަކި ސިފައެވެ. ޝައްކެއްވެސްނެތްގޮތުގައި ނުދަންނަ މީސްތަކުން އެކެއްގެ މައްޗަށް ސަތޭކަ ޝައްކުކުރެއެވެ.
އީމާނަކީ ހަގީގަތް ސީދާގޮތެއްގައި ދެނެގަތުމެވެ. އަސާސީ ޙިކުމަތެވެ. ހަށިގަނޑާއި ލޯބިވެވޭއެއްޗެހި އަދި ސިކުނޑިން މާ މައްޗަށްވާކަން ތަޖުރިބާކުރުމެވެ.
އީމާނާއި ގަބޫލުކުރުމާއި ވަކިކުރާށެވެ. ގަބޫލުކުރުންތައް ހުންނަނީ ދެމެދު ސިކުނޑީގައެވެ. އީމާނަކީ އެތެރޭ ސިކުނޑީގެ ސިފައެވެ.
ނަސީބުދެރަގޮތުން ގަބޫލުކުރުމާއި އީމާނާއި އޮޅުވާލުމުގެ އާންމު އާދަތަކެއް އަބަދުވެސް ހުރެއެވެ. އެކަން މާނަހުރިކަމަށް ފެނުނުނަމަވެސް، އަހަރެމެން ތިރީގައިވާ ކަންތަކަށް ފާހަގަދޭނަމެވެ. “ހަގީގީ އީމާންތެރިކަމެއް ލިބިފައިވާ މީހަކު ޤަބޫލުކުރަން ޖެހޭކަމެއްނެތެވެ.”
އެއީ އަސްލު އީމާނަކީ ދިރިހުރި ޙިކުމަތާއި، ސީދާ ހޯދުމާއި، ތަޖުރިބާކުރުމެވެ.
ގިނަ ގަރުނުތަކެއްގެ ތެރޭގައި އީމާނާއި ގަބޫލުކުރުން އޮޅުވާލާފައިވާތީ، މީސްތަކުންނަށް އީމާނަކީ ހަގީގީ ޙިކުމަތެއްކަމާއި، ހުސް ގަބޫލުކުރުމެއްނޫންކަން ވިސްނައިދިނުމަށް މިހާރު ވަރަށް އުނދަގުލެވެ.
ހޭލުންތެރިކަމުގައި ހިމެނޭ ޙިކުމަތުގެ މައުލޫމާތުތަކަކީ އެތެރޭ ސިކުނޑީގެ ވަޒީފާތަކަށް މުހިއްމު ކަންތައްތަކެކެވެ.
އެތެރޭ ސިކުނޑި ހުޅުވާފައިވާ މީހަކަށް އޭނާގެ ކުރީގެ ދިރިއުޅުންތައް ހަނދާންހުރެއެވެ. އަދި ދިރިއުޅުމާއި މަރުގެ ސިއްރުތައް އެނގޭނެއެވެ. އެއީ އެމީހާ އެއީ ކިޔާފައިވާތީ ނުވަތަ ނުކިޔާފައިވާތީއެއް ނޫނެވެ. އެހެން މީހަކު ބުނެފައިވާތީ ނުވަތަ ނުބުނެފައިވާތީއެއް ނޫނެވެ. ޤަބޫލުކޮށްފައިވާތީ ނުވަތަ ނުކޮށްފައިވާތީއެއް ނޫނެވެ. ސަބަބަކީ ސީދާ ތަޖުރިބާކުރުމުންނެވެ. އެއީ ދިރިހުރި އަދި ނުހަނު ހަގީގީކަމެކެވެ.
އަހަރެމެން މި ބުނާ އެއްޗެހި ސެންޝުއަލް ސިކުނޑިއަކަށް ކަމަކުނުދާނެއެވެ. އަދި އެކަން ޤަބޫލެއްނުކުރެވޭނެއެވެ. ސަބަބަކީ އެއީ އޭގެ އިންތަކުން ބޭރުވާތީއެވެ. އަދި އެކަމަކު ބޭރުގެ އިހްސާސީ އިހްސާސްތަކާއި ގުޅުމެއްނެތްކަމެކެވެ. އަދި އެއީ އޭގެ މައިގަނޑު ޚިޔާލުތަކާއި، ސްކޫލުން ދަސްކޮށްދިން ކަންތައްތަކާއި، ފޮތްތަކުން ދަސްކޮށްދިން ކަންތައްތަކާއި އެއްގޮތްނުވާ ކަމެކެވެ.
އަހަރެމެން މި ބުނާ އެއްޗެހި ދެމެދު ސިކުނޑިއަކަށްވެސް ޤަބޫލެއްނުކުރެވޭނެއެވެ. ސަބަބަކީ ހަގީގަތުގައި އެއީ ގަބޫލުކުރާ ކަންތައްތަކާއި ޚިލާފުވާތީއެވެ. އަދި ދީނީ މުދައްރިސުން ހަނދާންކޮށްދިން ކަންތައްތަކާއި ޚިލާފުވާތީއެވެ.
ޔޭސޫ މަތިވެރި ކާބީރު އޭނާގެ ދަރިވަރުންނަށް އިލްތިމާސްކުރައްވަމުން ވިދާޅުވިއެވެ. “ސަޑުކީންގެ ސަބަބުން އުފެދޭ ކަންތައްތަކާއި ފާރީސީންގެ ސަބަބުން އުފެދޭ ކަންތައްތަކަށް ސަމާލުވާށެވެ.”
ޔޭސޫ އަލްމަސީހު މި އިލްތިމާސްގެ ސަބަބުން މާއްދީ ސަޑުކީންގެ އުނގަންނައިދިނުމާއި މުނާފިޤު ފާރީސީންގެ އުނގަންނައިދިނުމަށް އިޝާރަތްކުރެއްވުމަކީ ފާހަގަކުރެވޭ ކަމެކެވެ.
ސަޑުކީންގެ އުނގަންނައިދިނުން ހުންނަނީ ސެންޝުއަލް ސިކުނޑީގައެވެ. އެއީ ފަސް އިހްސާސުގެ އުނގަންނައިދިނުމެވެ.
ފާރީސީންގެ އުނގަންނައިދިނުން ހުންނަނީ ދެމެދު ސިކުނޑީގައެވެ. މިއީ ދެބަސްވެވޭނެ ކަމެއްނޫނެވެ.
ފާރީސީން އެމީހުންގެ ރަސްމިއްޔާތުތަކުގައި ބައިވެރިވަނީ ރަނގަޅު ބައެއްގެ ގޮތުގައި ދެކެވޭނެއެކޭ ބުނުމަށްޓަކައެވެ. އަދި އެހެންމީހުންގެ ކުރިމަތީގައި ދެއްކުންތެރިވުމަށްޓަކައެވެ. އެހެނަސް އެމީހުންގެ އަމިއްލަ ނަފްސުގައި ދުވަހަކުވެސް މަސައްކަތެއްނުކުރެއެވެ.
ނަފްސާނީގޮތުން ވިސްނަން ދަސްނުވެއްޖެނަމަ އެތެރޭ ސިކުނޑި ހުޅުވުމަކީ ވާނެކަމެއްނޫނެވެ.
ޝައްކެއްވެސްނެތްގޮތުގައި އެކަކު އޭނާގެ އަމިއްލަ ނަފްސަށް ފާރަވެރިވާން ފަށައިފިނަމަ، އެއީ ނަފްސާނީގޮތުން ވިސްނަން ފެށިއްޖެކަމުގެ އަލާމަތެކެވެ.
އެކަކު އޭނާގެ އަމިއްލަ ނަފްސާނިއްޔާތުގެ ހަގީގަތާއި އެއަށް ބަދަލުގެނެވޭނެކަން ޤަބޫލުނުކުރާހާހިނދަކު، އަމިއްލަ ނަފްސަށް ފާރަވެރިވުމުގެ ބޭނުންތެރިކަން އެމީހަކަށް އިހްސާސްނުވާނެއެވެ.
ގިނަ މީސްތަކުންގެ އުސޫލު އެކަކު ޤަބޫލުކޮށް، ހޭލުންތެރިކަން މިނިވަންކުރުމުގެ މަޤްސަދުގައި އޭނާގެ ނަފްސުގައި ހުންނަ ތަފާތު ކިބުރުވެރިކަން ނައްތާލަން ޖެހޭކަން ވިސްނިއްޖެނަމަ، ހަގީގަތުގައި އޭނާ އަމިއްލަ ނަފްސަށް ފާރަވެރިވާން ފަށާނެއެވެ.
އަހަރެމެންގެ ނަފްސުގައިވާ ނޭދެވޭ ކަންތައްތައް ނައްތާލުމުން އެތެރޭ ސިކުނޑި ހުޅުވުމަށް މަގުފަހިވެއެވެ.
މީގެ މާނައަކީ މި ދެންނެވި ހުޅުވުމަކީ އަހަރެމެންގެ ނަފްސުގައިވާ ނޭދެވޭ ކަންތައްތައް ނައްތާލާ މިންވަރަކުން ގްރެޖުއޭޓްކުރެވޭ ކަމެއްކަމެވެ.
އެކެއްގެ މައްޗަށް ސަތޭކަ ނޭދެވޭ ކަންތައްތައް ނައްތާލާފައިވާ މީހަކު، އޭނާގެ އެތެރޭ ސިކުނޑި އެކެއްގެ މައްޗަށް ސަތޭކަ ހުޅުވާނެކަން ޔަޤީނެވެ.
އެފަދަ މީހަކީ ފުރިހަމަ އީމާންތެރިކަމެއް ލިބިފައިވާ މީހެކެވެ. މިހާރު ތިޔަބޭފުޅުންނަށް އަލްމަސީހު ވިދާޅުވި ބަސްތައް ވިސްނޭނެއެވެ. “އެންމެ ހިރަދަނޑެއްހާ އީމާންތެރިކަމެއް ތިޔަބޭފުޅުންގެ ކިބައިގައި ވާނަމަ، ތިޔަބޭފުޅުން ފަރުބަދަތައްވެސް ހަރަކާތްކުރާނެއެވެ.”