އަމިއްލަ ތަރުޖަމާ
ގެއެއްގެ ރަނގަޅު ވެރިޔާ
މި އަނދިރި ޒަމާނުގައި ދިރިއުޅުމުގެ ހިތާމަވެރި އަސަރުތަކުން އެކަހެރިވުމަކީ ހަމަގައިމުވެސް ވަރަށް އުނދަގޫ ކަމެކެވެ. އެހެންނަމަވެސް، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންނޫންނަމަ ދިރިއުޅުމުން މީހާ ދަމައިގަނެއެވެ.
ނަފްސާނީ އަދި ރޫޙާނީ ކުރިއެރުމެއް ހޯދުމުގެ މަޤްޞަދުގައި މީހާ އަމިއްލަ ނަފްސަށް ކުރާ ކޮންމެ މަސައްކަތެއްވެސް، ވަރަށް ރަނގަޅު ފަހުމެއްގައި އެކަހެރިވުމާ އަބަދުވެސް ގުޅިފައިވެއެވެ. ސަބަބަކީ، އަބަދުވެސް އަހަރެމެން ދިރިއުޅޭގޮތަށް ދިރިއުޅުމުގެ އަސަރުގެ ދަށުން، ޝަޚްޞިއްޔަތު ނޫން އެހެން އެއްޗެއް ކުރިއެރުވުމަކީ ނުވާނެ ކަމެކެވެ.
އަހަރެމެން އެއްގޮތަކަށްވެސް ޝަޚްޞިއްޔަތު ކުރިއެރުވުމާ ދެކޮޅުވާކަށް ނޫޅެމެވެ. ހަމަގައިމުވެސް، އެއީ ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ އެއްޗެކެވެ. އެހެނަސް، ހަމަގައިމުވެސް އެއީ ހަމައެކަނި ސިނާއީ އެއްޗެކެވެ. އެއީ އަހަރެމެންގެ ތެރޭގައިވާ ހަޤީޤީ އަސްލެއް ނޫނެވެ.
މަސައްކަތްކުރުމުގެ ޤާބިލުކަންހުރި މީހާއޭ ނަމުން ޣަލަތްކޮށް ނަންދެވިފައިވާ ނިކަމެތި ސޫފާސޫފި، އެކަހެރިނުވެ، ޢަމަލީ ދިރިއުޅުމުގެ ހުރިހާ ކަންތައްތަކާ އެކު އެއްސިފައަކަށްވެ، ނޭދެވޭ އިޙްސާސްތަކާއި، އަމިއްލަ ނަފްސު މަތިވެރިކުރުމާއި، ޔަޤީންނުވާ ވާހަކަ ދެއްކުމުގެ މާނައެއްނެތް އަނގަބަސްތަކުގައި އޭނާގެ ބާރުތައް ބޭކާރުކޮށްފިނަމަ، މެކޭނިޒަމް ދުނިޔާއަށް ނިސްބަތްވާ ކަންތައްތައް ފިޔަވައި، އޭނާގެ ކިބައިން އެއްވެސް ޙަޤީޤީ އުންޞުރެއް ކުރިއެއް ނުލިބޭނެއެވެ.
ހަމަގައިމުވެސް، އޭނާގެ ޛާތުގައި އަސްލު ކުރިއެރުމެއް ހޯދަން ބޭނުންވާ މީހާ، ވަރަށް ބާރަށް ބަންދުވެވޭ ފެންވަރަށް ވާންޖެހެއެވެ. މިއީ ހަމަހިމޭންކަމާ ވަރަށް ބޮޑަށް ގުޅިފައިވާ އެތެރޭގެ ކަމަކަށް އިޝާރާތްކުރާ ކަމެކެވެ.
މި ޢިބާރާތަކީ އެންމެ ކުރީޒަމާނުގައި، އިންސާނާގެ އެތެރެ ކުރިއެރުވުމާ ގުޅޭގޮތުން ހާމަނުކޮށް ސިއްރުން ދަސްކޮށްދެމުންއައި، ހާމީސްގެ ނަމުން މަޝްހޫރުވެފައިވާ ޢިލްމީ އުޞޫލުން ނެގިފައިވާ ޢިބާރާތެކެވެ.
އެއްވެސް ޙަޤީޤީ އެއްޗެއް އެތެރޭގައި އުފައްދަން ބޭނުންނަމަ، އޭނާގެ ނަފްސާނީ ހަކަތަތައް ބޭރުވެގެން ދިޔަނުދީ ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.
އޭނާގެ ހަކަތަ ބޭރުވެގެންދާނަމަ އަދި އޭނާގެ ޛާތުގައި އެކަހެރިނުވާނަމަ، އޭނާގެ ސިކުނޑީގައި އެއްވެސް ޙަޤީޤީ އެއްޗެއް ކުރިއެރުވުމަށް ކާމިޔާބުނުވާނެކަން ޝައްކެއްނެތެވެ.
އާދައިގެ ޢާއްމު ދިރިއުޅުން އަހަރެމެން ދަމައިގަނެ، ނެތިކޮށްލަން ބޭނުންވެއެވެ. އަހަރެމެން ދުވަހުން ދުވަހަށް ދިރިއުޅުމާ ދެކޮޅަށް ހަނގުރާމަކުރަން ޖެހެއެވެ. އޮއިވަރާ ދެކޮޅަށް ފަތަން ދަސްކުރަން ޖެހެއެވެ…
މި މަސައްކަތް ދިރިއުޅުމާ ޚިލާފުވެއެވެ. މިއީ ކޮންމެ ދުވަހަކުވެސް ކުރާކަމަކާ ވަރަށް ތަފާތު ކަމެކެވެ. އެހެނަސް އަހަރެމެން ކޮންމެވަގުތަކުވެސް މިކަން ކުރަންޖެހެއެވެ. އަޅުގަނޑު މި އިޝާރާތްކުރަނީ ހޭލުންތެރިކަމުގެ އިންޤިލާބަށެވެ.
ފާހަގަކުރެވޭގޮތުގައި، ދުވަހުގެ ދިރިއުޅުމަށް އަހަރެމެންގެ އޮންނަ އުސްލޫބު އަސާސީގޮތުން ޣަލަތުވެފައިވާނަމަ؛ ހުރިހާކަމެއްވެސް ރަނގަޅަށް ހިނގާނެކަމަށް އަހަރެމެން ޤަބޫލުކުރާނަމަ، މާޔޫސްކަން އަންނާނެއެވެ…
މީހުން ބޭނުންވަނީ ކަންތައްތައް ރަނގަޅުވާނެއެވެ. “އެހެންވެގެންވެސްމެ” ، ސަބަބަކީ ކޮންމެކަމެއްވެސް އެމީހުންގެ ޕްލޭންތަކާ އެއްގޮތަށް ހިނގަންވާނެއެވެ. އެހެނަސް ހަޤީޤަތަކީ މީހާ އޭނާގެ އެތެރެ ބަދަލުނުކުރާހާ ހިނދަކު، މީހާ ރުހުނަސް ނުރުހުނަސް އޭނާ ވާނީ ޙާލަތުތަކުގެ ޝިކާރައަކަށެވެ.
ދިރިއުޅުމާ ބެހޭގޮތުން ގިނަ ޖަޒުބާތީ މޮޔަކަންތައްތައް ލިޔެވިފައިހުރެއެވެ. އެހެނަސް ސައިކޮލޮޖީގެ މި އިންޤިލާބީ މުޢާހަދާއަކީ ތަފާތު އެއްޗެކެވެ.
މި އުޞޫލު ދަނީ ސީދާ މައްސަލައަށެވެ. ކަނޑައެޅިގެންހުރި ޙަޤީޤީ ޙާދިސާތަކަށެވެ. މީހާއޭ ޣަލަތުކޮށް ނަންދެވިފައިވާ “ބުއްދިވެރި ޖަނަވާރަކީ” ބީހޭވޭރެއްނެތް، ހޭނެތިފައިވާ، ނިދާފައިވާ ދެފައިމައްޗަށް ހިނގާ އެއްޗެއްކަމަށް ބާރުއަޅުއްވާފައިވެއެވެ.
“ގޭގެ ރަނގަޅު ވެރިއަކު” ދުވަހަކުވެސް ސައިކޮލޮޖީގެ އިންޤިލާބީ އުޞޫލު ޤަބޫލެއްނުކުރާނެއެވެ. ބައްޕައެއްގެ، އަނބިއެއްގެ ގޮތުގައި އޭނާގެ ހުރިހާ ވާޖިބުތަކެއް އަދާކުރެއެވެ. އެސަބަބަށްޓަކައި އޭނާގެ އަމިއްލަ ނަފްސުދެކެ އެންމެ ރަނގަޅުގޮތަށް ހީކުރެއެވެ. އެކަމަކު އޭނާ ޚިދުމަތްކުރަނީ ހަމައެކަނި ޠަބީޢަތުގެ މަޤްޞަދުތަކަށެވެ.
އޭގެ އިދިކޮޅަށް އަހަރެމެން ބުނާނީ، “ގޭގެ ރަނގަޅު ވެރިއަކު” އޮއިވަރާ ދެކޮޅަށް ފަތާކަމަށެވެ. ދިރިއުޅުމުން ދަމައިގަނެ ނެތިކޮށްލަން އޭނާ ބޭނުމެއްނުވެއެވެ. އެހެންނަމަވެސް، މިފަދަ މީހުން ދުނިޔޭގައި ވަރަށް މަދެވެ. އަދި ދުވަހަކުވެސް ގިނައެއްނުވެއެވެ.
ސައިކޮލޮޖީގެ އިންޤިލާބީ އުޞޫލުގެ ޚިޔާލުތަކާ އެއްގޮތަށް އޭނާ ވިސްނާނަމަ، ދިރިއުޅުމުގެ ރަނގަޅު ތަޞައްވުރެއް އޭނާއަށް ލިބޭނެއެވެ.