މަޢުލޫމާތަށް ދާން

އިންޤިލާބީ ބަދަލު

މީހަކު އަބަދާ އަބަދުވެސް އޭނާއަކީ އެކަކު، އެއްފަދަ މީހެއްކަމަށް ގަބޫލުކުރާހާ ހިނދަކު، އޭނާއަށް ބޮޑު ބަދަލެއް ގެނައުމަކީ މުސްތަހީލު ކަމެކެވެ. އެހެންކަމުން، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަމިއްލަ ނަފްސު ރަނގަޅަށް ދެނެގަތުމެވެ. އެއީ އެތެރެއިން ނަފްސާނީ ގޮތުން އުފެދިފައިހުރި ނުރަނގަޅު ސިފަތައް ދެނެގަތުމަށްފަހު އެ ސިފަތައް ނެތިކޮށްލުމަށް ކުރާ މަސައްކަތެވެ.

އެކަންކުރާނީ ކިހިނެއްކަމެއް ނޭނގި ނުވަތަ ދެނެގަންނަން ނޭނގި ނުރަނގަޅު ސިފަތައް ނެތިކޮށެއް ނުލެވޭނެއެވެ. މިކަން ކުރަންޖެހެނީ އެތެރެއިން އަމިއްލަ ނަފްސުގައެވެ. އެހެންނަމަވެސް ބޭރުފުށުން އަޚްލާޤީ ގޮތުން ކަންކަން ރަނގަޅުކޮށްގެން ނަފްސު ރަނގަޅުކުރެވޭނެކަމަށް ހީކުރާނަމަ އެއީ ވަރަށްބޮޑު ގޯހެކެވެ.

އަސާސީކަމަކީ އަމިއްލަ ނަފްސަށް ސަމާލުވެ އަމިއްލަ ނަފްސު ދެނެގަތުމަށް މަސައްކަތްކުރުމެވެ. އަދި މިކަމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެންމެ ސާފު ބަހުރުވައިން ބުނާނަމަ އަހަރެމެންގެ އެއްވެސް މީހަކަށް އެކަކު އަނެކަކަށްޓަކައި މި މަސައްކަތް ކޮށްދެވޭކަށް ނެތެވެ.

އަހަރެމެންގެ އެތެރޭގައި ހުންނަ ޚިޔާލީ ކަންތައްތަކަށް ސަމާލުކަން ނުދީ އެއްވެސް ބަދަލެއް ގެނެވޭކަށް ނެތެވެ. އެތެރޭގައި ހުންނަ ނުރަނގަޅު ސިފަތައް ދެނެނުގަނެ ދޫކޮށްލުމަކީ އަމިއްލަ ނަފްސުން ފިލައިގެން ދިއުމާއި އަމިއްލަ ނަފްސު މަކަރުން ފުރާލުމެވެ.

އަމިއްލަ ނަފްސު ވަރަށް ރަނގަޅަށް ދެނެގަނެ ސަމާލުވެގެން ނޫނީ އަހަރެމެން އެކަކު އެއްސިފައެއްގައި ނުތިބޭކަން ޔަގީންކޮށްދެވޭކަށް ނެތެވެ. “އަހަރެމެންނަކީ އެކަކު ނޫން އެތައްބައެއް” ކަމަށް ޤަބޫލުކުރުމާއި ރަނގަޅަށް ދެނެގަތުމަކީ ތަފާތު ދެކަމެވެ.

އަމިއްލަ ނަފްސު ދެނެގަތުމެއްނެތި އެތައް ސިފަތަކެއްގެ މައްޗަށް ބިނާވެފައިވާކަން ގަބޫލުކުރެވިދާނެއެވެ. އެހެންކަމުން އެކަން ހާސިލުކުރަން ބޭނުންވާނަމަ އަމިއްލަ ނަފްސަށް ވަރަށް ރަނގަޅަށް ސަމާލުވެ ދެނެގަންނަން ޖެހޭނެއެވެ. އަމިއްލަ ނަފްސު ދެނެގަތުމަށް ފަސްޖެހި ފިލަން މަސައްކަތްކުރުމަކީ ދެރަވެގެންވާ ކަމެކެވެ. އަމިއްލަ ނަފްސަކީ އަބަދާއި އަބަދުވެސް އެއްގޮތް މީހެއްކަމަށް ހީކުރާހާ ހިނދަކު އެމީހަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެހެންކަމުން މި މަސައްކަތުގެ އެންމެ މުހިންމު މަގުސަދަކީ އެތެރެއިން ހަޔާތަށް ބަދަލު ގެނައުމެވެ.

އެންމެ މުހިންމު ބަދަލު ގެނައުމަކީ ކުރެވިދާނެ ކަމެކެވެ. އެކަމަކު އަމިއްލަ ނަފްސުގައި މަސައްކަތް ނުކުރާނަމަ އެ ފުރުސަތު ގެއްލިގެން ދެއެވެ. އެންމެ މުހިއްމު ބަދަލުގެ ފެށުން ފޮރުވިގެންވަނީ އަމިއްލަ ނަފްސަކީ އެކަކުކަމަށް ގަބޫލުކުރާހާ ހިނދަކުއެވެ. އެތައް ސިފަތަކެއްގެ މައްޗަށް ބިނާވެފައިވާކަން ގަބޫލުނުކުރާ މީހުން ދައްކާގޮތުން އެމީހުން ދުވަހަކުވެސް އަމިއްލަ ނަފްސަށް ސަމާލުވެ ދެނެގަތުމަށް މަސައްކަތެއް ނުކުރެއެވެ.

އަމިއްލަ ނަފްސަށް ސަމާލުވެ އެއްވެސްކަހަލަ ފިލުމެއްނެތި ދެނެގަތުމުން އެނގޭ ހަގީގަތަކީ އަހަރެމެން އެކަކުނޫން އެތައްބައެއްކަމެވެ. ތަފާތު ޚިޔާލުތަކުގެ ދުނިޔޭގައި ސައްހަނޫން އެތައް ގޮތްގޮތަށް ކަންކަން ހުށަހަޅައިގެން އަމިއްލަ ނަފްސުން ފިލަން މަސައްކަތްކުރެއެވެ. ޔަގީނުންވެސް އަބަދާ އަބަދުވެސް އެއްގޮތް ސިފައެއްގައި ހުރި މީހެއްކަމަށް ގަބޫލުކުރުމަކީ އަމިއްލަ ނަފްސަށް ސަމާލުވެ ދެނެގަތުމަށް ހުރަސްއެޅޭ ކަމެކެވެ.

ބަޔަކު ބުނެފާނެއެވެ. “އަހަންނަކީ އެކަކުނޫން އެތައްބައެއްކަން އަހަންނަށް އެނގޭ، އަހަންނަށް އެކަން އެނގުނީ ‘ގްނޯސިސް’ އިން” ނެވެ. އެހެންބުނުން އެއީ ވަރަށް އިޚްލާސްތެރި ވާހަކައެއްކަމުގައިވިޔަސް، އަމިއްލަ ނަފްސުން ތަޖުރިބާއެއް ނުލިބި އެގޮތަށް ބުނުމަކީ ބޭރުފުށުން ދައްކާ ވާހަކައެކެވެ. ހެކިދެއްކުމާއި ތަޖުރިބާކުރުމާއި ވިސްނުމަކީ މުހިންމު ކަންކަމެވެ. އެހެންކަމުން އެންމެ މުހިއްމު ބަދަލު ގެނައުމަށްޓަކައި ހޭލުންތެރިކަމާއެކު މަސައްކަތްކުރުމަށް މަގުފަހިވެގެންދެއެވެ.

އެއްޗެއް ބުނުމާއި އެއްޗެއް ވިސްނުމަކީ ތަފާތު ދެކަމެވެ. މީހަކު “އަހަންނަކީ އެކަކުނޫން އެތައްބައެއްކަން އަހަންނަށް ވިސްނޭ”އޭ ބުނާނަމަ، އެއީ ހަގީގަތުގައި އޭނާ ވިސްނާގޮތްކަމަށްވާނަމަ، އެއީ ހަމައެކަނި މާނައެއްނެތް ވާހަކައެއްނޫންކަމުގައި ވެގެންދާނެއެވެ. އަދި އެއީ އެތައް ސިފަތަކެއްގެ މައްޗަށް ބިނާވެފައިވާކަން ޔަގީންކޮށްދޭ ކަމެކެވެ. އެނގުމާއި ވިސްނުމަކީ ތަފާތު ދެކަމެވެ. އެންމެ ފުރަތަމަ ކަމަކީ ސިކުނޑިން އެނގުމެވެ. ދެވަނަ ކަމަކީ ހިތުން ވިސްނުމެވެ.

އެތައް ސިފަތަކެއްގެ މައްޗަށް ބިނާވެފައިވާކަން އެނގި ހުރުމުން އެއްވެސް ފައިދާއެއް ނުކުރެއެވެ. ހިތާމައަކީ އަހަރެމެން މި ދުވަސްވަރު ދިރިއުޅެމުންދާއިރު ވިސްނުމަށްވުރެ މާބޮޑަށް އެނގުން ކުރިއަރާފައިވުމެވެ. ސަބަބަކީ ދެފުށް ދޭތެރެ ނުފެންނަފަދަ މޮޔަ ސޫރައެއްކަމަށް ގަބޫލުކުރެވޭ އިންސާނާ ތަރައްޤީކޮށްފައިވަނީ ހަމައެކަނި އެނގުމުގެ ކަންތައްތަކެވެ. އޭނާ އުފެދިފައިވާ އަސްލު ހަނދާންނެތިކޮށްލާފައެވެ. އެތައް ސިފަތަކެއްގެ މައްޗަށް ބިނާވެފައިވާކަން އެނގުމާއި ވިސްނުމަކީ އެންމެ މުހިއްމު ބަދަލު ގެނައުމަށް މުހިންމުކަމެކެވެ.

އެތައް ސިފަތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމަށް ވިސްނައި މީހަކު އަމިއްލަ ނަފްސަށް ސަމާލުވާން ފަށާނަމަ އޭނާގެ އެތެރެއިން ހަގީގީ މަސައްކަތް ފަށައިފިއެވެ.