އަމިއްލަ ތަރުޖަމާ
ދޯޅު އިސްޓޭޓްތައް
އަހަރެމެންގެ އަމިއްލަ ނަފްސު ވަރަށް ސާފުކޮށް ދެނެގަތުމުން، އަމަލީ ދިރިއުޅުމުގެ ބޭރުގެ ކަންތައްތަކާއި ހޭލުންތެރިކަމުގެ އެތެރޭގެ ހާލަތުތައް ވަކިކޮށް ދެނެގަތުމަކީ އަބަދުވެސް މުހިންމު އަދި ލަސްކުރެވޭނެކަމެއްނޫނެވެ.
އަހަރެމެންނަށް ވަގުތުން އެނގެންވާނީ، އަހަރެމެން މިވަގުތު ހުރީ ކޮންތާކުކަމާއި، ހޭލުންތެރިކަމުގެ އެތެރޭގެ ހާލަތާއި އަދި ބޭރުގެ ކަންތައްތަކުގެ ސަބަބުން ދިމާވާ ކަންތައްތަކަކީ ކޮބައިކަން. ދިރިއުޅުމަކީ ވަގުތާއި ތަނުގެ ތެރެއިން ހިނގާ ކަންތައްތަކެކެވެ.
މީހަކު ބުނި: “ދިރިއުޅުމަކީ މީހާގެ ފުރާނައާއި އޮޅިފައިވާ އަނިޔާތަކުގެ ޗޭނެކެވެ…” ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ގޮތަކަށް ވިސްނުމުގެ މިނިވަންކަން އެބައޮތެވެ. އަހަރެން ޤަބޫލުކުރަނީ ވަގުތުކޮޅެއްގެ އުފާވެރިކަމަށްފަހު، އަބަދުވެސް މާޔޫސްކަމާއި ހިތްދަތިކަން އަންނާނެކަމެވެ. ކޮންމެ ކަމަކަށްވެސް އޭގެ ޚާއްޞަ ރަހައެއް ލިބިފައިވާއިރު، އެތެރޭގެ ހާލަތުތައްވެސް ތަފާތުވާނެއެވެ. މިއީ ދެބަސްވެވެންނެތް، ދޮގުކުރެވޭނެކަމެއް ނޫނެވެ.
އަހަރެމެންގެ އަމިއްލަ ނަފްސުގެ މައްޗަށް ކުރާ މަސައްކަތުގައި އަބަދުވެސް ބާރުއަޅާފައިވަނީ، ހޭލުންތެރިކަމުގެ ނަފްސާނީ ހާލަތުތަކަށެވެ. އަހަރެމެންގެ އެތެރޭގައި އެތައް ގޯސްތަކެއް ހުރިކަމާއި އަދި ގޯސް ހާލަތުތަކެއް ވެސް ހުރިކަން އެކަކަށްވެސް ދެކޮޅުވެވެން ނެތްނެވ. އަހަރެމެން ހަޤީޤަތުގައިވެސް ބަދަލުވާން ބޭނުންވާނަމަ، އަވަހަށް އަދި ލަސްނުކޮށް ހޭލުންތެރިކަމުގެ ގޯސް ހާލަތުތައް ރަނގަޅުކުރަން ޖެހެއެވެ.
ގޯސް ހާލަތުތައް މުޅިން ބަދަލުކުރުމުން އަމަލީ ދިރިއުޅުމަށް ފުރިހަމަ ބަދަލުތަކެއް ގެނުވައެވެ. މީހަކު ސީރިއަސްކޮށް ގޯސް ހާލަތުތަކުގެ މައްޗަށް މަސައްކަތްކުރާނަމަ، ދިރިއުޅުމުގައި ދިމާވާ ނާމާން ކަންތައްތަކުން ފަސޭހައިން އަސަރު ނުކުރާނެއެވެ.
އަހަރެމެން މިބުނަނީ ހަމައެކަނި ތަޖުރިބާކޮށް، ހަޤީޤަތުގައިވެސް އިޙްސާސްކުރެވޭ ކަމެކެވެ. އަމިއްލަ ނަފްސުގެ މައްޗަށް މަސައްކަތް ނުކުރާ މީހަކީ އަބަދުވެސް ހާލަތުގެ ޝިކާރައެކެވެ. އެއީ ކަނޑުގެ ތޫފާނީ ރާޅުތަކުގެ މެދުގައި އޮންނަ ނިކަމެތި ލަކުޑިއެއްފަދައެވެ.
ކަންތައްތައް އެކިގޮތްގޮތަށް ބަދަލުވަމުންދާނެއެވެ. ރާޅުތަކެއްހެން އެއްކަމަށްފަހު އަނެއްކަން އަންނާނެއެވެ. ގައިމުވެސް ރަނގަޅު އަދި ނުރަނގަޅު ކަންތައްތައް ވެސް ހުންނާނެއެވެ. ބައެއް ކަންތައްތައް އެހެން ކަންތައްތަކަށްވުރެ ރަނގަޅުނުވަތަ ނުރަނގަޅުވާނެއެވެ. ބައެއް ކަންތައްތައް ބަދަލުކުރުމަކީ ވާނެކަމެކެވެ. ނަތީޖާތައް ބަދަލުކުރުމާއި، ހާލަތު ރަނގަޅުކުރުން ފަދަ ކަންތައްތަކަކީ ގައިމުވެސް ވެދާނެ ކަންތައްތަކެވެ.
އެހެންނަމަވެސް، ހަޤީޤަތުގައި ބަދަލުނުކުރެވޭފަދަ ހާލަތުތަކެއްވެސް ހުރެއެވެ. އެފަދަ ހާލަތުތަކުގައި ހޭއެކު އެކަން ޤަބޫލުކުރަންވާނެއެވެ. ނުރައްކާތެރި އަދި ވޭންދެނިވި ކަންތައްތަކުގައިވެސް. ގައިމުވެސް ވޭން ނެތިދަނީ ދިމާވާ މައްސަލައަކާއެކު އައިޑެންޓިފައި ނުވީމައެވެ.
އަހަރެމެން ދިރިއުޅުމަށް ބަލަންވާނީ އެތެރޭގެ ހާލަތުތަކެއްގެ ގޮތުގައެވެ. އަހަރެމެންގެ ދިރިއުޅުމުގެ އަސްލު ތާރީޚު އެކުލެވިގެންވަނީ މި ހުރިހާ ހާލަތުތަކުގެ މައްޗަށެވެ. އަހަރެމެންގެ އަމިއްލަ ދިރިއުޅުން މުރާޖަޢާކުރުމުން އަހަރެމެންނަށް ސީދާ އެނގޭނެ ގިނަ ނާމާން ހާލަތުތައް ދިމާވީ ގޯސް އެތެރޭގެ ހާލަތުތަކުގެ ސަބަބުންކަމެވެ.
އެލެގްޒެންޑްރާ ދަ ގްރޭޓް އަކީ އާންމުގޮތެއްގައި ރަނގަޅު ސިފަތަކެއް ލިބިފައިވާ މީހެއް ނަމަވެސް ބޮޑާކަމުގެ ސަބަބުން މަރު އޭނާގެ މައްޗަށް ޙައްޤުވިއެވެ. ފްރެންސިސް އެކެއްވަނަ މަރުވީ ނުސާފު އަދި މާނަހުރި ޒިނޭއެއްގެ ސަބަބުންނެވެ. މަރާޓް ގަތުލުކުރީ ނުބައި ރާހިބަކުވެގެންވީހިނދު އޭނާ މަރުވީ ބޮޑާކަމާއި ހަސަދައިގެ ސަބަބުންނެވެ. އޭނާ އަމިއްލަ ނަފްސު ދެކުނީ ހަމައެކަނި އިންސާފުވެރިއެއްގެ ގޮތުގައެވެ.
ޑިއާ ޕާރކްގެ އަންހެނުން ލުއިސް ފަނަރަވަނަގެ ހަށިގަނޑުގައި ހުރި ހުރިހާ ހަކަތައެއް ހުސްކޮށްލިއެވެ. އެތައް ބަޔަކު މަރުވަނީ ދަހިވެތިކަމާއި، ރުޅިވެރިކަމާއި، ހަސަދަވެރިވުމުގެ ސަބަބުންކަން ނަފްސާނީ އިލްމުވެރިންނަށް ރަނގަޅަށް އެނގޭނެއެވެ.
އަހަރެމެންގެ ވިސްނުން ހުރިހާގޮތަކުންވެސް މޮޔަކަމަކަށް ބަދަލުވުމުން، އަހަރެމެން ވެގެންދަނީ ސިމެންތަރީއަށް ނުވަތަ ވަޅުލާ ސަރަޙައްދަކަށް ހައްޤުވާ މީހަކަށެވެ. އޮތޭލޯ ހަސަދަވެރިވުމުގެ ސަބަބުން ގާތިލަކަށްވެ، ޖަލުގައިވަނީ ގިނަ އަދަދެއްގެ ތެދުވެރި މީހުންނެވެ.