އަމިއްލަ ތަރުޖަމާ
ފަރުދިއްޔަތު
“އަހަރެމެންނަކީ” އެކަކު ކަމަށް ހީކުރުމަކީ ހަމަގައިމުވެސް ވަރަށް ހުތުރު ސަމާސާއެކެވެ. ދެރަގޮތަކީ މި ބާޠިލު ހީ އެއްމެންގެވެސް ހިތްތަކުގައި އޮވެއެވެ.
ހިތާމައާއެކު އަހަރެމެން އަބަދުވެސް އަހަރެމެންގެ ނަފްސުތަކާމެދު ހީކުރަނީ އެންމެ މޮޅުކަމަށެވެ. އަހަރެމެންގެ ކިބައިގައި އަސްލު އެކަކުކަމެއްވެސް ނެތްކަން ވިސްނާކަށްވެސް ނުޖެހެއެވެ.
މައްސަލައިގެ އެންމެ ގޯސްކަމަކީ އަހަރެމެންގެ ކޮންމެ މީހަކަށްވެސް ފުރިހަމަ ހޭލުންތެރިކަމާއި އަމިއްލަ އިޚްތިޔާރު ލިބިގެންވާކަމަށް ބުނުމުގެ ދޮގު އިމްތިޔާޒުވެސް އަހަރެމެންނަށް ދިނުމެވެ.
އަހަރެމެންނަށް ހުރި ހާލެއްވެސް އެވެ! އަހަރެމެންނީ ކިހާ މޮޔަކުދިންތަކެއް ހެއްޔެވެ! ޝައްކެއްވެސްނެތްގޮތުގައި ނޭނގުންތެރިކަމަކީ އެންމެ ނިކަމެތިކަމެވެ.
އަހަރެމެންގެ ކޮންމެ މީހެއްގެ ތެރޭގައިވެސް އެތައް ހާސް އެކިމީހުން އެބައުޅެއެވެ. އެކި މައުޟޫޢުތަކާއި، އަހަރެމެންގެ ނަފްސުތަކާއި، މީހުން އެކަކު އަނެކަކާ ޒުވާބުކުރެއެވެ. ބާރުވެރިކަމަށްޓަކާ ތަޅާފޮޅެއެވެ. އަދި އެއްވެސް ތަރުތީބެއް ނުވަތަ އެއްބައިވަންތަކަމެއް ނެތެވެ.
އަހަރެމެންނަށް ހޭލުންތެރިކަން ލިބިއްޖެނަމަ، އެތައް ހުވަފެންނާއި ޚިޔާލީ ވާހަކަތަކުން އަހަރެމެން ހޭއަރައިފިނަމަ، ދިރިއުޅުން ކިހާ ތަފާތުވީހެވެ…
އަދި އަހަރެމެންގެ ނަސީބު ދެރަވުމުގެ ސަބަބުން ނޭދެވޭ ޝުޢޫރުތަކާއި އަމިއްލަޔަށް އިޙްތިރާމްކުރުމާއި އަމިއްލަޔަށް ލޯބިކުރުމަކީ އަހަރެމެންގެ ހިތްގައިމުކަން ގެނެސްދޭ ކަންތައްތަކެވެ. އެކަންތައްތަކުގެ ސަބަބުން އަހަރެމެން ހިޕްނޮޓައިޒްވެއެވެ. އަދި އަހަރެމެންގެ ހަދާނުންވެސް ނެތިގެންދެއެވެ. އަހަރެމެންނަށް އަހަރެމެންގެ އަސްލު ސިފަ ފެންނާކަށް ނުލިބެއެވެ..
އަހަރެމެން ހީކުރަނީ އަހަރެމެންގެ ކިބައިގައި އެންމެ އެދުމެއް އެބަ އޮތްކަމަށެވެ. ހަގީގަތުގައި އަހަރެމެންގެ ކިބައިގައި ވަރަށް ގިނަ ތަފާތު އެދުންތައް އެބަހުއްޓެވެ. (ކޮންމެ ނަފްސަކަށްވެސް އެނަފްސެއްގެ އަމިއްލަ އެދުން އެބައޮތް)
މުޅި މިދާޚިލީ ގުނަގުނަކަމުގެ ހާދިސާއަކީ ބިރުވެރިކަމެކެވެ. ތަފާތު ދާޚިލީ އެދުންތައް އެކަކު އަނެކަކާ ޖެހިގެންދެއެވެ. އަބަދުވެސް ދެބަސްވެ ތަޅާފޮޅެއެވެ. އެކި ދިމާއަށް ޢަމަލުކުރެއެވެ.
އަހަރެމެންގެ ކިބައިގައި ހަގީގީ ވަކިވަކި ސިފަތަކެއް ވާނަމަ، ގުނަގުނަ ސިފަތަކެއްގެ ބަދަލުގައި އެކަކު ކަމުގައި ވާނަމަ، އޭރުން އަހަރެމެންގެ މަގުސަދުތަކުގައި ދެމިހުރުމާއި، ހޭއެރިގެން ހުރުމާއި، ވަކިވަކި އެދުންތަކާއި، އަމިއްލަ ސިފަތައްވެސް ލިބޭނެއެވެ.
ބަދަލުކުރުމަކީ އެންމެ ރަނގަޅުކަމެވެ. އެހެނަސް އަހަރެމެން ފަށަންވާނީ އަހަރެމެންގެ އަމިއްލަ ނަފްސުތަކަށް އިޚްލާސްތެރިވުމުންނެވެ.
އަހަރެމެންގެ ކިބައިން އިތުރަށް ހުރިހާ އެއްޗެއް ހޯދުމަށާއި، އަހަރެމެންނަށް މަދުވާ އެއްޗެއް ހޯދުމަށް، އަހަރެމެންގެ ނަފްސާނީ އިންވެންޓްރީއެއް ހަދަން ޖެހެއެވެ.
ވަކިވަކި ސިފަތަކެއް ހޯދުމަކީ ވާނެކަމެކެވެ. އެހެނަސް އެކަން އެހެން ހީކުރާނަމަ، އެފުރުސަތު ނެތިގެންދާނެއެވެ.
އަހަރެމެންގެ ކިބައިގައި އެއްޗެއް އެބައޮތްކަމަށް ހީކޮށްގެން އަހަރެމެން އެކަމަށްޓަކާ ދުވަހަކުވެސް ނުހަނާނެކަން ޔަގީނެވެ. އަހަރެމެންނަކީ ވަކިވަކި ސިފަތަކެއް ލިބިފައިވާ ބަޔެއްކަމަށް ހީކުރުވަނީ ހުވަފެނެވެ. އަދި އެގޮތަށް ދުނިޔޭގައި މަދަރުސާތައްވެސް އެބަހުއްޓެވެ.
ހުވަފެނާއި ދެކޮޅަށް ހަނގުރާމަކުރުން މުހިއްމެވެ. އެހެނީ ހަގީގަތުގައި އަހަރެމެން ނިކަމެތި، ލަދުވެތި އަދި ނުބައިވެގެންވާ ހިނދު، އެކަން އަހަރެމެން އެއީމީ، ނުވަތަ އެއީއެތިކަމަށް ދައްކާކަމަށް ހަދައެވެ.
އަހަރެމެން ހީކުރަނީ އަހަރެމެންނަކީ ފިރިހެނުންކަމަށެވެ. ހަގީގަތުގައި އަހަރެމެންނީ ވަކިވަކި ސިފަތަކެއް ނެތް، ބުއްދިވެރި މޭމަލްތަކެކެވެ.
މިތޯމޭނިއާކުން ހީކުރަނީ އެއީ ކަލާނގެއާއި، މަހާތުމާއީންކަމަށެވެ. އެއީ އަމިއްލަ ސިކުނޑިއެއްވެސް އަދި ހޭއެރިގެންވާ ވިލްވެސް ނެތްކަން ކުޑަކޮށްވެސް ނޭނގިއެވެ.
އީގޯއަށް ލޯބިކުރާ މީހުން އެމީހުންގެ ލޯބިވާ އީގޯއަށް އެހާ ބޮޑަށް އަޅުކަންކުރާތީ، އެމީހުންގެ ތެރޭގައި ގިނަ އީގޯތަކެއް ވުމުގެ ޚިޔާލު އެއްގޮތަކަށްވެސް ގަބޫލެއް ނުކުރާނެއެވެ.
ޕެރަނޮއިކް މީހުންނަކީ އެމީހުންގެ ކިބައިގައި ހުންނަ ކްލެސިކަލް ފަޚްރުވެރިކަމާއެކު، މިފޮތްވެސް ނުކިޔާނެއެވެ…
އަހަރެމެންގެ އަމިއްލަ ނަފްސާމެދު ދެކޭ ހުވަފެންތަކާއި ދެކޮޅަށް މަރުވެދިޔުމަށް ދާންދެން ހަނގުރާމަކުރުން މުހިއްމެވެ. އެހެންނޫނީ އަހަރެމެން އުފެއްދުންތެރި ޝުޢޫރުތަކާއި ދޮގު ތަޖުރިބާތަކުގެ ޝިކާރައަކަށްވެ، އަހަރެމެން ހެއްވާ މަގާމުތަކުގައި ބޭތިއްބުވުމުގެ އިތުރުން އެތެރެއިން ކުރިއެރުމަށް ހުރަސްއަޅާނެއެވެ.
ބުއްދިވެރި ޖަނަވާރު ހުވަފެނުން އެހާ ބޮޑަށް ހިޕްނޮޓައިޒްވެފައިވާތީ، އޭނާ ހުވަފެންދެކެނީ އޭނާއަކީ ސިންގާއެއް ނުވަތަ އީގުލްއެއްކަމަށެވެ. ހަގީގަތުގައި އޭނާއަކީ ބިމުގެ ކިލަހުވަކުން އުފެދިފައިވާ ނިކަމެތި ވައިކޮޅެއްކަމަށްވުރެ އިތުރެއް ނޫނެވެ.
މިތޯމޭނިއާކް މި ވާހަކަތައް ގަބޫލުނުކުރާނެކަން ޔަގީނެވެ؛ ހަމަގައިމުވެސް އެމީހާ އާކީހައިރޮފަންޓްކަމަށް އިހުސާސްކުރާނެއެވެ. ކޮންމެ އެއްޗެއް ކިޔުނަސްމެއެވެ. ހުވަފެނަކީ ހަމައެކަނި ހުވަފެނެއްކަން ނޭނގިއެވެ.
ހުވަފެނަކީ އިންސާނިއްޔަތަށް އާންމުގޮތެއްގައި އަސަރުކުރާ އަދި ބުއްދިވެރި އިންސާނާ ހުވަފެނުގެ ހާލަތުގައި ބަހައްޓާ އަސްލު ބާރެކެވެ. އޭނާއަކީ މިހާރުވެސް ފިރިހެނެއްކަމަށް، ހަގީގީ ވަކިވަކި ސިފަތަކާއި، ވިލްއާއި، ހޭއެރިގެންހުރުމާއި، ސިކުނޑިއާއި، ފަދަ އެއްޗެހި ލިބިފައިވާކަމަށް ހީކުރުވައެވެ.
އަހަރެމެންނީ އެކަކު ކަމަށް ވިސްނާ ހިނދު، އަހަރެމެންގެ ނަފްސުތަކުގައި ތިބޭ ތަންތަނުން ތެޅިނުފިލުވޭނެއެވެ. އަހަރެމެން ތިބެނީ ހަމަ އެތާގައެވެ. އަދި އެންމެ ފަހުން ދަށުދަރަޖައަށް ގޮސް، ފަހަތަށް ދަތުރުކުރަމެވެ.
އަހަރެމެންގެ ކޮންމެ މީހަކުވެސް ހުންނަނީ ކަނޑައެޅިފައިވާ ނަފްސާނީ މަރުހަލާއެއްގައެވެ. އަދި އަހަރެމެންގެ ޝަޚްސިއްޔަތުގެ ތެރޭގައި ދިރިއުޅޭ އެ ހުރިހާ މީހުންނާއި ނަފްސުތައް ސީދާގޮތެއްގައި ނުހޯދާހާ ހިނދަކު، އެއިން ބޭރެއް ނުވެވޭނެއެވެ.
އަހަރެމެންގެ ސައިކީގައި ދިރިއުޅޭ އަދި އަހަރެމެންގެ ރޫޓް ބަދަލުކުރުމަށްޓަކާ ނައްތާލަންޖެހޭ މީހުންނަށް، އަހަރެމެންގެ އަމިއްލަ ނަފްސުތަކަށް ލޯބިދިނުމުން އަހަރެމެންނަށް ފެންނާނެކަން ޔަގީނެވެ.
މި އިޙްސާސްކުރުމާއި، މި އަމިއްލަޔަށް ލޯބިދިނުމުގެ ސަބަބުން އަހަރެމެންގެ އަމިއްލަ ނަފްސުތަކާމެދު ދެކޭ ގޯސް ޚިޔާލުތައް އަސާސީގޮތުން ބަދަލުވެއެވެ. ނަތީޖާއެއްގެ ގޮތުން އަހަރެމެންނަށް ހަގީގީ ވަކިވަކި ސިފަތަކެއް ނެތްކަމަށް ހެކިދެއެވެ.
އަހަރެމެންގެ އަމިއްލަ ނަފްސުތަކަށް ލޯބިނުދޭހާ ހިނދަކު، އަހަރެމެން އެކަކު ކަމަށް ހީކޮށް ދިރިއުޅޭނަމެވެ. ނަތީޖާއެއްގެ ގޮތުން އަހަރެމެންގެ ދިރިއުޅުން ގޯސްވާނެއެވެ.
އަހަރެމެންގެ ނަފްސާނީ ފުންމިނުގައި އެތެރޭގެ ބަދަލެއް ނުގެނެވޭހާ ހިނދަކު، އަހަރެމެންނާ އެއްގޮތް އެހެން މީހުންނާއެކު ރަނގަޅު ގުޅުމެއް ނުބޭއްވޭނެއެވެ.
ކޮންމެ ގާތް ބަދަލެއްވެސް އަހަރެމެންގެ ތެރޭގައިވާ ނަފްސުތައް ކުރިން ނައްތާލަން ޖެހެއެވެ.
އަހަރެމެންގެ އެތެރެއިން އެ ނަފްސުތައް ނުފެނިއްޖެނަމަ، އެއްގޮތަކަށްވެސް އެ ނަފްސުތައް ނައްތައެއް ނުލެވޭނެއެވެ.
އެއީ އެކަކުކަމަށް އިހުސާސްކުރާ މީހުންނާއި، އެމީހުންގެ ނަފްސާމެދު އެންމެ ރަނގަޅަށް ވިސްނާ މީހުންނާއި، ގިނަބައެއްގެ އުސޫލު ގަބޫލުނުކުރާ މީހުންވެސް، ނަފްސުތަކަށް ބަލާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން ބަދަލުކުރުމުގެ ކޮންމެ ފުރުސަތެއްވެސް އެމީހުންނަށް ނުވާނެއެވެ.
ނައްތާނުލެވިއްޖެނަމަ ބަދަލެއް ނުކުރެވޭނެއެވެ. އެހެނަސް އަމިއްލައަކީ އެކަކުކަމަށް ހީކުރާ މީހަކު ނައްތާލަން ޖެހޭނެކަން ގަބޫލުކުރާނަމަ، އޭނާ ނައްތާލަން ޖެހޭއެއްޗެއް ނޭނގޭނެއެވެ.
ނަމަވެސް އަހަރެމެން ހަނދާން ބަހައްޓަންވާނީ އެކަކުކަމަށް ހީކުރާ މީހަކު އަމިއްލައަށް އޮޅުވާލައިގެން އޭނާއަށް ނައްތާލަން ޖެހޭނެއެއްޗެއް އެނގޭކަމަށް ހީކުރާނެއެވެ. ހަގީގަތުގައި އޭނާއަށް އެނގެނީ އޭނާއަށް ނޭނގޭކަމެއްވެސް ނޫނެވެ. އޭނާއަކީ ނޫރުން ފުރިފައިވާ ޖާހިލެކެވެ.
އަހަރެމެން “ވަކިވަކި ސިފަތައް ލިބިގަތުމަށްޓަކާ” “އީގޯ ނެތްކުރަން” ޖެހެއެވެ. އެހެނަސް ވަކިވަކި ސިފަތަކެއް އެބަހުރިކަމަށް ހީކުރާ މީހަކަށް އެގޮތަށް ވާކަށް ނުކުޅަދާނެއެވެ.
ވަކިވަކި ސިފަތަކަކީ ސައްތައިން ސައްތަ މުގައްދަސް އެއްޗެކެވެ. ވަރަށް މަދު ބަޔަކަށް އެ އެއްޗެހި ލިބެއެވެ. އެހެނަސް އެންމެންވެސް އެ އެއްޗެހި އެމީހުންނަށް ލިބިފައިވާކަމަށް ހީކުރެއެވެ.
އަހަރެމެން އެކަކުކަމަށް ހީކުރާ ހިނދު، “ނަފްސުތައް” ކިހިނެއް ނައްތާލާނީ؟
ހަމަގައިމުވެސް އަމިއްލަ ނަފްސަށް ސީރިއަސްކޮށް ލޯބިނުދޭ މީހަކު އެކަކު ކަމަށް ހީކުރާނެއެވެ.
އެހެނަސް އަހަރެމެން މި އުނގަންނައިދިނުމުގައި ވަރަށް ސާފުވާން ޖެހެއެވެ. އެހެނީ އެއްވައްތަރެއްގެ “މަތީ ނަފްސެއް” ނުވަތަ މިފަދަ އެހެން އެއްޗެއްގެ ޚިޔާލާ އެއްކޮށްލުމުގެ ނަފްސާނީ ނުރައްކަލެއް އެބައޮތެވެ.
މުގައްދަސް ވަކިވަކި ސިފަތަކަކީ ކޮންމެ ބާވަތެއްގެ “ނަފްސަކަށްވުރެ” މާ މަތީގައިވާ އެއްޗެކެވެ. އެއީ އެއީއެއީ އެވެ. އަބަދުވެސް އެހުރިގޮތަށް ހުންނާނެ އެވެ.
ޝަރުއީ ވަކިވަކި ސިފަތަކަކީ ވުޖޫދާއި، ވުޖޫދުގެ ސަބަބާއި، ހަމަ އެ ވުޖޫދެވެ.
ވުޖޫދާއި ނަފްސާއި ވަކިކުރާށެވެ. ނަފްސަކީ ވުޖޫދުކަމަށް ހީކުރާ މީހުންނަކީ އެމީހުންގެ އަމިއްލަ ނަފްސުތަކަށް ސީރިއަސްކޮށް ލޯބިނުދޭ މީހުންނެވެ.
އަހަރެމެންގެ ތެރޭގައި ގެންގުޅޭ ނަފްސުތަކުގެ މެދުގައި ހޭލުންތެރިކަން ބަންދުވެފައިވަނިކޮށް ދެމިހުރިހާ ދުވަހަކު، ރޫޓް ބަދަލުކުރުމަކީ ނުވާނެކަމެއްކަމަށްވުރެ މާ ބޮޑުކަމެކެވެ.