މަޢުލޫމާތަށް ދާން

ދެ ދުނިޔެ

ތިމާ އަމިއްލަ އަށް ބަލައި، އަމިއްލަ ނަފްސު ދެނެގަތުމަކީ ދެކަމެއް ކަމުގައިވީނަމަވެސް، މިދެކަމަށްވެސް ސަމާލުކަން ދޭންޖެހެއެވެ.

ފާހަގަކުރުމުގައި ސަމާލުކަން ދެވެނީ ބޭރަށް، ބޭރުދުނިޔެއަށް، އިހުސާސްތަކުގެ ދޮރުތަކުގެ ތެރެއިންނެވެ.

އަމިއްލަ ނަފްސު ދެނެގަތުމުގައި، ސަމާލުކަން ދެވެނީ އެތެރެއަށެވެ. އެހެންކަމުން ބޭރުފުށުން އިހުސާސްކުރާ ހިއްސުތަކުން އެހީއެއް ނުވެއެވެ. ސަބަބަކީ މިއީ، އާ މީހަކަށް އޭނާގެ ނަފްސާނީ އޮއިވަރުތައް ދެނެގަތުން އުނދަގޫ ކަމަކަށްވުމަށް އެކަށީގެންވާ ސަބަބެކެވެ.

ސައިންސްގެ އޮފިޝަލް ފެށޭ ޕޮއިންޓަކީ އޭގެ އަމަލީ ފަރާތުގައި، ފާހަގަ ކުރެވޭ ކަންތައްތަކެވެ. އަމިއްލަ ނަފްސަށް މަސައްކަތް ކުރުމުގެ ފެށޭ ޕޮއިންޓަކީ އަމިއްލަ ނަފްސު ދެނެގަތުމެވެ. އަމިއްލައަށް ފާހަގަ ކުރެވޭ ކަންތައްތަކެވެ.

މަތީގައި ބަޔާންކުރެވިފައިވާ މި ދެ ނުކުތާ އަހަރެމެން މުޅިން ތަފާތު މިސްރާބަކަށް ގެންގޮސްދޭނެކަން ޔަގީނެވެ.

ސައިންސްގެ އޮފިޝަލްގެ ދެރަވެފައިވާ އުސޫލުތަކުގެ ތެރޭގައި މީހަކަށް ބޮޑުވެވޭނެއެވެ. ބޭރުގެ ކަންތައްތައް ދިރާސާކޮށް، ސެލްތަކާއި އެޓޮމްތަކާއި މޮލިކިއުލްތަކާއި އިރާއި ތަރިތަކާއި ކޮމެޓް ފަދަ ތަކެތި ބަލައި، އޭނާގެ އެތެރޭގައި އެއްވެސް ބޮޑު ބަދަލެއް ނުއަންނަހާ ހިނދަކުއެވެ.

މީހެއްގެ އެތެރެ ބަދަލުކުރާފަދަ އެއްވެސް އެއްޗެއް، ބޭރުފުށުން ފާހަގަ ކުރެވޭ އެއްޗަކުން ނުލިބޭނެއެވެ.

އަހަރެމެންގެ އެތެރެއަށް އަސަރުކުރާފަދަ ހަގީގީ އެއްޗެއް ބިނާވެފައިވަނީ އަމިއްލަ ނަފްސު ދެނެގަތުމުގެ މައްޗަށެވެ.

އަހަރެމެންގެ ގްނޯސްޓިކް ދަރިވަރުންނަށް އަވަހަށް ބުނަންޖެހޭނީ އަމިއްލަ ނަފްސު ދެނެގަތުމަށެވެ. އަދި އެމީހުން އަމިއްލަ ނަފްސު ދެނެގަންނަންވީ ގޮތާއި އެކަމުގެ ސަބަބުވެސް ބުނަންޖެހެއެވެ.

ފާހަގަކުރުމަކީ ދުނިޔޭގެ މެކޭނިކަލް ހާލަތުތައް ބަދަލުކުރުމުގެ ވަސީލަތެކެވެ. އެތެރެއިން އަމިއްލަ ނަފްސު ދެނެގަތުމަކީ އެތެރެ ބަދަލުކުރުމުގެ ވަސީލަތެކެވެ.

މި ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން އަހަރެމެންނަށް ޔަގީންކަމާއެކު ބުނެވޭނީ ދެވައްތަރެއްގެ މައުލޫމާތު އެބަހުރި ކަމެވެ. އެއީ ބޭރުގެ މައުލޫމާތާއި އެތެރޭގެ މައުލޫމާތެވެ. އަދި އަހަރެމެންގެ ކިބައިގައި މައުލޫމާތުގެ ފެންވަރު ވަކިކުރަން އެނގޭ މެގްނެޓިކް ސެންޓަރެއް ނެތްހާ ހިނދަކު، މި ދެ މައުލޫމާތުގެ ސަބަބުން އޮޅުން ބޮޅުންވެދާނެއެވެ.

ބޭރުފުށުން ފާހަގަކުރެވޭ ސައިންސްގެ އަސްލުތަކުން ފުރިފައިވާ މަތިވެރި ސޫޑޯ އެސޮޓެރިކް އުސޫލުތައް، ގިނަ ބަޔަކު ބަލައިގަންނަނީ އެތެރޭގެ މައުލޫމާތުގެ ގޮތުގައެވެ.

އަހަރެމެން މިތިބީ ދެ ދުނިޔެއެއްގެ ކުރިމަތީގައެވެ. އެއީ ބޭރުގެ ދުނިޔެއާއި އެތެރޭގެ ދުނިޔެއެވެ. ފުރަތަމަ ދުނިޔެ އިހުސާސް ކުރެވެނީ ބޭރުފުށުން އިހުސާސްކުރާ ހިއްސުތަކުންނެވެ. ދެވަނަ ދުނިޔެ އިހުސާސް ކުރެވެނީ އެތެރެއިން އަމިއްލަ ނަފްސު ދެނެގަތުމުގެ ހިއްސުންނެވެ.

ޚިޔާލުތަކާއި، ވިސްނުންތަކާއި، އިހުސާސްތަކާއި، އެދުންތަކާއި، އުއްމީދުތަކާއި މާޔޫސްވުންތަކަކީ އެތެރޭގެ ކަންތައްތަކެވެ. އާދައިގެ ހިއްސުތަކަށް ނުފެންނަ ކަންތައްތަކެވެ. އެހެނަސް، މޭޒާއި ސޯފާ ފަދަ ތަކެއްޗަށްވުރެ އަހަރެމެންނަށް މާބޮޑަށް ހަގީގީކަން ފެންނަނީ މިތަކެއްޗެވެ.

ޔަގީނުންވެސް އަހަރެމެން ބޭރު ދުނިޔެއަށްވުރެ ގިނައިން އުޅެނީ އެތެރޭގެ ދުނިޔޭގައެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

އަހަރެމެންގެ އެތެރޭގެ ދުނިޔޭގައި، ސިއްރު ދުނިޔޭގައި އަހަރެމެން ލޯބިވެ، އެދުންވެރިވެ، ޝައްކުކޮށް، ރަހުމަތްކޮށް، ލައުނަތްދީ، އުއްމީދުކޮށް، ތަހައްމަލުކޮށް، އުފާކޮށް، މަކަރުވެރިވެ، އިނާމު ލިބިގެން އުޅެމެވެ.

އެތެރޭގެ ދުނިޔެއާއި ބޭރުގެ ދުނިޔެ ތަޖުރިބާކޮށް ޔަގީންކުރެވޭނެކަން ޔަގީނެވެ. ބޭރު ދުނިޔެއަކީ ފާހަގަ ކުރެވޭ އެއްޗެކެވެ. އެތެރޭގެ ދުނިޔެއަކީ އަމިއްލަ ނަފްސުން އަމިއްލަ އަށް ދެނެގަނެވޭ އެއްޗެކެވެ. މިހާރު މިތާހުރެގެންނެވެ.

ހަގީގަތުގައި ބިންގަރާހުގެ ނުވަތަ އިރަވީ ނިޒާމްގެ ނުވަތަ އަހަރެމެން ދިރިއުޅޭ ގެލެކްސީގެ “އެތެރޭގެ ދުނިޔެތައް” ދެނެގަންނަން ބޭނުންވާ މީހަކު، އޭނާގެ އަމިއްލަ ދުނިޔެއާއި، އަމިއްލަ ދިރިއުޅުމާއި އަމިއްލަ “އެތެރޭގެ ދުނިޔެތައް” ކުރިން ދެނެގަންނަންވާނެއެވެ.

“އޭ އިންސާނާއެވެ! ތިބާގެ އަމިއްލަ ނަފްސު ދެނެގަންނާށެވެ. އޭރުން ތިބާއަށް ކާއިނާތާއި ކަލާނގެއާއި ބެހޭގޮތުން އެނގޭނެއެވެ.”

މި “އެތެރޭގެ ދުނިޔެ” ކަމަށްވާ “އަމިއްލަ ނަފްސު” ދެނެގަންނަން ފެށިވަރަކަށް ދެ ދުނިޔޭގައި އެއްފަހަރާ ދިރިއުޅެވޭނެކަން މާ ބޮޑަށް ވިސްނޭނެއެވެ. އެއީ ދެ ހަގީގަތެއްގައެވެ. ދެ މާހައުލެއްގައެވެ. އެއީ ބޭރުގެ މާހައުލާއި އެތެރޭގެ މާހައުލެވެ.

ބޭރުގެ ދުނިޔޭގައި ހިނގަން ދަސްކުރުން ކިހާ މުހިއްމު، ވާހަކަ ދައްކަން ދަސްނުވުމުން އަޑިއަށް ވެއްޓިދާނެތީ ނުވަތަ ސިޓީގެ މަގުތަކުން އޮޅުންއަރާފާނެތީ ނުވަތަ ރަހުމަތްތެރިން ހޮވުމަށް ނުވަތަ ނުބައިވެރިންނާ ގުޅުން ބާއްވާތީ ނުވަތަ ވިހަ ކާ ތީއެވެ. ހަމަ އެގޮތަށް އަމިއްލަ ނަފްސަށް ކުރާ މަސައްކަތުން “އެތެރޭގެ ދުނިޔޭގައި” ހިނގަން ދަސްކުރަންވާނެއެވެ. އަމިއްލަ ނަފްސު ދެނެގަތުމުގެ ތެރެއިން ދަސްކުރާށެވެ.

ހަގީގަތުގައި އަމިއްލަ ނަފްސު ދެނެގަތުމުގެ ހިއްސު މި ދުވަސްވަރުގެ ހީނަރުވެފައިވާ ނަސްލުގައި ވަނީ ހަލާކުވެފައެވެ.

އަހަރެމެން އަމިއްލަ ނަފްސު ދެނެގަތުމުގައި ކުރިއަށްދާ ވަރަކަށް އަމިއްލަ ނަފްސު ދެނެގަތުމުގެ ހިއްސު ކުރިއަރާނެއެވެ.