މަޢުލޫމާތަށް ދާން

އަމިއްލަ ނަފްސު ދެނެގަތުން

ތިމާގެ ޒާތީ ސިފަތައް ވަރަށް ގާތުން ދެނެގަތުމަކީ މުޅިން އާ ބަދަލުތަކެއް ގެނައުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ދެނެގަތުމާއި، ވަރަށް ސަމާލުވެގެން ބެލުމަކީ ދެކަމެވެ. ގިނަބަޔަކު ތިމާގެ އަމިއްލަ ނަފްސަށް ސަމާލުވެގެން ބެލުމާއި، ދެނެގަތުން އެއްކަމެއްކަމަށް ހީކުރެއެވެ. ކޮޓަރިއެއްގައި ގޮނޑިއެއްގައި އިށީނދެގެން އިންކަން އެނގެއެވެ. އެހެންނަމަވެސް އެއީ ގޮނޑިއަށް ސަމާލުވެގެން ބެލުންކަމަށް ނުބެލެވެއެވެ.

ވަގުތުކޮޅެއްގެ ތެރޭގައި ނޭދެވޭ ޙާލަތެއްގައި ހުރިކަން އެނގެއެވެ. އެއީ މައްސަލައެއް ވެގެން ނުވަތަ ކަމަކާ ހާސްވެގެން ނުވަތަ ހަމަޖެހިލާފައިނެތް ނުވަތަ ޔަޤީންނުވާ ޙާލަތެއްގައި ވެސް ހުރެވިދާނެއެވެ. އެހެންނަމަވެސް އެއީ ސަމާލުވެގެން ބެލުންކަމަކަށް ނުބެލެވެއެވެ.

ތިބާގެ ހިތުގައި މީހަކާމެދު ނަފްރަތު އުފެދޭތަ؟ މީހަކު ކަމުނުދޭތަ؟ ސަބަބަކީ ކޮބާ؟ ތިބާ ބުނާނެ އެމީހާ ދަންނަމޭ… ވަރަށް ރަނގަޅު! އެމީހާއަށް ސަމާލުވެގެން ބަލާށެވެ. ދެނެގަތުމަކީ އެއްގޮތަކަށް ވެސް ބެލުމެއްނޫނެވެ. ދެނެގަތުމާއި ބެލުން އެއްކަމެއްކަމަށް ނުހަދާށެވެ.

އެކްޓިވްކޮށް ސައްތައިންސައްތަ ތިމާގެ ނަފްސަށް ސަމާލުވެގެން ބެލުމަކީ އަމިއްލަ ނަފްސު ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް ޕެސިވްކޮށް ދެނެގަތުމަކީ އެކަމެއްނޫނެވެ.

ހަމަކަށަވަރުން ވެސް ދެނެގަތުމަކީ ސަމާލުވުމުގެ ޢަމަލެއްނޫނެވެ. ސަމާލުކަން އަމިއްލަ ނަފްސުގެ އެތެރެއަށް، އަދި ތިމާގެ ހިތުގައި ހިނގާ ކަންތައްތަކަށް ދިނުމަކީ ހެޔޮއެދުންތަކާއެކު ކުރެވޭ ކަމެކެވެ. އެއީ އެކްޓިވްކަމެކެވެ.

ސަބަބެއްނެތި މީހަކު ކަމުނުދާ ޙާލަތުގައި ނުވަތަ އެއްވެސް ސަބަބެއްނެތި ހިތުހުރިގޮތަކަށް ކަންކުރާ ޙާލަތުގައި އަމިއްލަ ހިތުގައި ވިސްނުންތައް ގިނަވެ، އަޑުތައް ގަދަވެ، އެތެރެއިން ހަޅޭލަވައިގަނެ، އެމީހުން ދައްކާ ވާހަކަތައް، ނަފްރަތު އުފައްދާ އިޙްސާސްތައް، މުޅިމާޙައުލުން ނަފްސަށް ކުރާ ނޭދެވޭ އަސަރު ފަދަ ކަންތައްތައް ފާހަގަ ކުރެވެއެވެ.

އަޅުގަނޑުމެންނަށް ފާހަގަވާގޮތުގައި އެފަދަ ޙާލަތެއްގައި ތިމާ ނަފްރަތުކުރާ މީހާއާމެދު ވަރަށް ދެރަގޮތަކަށް މުޢާމަލާތު ކުރެވެއެވެ.

މިހުރިހާކަމެއް ދެނެގަތުމަށް ތިމާގެ އެތެރެއަށް ސަމާލުކަން ދޭންވާނެއެވެ. އެއީ ޕެސިވްކޮށް ސަމާލުވެގެން ބެލުމެއްނޫނެވެ.

ޑައިނަމިކް ސަމާލުކަން އަންނަނީ ބަލާފަރާތުގެ ކިބައިންނެވެ. ވިސްނުންތަކާއި އިޙްސާސްތައް އަންނަނީ ބަލަންއިންނަ ފަރާތުގެ ކިބައިންނެވެ.

މިހުރިހާ ކަންތައްތަކުން ދޭހަވަނީ ދެނެގަތުމަކީ މުޅިން ޕެސިވް އަދި އޮޓޮމެޓިކްކޮށް ކުރެވޭކަމެއްކަމެވެ. އަމިއްލަ ނަފްސަށް ސަމާލުވެގެން ބެލުމަކީ ހޭލުންތެރިކަމާއެކު ކުރެވޭ ކަމެކެވެ.

މިބުނަނީ އޮޓޮމެޓިކްކޮށް އަމިއްލަ ނަފްސަށް ސަމާލުވެގެން ނުބަލާށެކޭ ނޫނެވެ. އަޅުގަނޑުމެން މިބުނަނީ އެކަހަލަ ބެލުމެއް ސައިކޮލޮޖިކަލްކޮށް އަމިއްލަ ނަފްސަށް ސަމާލުވެގެން ބެލުމާ އެއްގޮތް ނުވާނެއެވެ.

ވިސްނުމާއި ބެލުންވެސް ވަރަށް ތަފާތެވެ. ކޮންމެ މީހަކަށްވެސް އަމިއްލަ ނަފްސާމެދު ވިސްނުމުގެ ލަގްޒަރީއެއް ނެގިދާނެއެވެ. އެހެންނަމަވެސް އެއީ ސަމާލުވެގެން ބެލުންކަމަށް ނުބެލެވެއެވެ.

ތަފާތު “އަހަރެމެން” ގެ ޢަމަލުތައް ދެކެން އެބަޖެހެއެވެ. އަހަރެމެންގެ ނަފްސުގައި އެކަންތައްތައް ހޯދަން އެބަޖެހެއެވެ. އަހަރެމެންގެ ހޭލުންތެރިކަމުގެ ނިސްބަތް އެއިން ކޮންމެ ކަމެއްގައި ވެސް ހުރިކަން ދެނެގަންނަން ޖެހެއެވެ. އަދި އެކަންތައް އުފެއްދިކަމަށްޓަކައި ހިތާމަކުރަން ޖެހެއެވެ.

އެހެންވީމާ އަހަރެމެން ހަޅޭލަވާނެއެވެ. “މިއަހަރެން މިކުރަނީ ކީއްހޭ؟” “މިބުނަނީ ކީއްހޭ؟” “މި ބޭނުންވަނީ ކީއްހޭ؟” “ޝަހުވާނީ އެދުންތަކާއި، ރުޅިވެރިކަމާއެކު އަހަންނަށް އަނިޔާކުރަނީ ކީއްވެހޭ؟” ފަދަ ސުވާލުތައް ކުރާނެއެވެ.

އެހެންވީމާ އަމިއްލަ ނަފްސުތަކުގެ ތެރެއިން ވިސްނުންތަކާއި، އިޙްސާސްތަކާއި، އެދުންވެރިކަމާއި، ހަވާނަފްސާއި، އަމިއްލަ މަޖާކުރުންތަކާއި، ޒާތީ ޑްރާމާތަކާއި، ހަދާފައިވާ ދޮގުތަކާއި، ވާހަކަތަކާއި، އުޒުރުތަކާއި، މޮރުބިޑިޓީސްއާއި، އުފާފާޅުކުރުމުގެ ތަންތަނާއި، ހަވާނަފްސުގެ ކުރެހުންތައް ފަދަ ކަންތައްތައް ދެކެން ޖެހެއެވެ.

ގިނަ ފަހަރު ނިދުމުގެ ކުރިން ހޭލާ އޮތުމާއި ނިދުމުގެ މެދުގައި ހުންނަ ވަގުތުގައި ތަފާތު އަޑުތައް އެކަކު އަނެކަކާ ވާހަކަ ދައްކާތީ ހީވެއެވެ. އެއީ ތަފާތު “އަހަރެމެން” ތަކެވެ. އެހެންވީމާ އެވަގުތު އަހަރެމެންގެ މެޝިނަރީ ސެންޓަރުތަކާއެކު ހުރި ހުރިހާ ގުޅުންތަކެއް ކަނޑާލަން ޖެހެއެވެ. އެއަށްފަހު މޮލެކިއުލާ ދުނިޔެއަށް، “ފަސްވަނަ ޑައިމަންޝަން” އަށް ޣަރަޤުވާން ޖެހެއެވެ.