އަމިއްލަ ތަރުޖަމާ
ފެށުން
މިއީ 1975 ވަނަ އަހަރުގެ ކްރިސްމަސްއާ ގުޅިގެން މާސްޓަރުން އަޚުންނަށް ދެއްވާ އައު މެސެޖެކެވެ. މިއީ އުނިކަންތައް މަރާލުމަށް އަހަރެމެންނަށް އުނގަންނައިދޭ ފުރިހަމަ ކޯޑެކެވެ. މިހާތަނަށް ދަރިވަރުން ތިބެނީ އުނިކަންތައް ފޮރުވުމަށް ހިތްހަމަޖެހިގެން، އެއީ އަސްކަރީ ވެރިޔަކު އޭނާގެ ދަށުގައިވާ މީހުންގެ ކުރިމަތީގައި ގަދަވެގެން ހުންނަ ފަދައިން، އަހަރެމެން އަމިއްލަ ގޮތުން އުނިކަންތައް ފޮރުވުމުގައި ފަންނީ މީހުންނަށް ވެފައިވީނަމަވެސް، ނަމަވެސް އަހަރެމެންނަށް އެއަށް މަރުދީނުމަށާއި، އެއިން ސަލާމަތްވުމަށް މަޖުބޫރުވާ ވަގުތު އައިސްފައިވާއިރު، ސާފު، ސީދާ، އަދި ތެދުމަގުން އަހަރެމެންނަށް މުހިއްމު ނުކުތާތައް ދެއްވާ މާސްޓަރު ސަމޭލްގެ ޓެކްނިކްގެ އެހީގައިއެވެ.
އުނިކަންތައް މަރުވުމުން، އަހަރެމެންނަށްޓަކައި ހުރިހާކަމެއް ބަދަލުވުމުގެ އިތުރަށް، ރޫޙު އޭގެ އޮޅުމެއްނެތް ރީތިކަމާއެކު ފާޅުވެއެވެ. އެތައްބަޔަކު އެއްފަހަރާ އެތައް އުނިކަންތައްތަކެއް ފާޅުވުމުން އެމީހުން ކުރާނީ ކިހިނެތްތޯ ސުވާލުކުރާއިރު، އެމީހުންނަށް އަހަރެމެން ޖަވާބުދެނީ ބައެއް އުނިކަންތައްތައް ނައްތާލާށެވެ. އަދި ބާކީތިބި އުނިކަންތައްތައް މަޑުކުރާށެވެ. ފަހުން ނައްތާލުމަށްޓަކައި އެއުޅޭ ބާކީތިބި އެހެން އުނިކަންތައްތައް ފޮރުވެސް ހުއްޓެވެ.
ފުރަތަމަ ބާބުގައި؛ އަހަރެމެންގެ ދިރިއުޅުމުގެ ޞަފްޙާ ބަދަލުކުރާނެގޮތް، ރޫޅާލާނެގޮތް؛ ރުޅި، ދަހިވެތިކަން، ޙަސަދަވެރިވުން، ޝަހުވަތްތެރިވުން، ބޮޑާކަން، ކަންނެތްވުން، މޭރުންކަން، އެދުންވެރިވުން، ފަދަ ކަންތައްތަކެވެ. ބިމުގެ ސިކުނޑި ކޮންޓްރޯލްކޮށް އަދި އާލަމީ ސިކުނޑީގެ ދާއިމީ ޢިލްމު ދަމައިގަތުމަށްޓަކައި ކުރިމަތީގެ ވޯޓެކްސް އެނބުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަމަ މިބާބުގައި، އަހަރެމެންގެ އަޚުލާޤީ މިންވަރު ބަލައި، މިމިންވަރު ބަދަލުކުރާނެގޮތް އުނގަންނައިދެއެވެ. މިއީ އަހަރެމެންގެ އުނިކަންތައްތައް ނައްތާލުމުން ވެވޭނެކަމެކެވެ.
ކޮންމެ އެތެރެއިން އަންނަ ބަދަލެއްގެ ސަބަބުން ބޭރުފުށުންވެސް ބަދަލު އާދެއެވެ. މި މަސައްކަތުގައި މާސްޓަރު ވިދާޅުވާ މިންވަރަކީ އަހަރެމެން މިހާރު ތިބި ޙާލަތަށެވެ.
ދެވަނަ ބާބުގައި؛ ބުނެދެނީ ދިރިއުޅުމުގެ މިންކުރުމުގައި އަހަރެމެންގެ ހުރި މަގާމަކީ އަހަރެމެންގެ ހުރި ދަރަޖަކަމެވެ. އަހަރެމެން މިދަރަޖަ މައްޗަށްއަރުވާއިރު ކުރިއަށްދެވޭނެއެވެ. ނަމަވެސް ހަމަ އެތާ ހުއްޓިލައިފިނަމަ ފޫހިކަމާއި، ދެރަވުމާއި، ހިތާމައާއި، މާޔޫސްކަން އުފެދޭނެއެވެ.
ތިންވަނަ ބާބުގައި؛ ނަފްސާނީ ދެކޮޅުވެރިކަމާއި ބެހޭގޮތުން އަހަރެމެންނަށް ވިދާޅުވެދެއްވާއިރު، ނަފްސާނީ ފެށުމުގެ މަރުކަޒު ވަނީ އަހަރެމެންގެ އެތެރޭގައިކަން އުނގަންނައިދެއްވައެވެ. އަދި ސީދާ ނުވަތަ ލަނބުނުވާ މަގަކީ ބަދަލު ގެންނަން ބޭނުންވާ މީހުންގެ ދާއިރާއެވެ. މިގޮތުން އަމިއްލަ ނަފްސުގެ މައްޗަށް މަސައްކަތްކުރުމަކީ ސީދާ މަގުގެ މައި ސިފައެވެ؛ އިންސާނިއްޔަތު ދިރިއުޅުމުގެ މިންކުރުމުގައި ދަށު މަގުން ހިނގައެވެ.
ހަތަރުވަނަ ބާބުގައި؛ ބަދަލު އަންނަގޮތް ބުނެދެއެވެ. ކުއްޖެއްގެ ރީތިކަމަކީ އޭނާގެ އުނިކަންތައް ކުރިނުލުމުގެ ސަބަބުން އަންނަ އެއްޗެއްކަން އަހަރެމެންނަށް ފެނެއެވެ. އަދި އެކުއްޖާގެ ޒާތީ ރީތިކަން ގެއްލެމުންދާކަންވެސް ފެނެއެވެ. އަހަރެމެން އުނިކަންތައްތައް ފުނޑުކޮށްލުމުން ރޫޙު އޭގެ މޮޅުކަމުގައި ފާޅުވެއެވެ. އަދި މިއީ މީހުންނަށް ސާދާ ލޮލުން ފެންނާނެކަމެކެވެ. މީގެ އިތުރުން ރޫޙުގެ ރީތިކަމަކީ ހަށިގަނޑު ރީތިކޮށްދޭ އެއްޗެވެ.
ފަސްވަނަ ބާބުގައި؛ މި ނަފްސާނީ ޖިމްނޭޒިއަމް ހިންގާނެގޮތް އަހަރެމެންނަށް އުނގަންނައިދެއެވެ. އަދި އަހަރެމެން އެތެރޭގައި ގެންގުޅޭ ސިއްރު ހުތުރުކަން ނައްތާލުމުގެ ގޮތް (އުނިކަންތައް) އުނގަންނައިދެއެވެ؛ މުޅިން ތަފާތު ބަދަލެއް ގެނައުމަށްޓަކައި އަމިއްލަ ނަފްސުގެ މައްޗަށް މަސައްކަތް ކުރަން އުނގަންނައިދެއެވެ.
ބަދަލުވުމަކީ މުހިއްމު ކަމެކެވެ. އެހެންނަމަވެސް މީހުންނަކަށް ބަދަލުވާނެގޮތެއް ނޭނގެއެވެ. އެމީހުން ވަރަށް ބޮޑަށް ތަކުލީފު އުފުލާފައި ދެން ތިބީ އެހެން މީހުންނަށް ކުށް އެޅުވުމަށް ހިތްހަމަޖެހިގެންނެވެ. އެމީހުންނަށް އެމީހުންގެ ދިރިއުޅުން ހިންގުމުގެ ޒިންމާ އުފުލަން ޖެހޭ ހަމައެކަނި ބަޔަކީ އެމީހުންކަން ނޭނގެއެވެ.
ހަވަނަ ބާބުގައި؛ ދިރިއުޅުމާއި ބެހޭގޮތުން ވިދާޅުވެދެއްވާއިރު، ދިރިއުޅުމަކީ އެކަކަށްވެސް ނުވިސްނޭ މައްސަލައެއްކަން ބުނެއެވެ؛ ހާލަތުތަކަކީ އެތެރޭގެ ކަންތައްތަކެވެ. އަދި ހާދިސާތަކަކީ ބޭރުގެ ކަންތައްތަކެވެ.
ހަތްވަނަ ބާބުގައި؛ އެތެރޭގެ ޙާލަތާއި ބެހޭގޮތުން ވިދާޅުވެދެއްވާއިރު، ހޭލުންތެރިކަމުގެ ޙާލަތުތަކާއި އަމަލީ ދިރިއުޅުމުގެ ބޭރުފުށުގެ ކަންތައްތަކުގެ މެދުގައިވާ ތަފާތު އުނގަންނައިދެއެވެ.
އަހަރެމެން ހޭލުންތެރިކަމުގެ ގޯސް ޙާލަތުތައް ބަދަލުކޮށްލައިފިއްޔާ، އޭގެ ސަބަބުން އަހަރެމެންގެ ކިބައިން މުހިއްމު ބަދަލުތަކެއް އުފެދެއެވެ.
ނުވަވަނަ ބާބުގައި ޝަޚްޞީ ޙާދިސާތަކާއި ބެހޭގޮތުން ވިދާޅުވެދެއްވައެވެ؛ އަދި ނަފްސާނީ ގޮތުން ގޯސް ހާލަތުތަކާއި، އެތެރޭގެ ގޯސް ހާލަތުތައް ރަނގަޅުކުރާނެގޮތް އުނގަންނައިދެއްވައެވެ. އަހަރެމެންގެ ތަރުތީބުނެތް އެތެރޭގެ ގެއަށް ތަރުތީބު ގެންނާނެގޮތް އުނގަންނައިދެއްވައެވެ. އެތެރޭގެ ދިރިއުޅުމުން ބޭރުގެ ޙާލަތުތައް އުފެދެއެވެ. އަދި މިއީ ވޭންދެނިވި ކަންތައްތަކެއްނަމަ މިއީ އެތެރޭގެ މާނަހުރި ޙާލަތުތަކުގެ ސަބަބުން އުފެދޭ ކަންތައްތަކެވެ. ބޭރުފުށަކީ އެތެރޭގެ ކަންތައްތަކުގެ އަލިބައެވެ. އެތެރޭގެ ބަދަލެއް އައުމާއެކު އައު ތަރުތީބެއް އުފެދެއެވެ.
އެތެރޭގެ ގޯސް ހާލަތުތައް އަހަރެމެން އިންސާނީ ނުބައިކަމުގެ ނުރައްކާތެރި ޝިކާރައަކަށް ބަދަލުކޮށްލައެވެ. ހުރިހާކަމެއްވެސް ފާއިތުވެގެންދާކަން ހަނދާންކޮށްދީ އެއްވެސް ޙާދިސާއަކާ ގުޅުންނުހުރިގޮތަށް އުނގަންނައިދެއެވެ. އަހަރެމެން ދިރިއުޅުމަކީ ފިލްމެއްގެ ގޮތުގައި ދެކެން ދަސްކުރަން ވާނެއެވެ. އަދި ޑްރާމާގައި އަހަރެމެން ބަލާ މީހުންނަށް ވާންވާނެއެވެ. ޑްރާމާއާއި އެއްގޮތްނުވާށެވެ.
އަހަރެންގެ ދަރިއެއްގެ ތިއޭޓަރެއް އެބައޮތް. އޭނާ އެތާ ޒަމާނީ ފިލްމުތައް ދައްކައެވެ. އޭނާގެ ތިއޭޓަރު ފުރާލާނީ އޮސްކާ އެވޯޑު ހާސިލްކޮށްފައިވާ ފަންނާނުން މަސައްކަތްކުރާ ފިލްމުތަކުންނެވެ. އެއްދުވަހަކު އާދައިގެ ގޮތަކަށް އަލްވާރޯގެ ނަމުން މަޝްހޫރު އަހަރެންގެ ދަރިފުޅު އޮސްކާ އެވޯޑު ހާސިލްކޮށްފައިވާ ފަންނާނުން މަސައްކަތްކުރާ ފިލްމަކަށް އަހަރެން ދަޢުވަތު ދިނެވެ. އެ ދަޢުވަތަށް އަހަރެން ޖަވާބުދިނީ އޭނާގެ ފިލްމަށްވުރެ މޮޅު އިންސާނީ ޑްރާމާއެއްގައި އަހަރެން ޝައުޤުވެރިވާތީ، އަހަރެންނަށް ބައިވެރިނުވެވޭނެއެވެ. އަހަރެން ދެންނެވީ އެ ޑްރާމާއަކީ ކޮބައިހެއްޔެވެ؟ އަހަރެން ޖަވާބުދިނީ ދިރިއުޅުމުގެ ޑްރާމާއެވެ؛ އޭނާ ދެންނެވީ، އެ ޑްރާމާގައި ހުރިހާ އެންމެންވެސް މަސައްކަތްކުރާކަމަށް، އަދި އަހަރެން ބުނީ އެ ޑްރާމާގައި އަހަރެން މަސައްކަތްކުރަނީ ބަލާ މީހެއްގެ ގޮތުގައެވެ. ކީއްވެގެންހޭ؟ އަހަރެން ޖަވާބުދިނީ، އަހަރެން ޑްރާމާއާއި އެއްގޮތް ނުވާތީއެވެ. އަހަރެން ކުރަންޖެހޭ ކަންތައްކުރަމެވެ. ޑްރާމާގެ ޙާދިސާތަކުން އަހަރެން ފޯރިއެއްވެސް ނުގުނެވެ އަދި ހިތާމައެއްވެސް ނުކުރެއެވެ.
ދިހަވަނަ ބާބުގައި؛ ތަފާތު އަހަންނާބެހޭ ގޮތުން ވިދާޅުވެދެއްވާފައި އިންސާނުންގެ އެތެރޭގެ ދިރިއުޅުމުގައި އެކުވެރި މަސައްކަތެއް ނެތްކަމަށާއި އެއީ އަހަންނާ ގުޅުންހުރި ކަންތައްތަކެއްކަމަށް ބުނެދެއެވެ. އެހެންވީމާ ޑްރާމާގެ އެކްޓަރުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައިވެސް އެހާ ބަދަލު އަންނަނީ ސަބަބުގައެވެ: ހަސަދަވެރިވުން، ހެވުން، ރޯން، ރުޅި، ބިރުގަތުން، މި ސިފަތަކުން އަހަރެމެންގެ ޝަޚްޞިއްޔަތު އަހަންނާ ގުޅުންހުރި ކަންތައްތަކަށް ދައްކާ ތަފާތު ބަދަލުތަކާއި އުނި އިތުރުތައް އަހަރެމެންނަށް ދައްކުވައިދެއެވެ.
އެގާރަވަނަ ބާބުގައި؛ އަހަރެމެންގެ ލޮބުވެތި އީގޯއާއި ބެހޭގޮތުން ވިދާޅުވެދެއްވާފައި އަހަންނާ ގުޅުންހުރި ކަންތައްތަކަކީ ނަފްސާނީ އަގުތަކެއްކަމަށާއި މިއީ ހެޔޮވިޔަސް ނުބައިވިޔަސް އެ އެތެރޭގެ އަމިއްލަ ދެނެގަތުން އުނގަންނައިދެއްވައެވެ. އަދި އެގޮތަށް އަހަރެމެންގެ ޝަޚްޞިއްޔަތުގެ އެތެރޭގައި ދިރިއުޅޭ އެތައް އަހަންނާ ގުޅުންހުރި ކަންތައްތަކެއް ހޯދާނެއެވެ.
ބާރަވަނަ ބާބުގައި؛ މުޅިން ތަފާތު ބަދަލުއާއި ބެހޭގޮތުން ވިދާޅުވެދެއްވާފައި އަހަރެމެން އެތެރޭގައި ގެންގުޅޭ ސަބްޖެކްޓިވް ކަންތައްތަކަށް ސީދާ ނަޒަރެއްނުދީ އަހަރެމެންގެ ނަފްސަށް އެއްވެސް ބަދަލެއް ގެނައުމަކީ ނުވާނެކަމެއްކަން އުނގަންނައިދެއެވެ.
އަހަރެމެންނަކީ އެކެއްނޫން، އެހެންނަމަވެސް އަހަރެމެންގެ އެތެރޭގައި އެތައްބަޔަކު ވާއިރު، އަހަރެމެން ދަނީ އަމިއްލަ ނަފްސު ދެނެގަތުމުގެ މަގުގައެވެ. އެނގުމާއި ދެނެގަތުމަކީ ދެކަމެވެ. ފުރަތަމަ ކަމަކީ ސިކުނޑިންކުރާކަމެވެ. އަދި ދެވަނަ ކަމަކީ ހިތުންކުރާކަމެވެ.
ތޭރަވަނަ ބާބު؛ ބަލާމީހާއާއި ބެލެވޭމީހާ، އެތެރޭގެ އަމިއްލަ ދެނެގަތުމުގެ އެތުލީޓް އޭގެ އެތެރޭގައި ގެންގުޅޭ ނޭދެވޭ ކަންތައްތައް ދުރުކުރުމަށް ސީރިއަސްކަމާއެކު އަމިއްލަ ނަފްސުގެ މައްޗަށް މަސައްކަތްކޮށް މަސައްކަތްކުރާމީހާއާއި ބެހޭގޮތުން ވިދާޅުވެދެއްވައެވެ.
އަމިއްލަ ނަފްސު ދެނެގަތުމަށް ބަލާމީހަކާއި ބެލެވޭމީހަކަށް ވަކިވާންވާނެއެވެ. މިވަކިވުމެއްނެތި އަމިއްލަ ނަފްސު ދެނެގަތުމަށް ދުވަހަކުވެސް ވާސިލެއްނުވެވޭނެއެވެ.
ސާދަވަނަ ބާބުގައި؛ ނޭދެވޭ ޚިޔާލުތަކާއި ބެހޭގޮތުން ވިދާޅުވެދެއްވާއިރު؛ އަހަރެމެންނަށް ފެނިގެންދަނީ ހުރިހާ އަހަންނާ ގުޅުންހުރި ކަންތައްތަކަށްވެސް ބުއްދި އެބަހުރި އަދި މިއީ އަހަރެމެންގެ ސިކުނޑީގެ މަރުކަޒުގެ އެހީގައި މައުޟޫޢުތަކާއި، ޚިޔާލުތަކާއި، ތަޙްލީލުތަކާއި ފަދަ ކަންތައްތައް ފޮނުވުމަށް ބޭނުންކުރާ ކަމެކެވެ. މިހެންވުމުން އަހަރެމެންގެ އަމިއްލަ ސިކުނޑިއެއް ނެތްކަން އެނގިގެންދެއެވެ. މިބާބުން އަހަރެމެންނަށް ފެނިގެންދަނީ އަހަންނާ ގުޅުންހުރި ކަންތައްތައް ގަދަބާރުން އަހަރެމެންގެ ވިސްނުމުގެ މަރުކަޒު ބޭނުންކުރާކަމެވެ.
ފަނަރަވަނަ ބާބުގައި؛ އަމިއްލަ ޝަޚްޞިއްޔަތާއި ބެހޭގޮތުން ވިދާޅުވެދެއްވާފައި އަމިއްލަ ހޭލުންތެރިކަމެއްވެސް، ޤަސްދެއްވެސް އަދި އަމިއްލަ ޝަޚްޞިއްޔަތެއްވެސް ނެތްކަން އެމީހާއަށް ވިސްނޭނެއެވެ. ގާތުން އަމިއްލަ ދެނެގަތުމުގެ އެހީގައި އަހަރެމެންނަށް އަހަރެމެންގެ ނަފްސުގައި ދިރިއުޅޭ މީހުން (އަހަންނާ ގުޅުންހުރި ކަންތައްތައް) ފެންނާނެއެވެ. އަދި މިމީހުން ނައްތާލަން ޖެހޭނީ މުޅިން ތަފާތު ބަދަލެއް ގެނައުމަށެވެ. އަމިއްލަ ޝަޚްޞިއްޔަތަކީ މުޤައްދަސް އެއްޗެއްކަމަށްވާތީއެވެ. އަހަރެމެންނަށް ފެނިގެންދަނީ މުޅި ދިރިއުޅުމުގައި ކުދިން ރަނގަޅުކުރަމުން އުޅޭ ސްކޫލްގެ މުދައްރިސުން އެކަންކަމާ އޮޅިގެން ދިރިއުޅުމުގެ ޑްރާމާގައި އެހެންވާތީ އެމީހުން އެންމެފަހުން ނިކަމެތި ޙާލަތަކަށް ދާ މަންޒަރެވެ.
ބާކީހުރި 16 ވަނަ ބާބުން 32 ވަނަ ބާބުގެ ނިޔަލަށް ހުރި ޗެޕްޓަރުތަކަކީ މިއީ އާންމު މީހުންގެތެރެއިން ނިކުންނަން ބޭނުންވާ މީހުންނަށް، ދިރިއުޅުމުގައި ކޮންމެވެސް މިންވަރަކުން ކުރިއެރުން ލިބިގަންނަން ބޭނުންވާ މީހުންނަށް، މައްޗަށް އުދުހޭ ރޫހުގަދަ ބާޒުފަދަ މީހުންނަށް، ހޭލުންތެރިކަމަށް އިންޤިލާބު ގެންނަން ބޭނުންވާ މީހުންނަށާއި، މައިނުވާއެއްޗަކަށް ބޯނުލަނބާ މީހުންނަށް ވަރަށް މުހިއްމު ޗެޕްޓަރުތަކެކެވެ.
ސޯޅަވަނަ ބާބުގައި؛ މާސްޓަރު ވިދާޅުވަނީ ދިރިއުޅުމުގެ ފޮތާއި ބެހޭގޮތުންނެވެ. ކޮންމެ ދުވަހަކު ތަކުރާރުކޮށް ބޭނުންކުރާ ލަފްޒުތަކާއިމެދު ފާހަގަ ކުރަން ރަނގަޅެވެ. ހަމަ އެދުވަހެއްގެ ކަންކަން ތަކުރާރުވުމަކީ މަތީ ދަރަޖައިގެ އެނގުމަށް ވާސިލްވުމަށް މަގުފަހިވާނެ ކަމެކެވެ.
ހަތާރަވަނަ ބާބުގައި؛ މެކޭނިކަލް މަޚްލޫޤުންނާއި ބެހޭގޮތުން ވިދާޅުވެދެއްވާފައި އަމިއްލަ ނަފްސަށް ނުބެލިއްޖެނަމަ ކޮންމެ ދުވަހަކު ހުއްޓުމެއްނެތި ތަކުރާރުވާ ކަންތައްތައް އެނގިގެންދާނެ ގޮތެއް ނޯންނާނެއެވެ. އަމިއްލަ ނަފްސަށް ބަލަން ބޭނުންނުވާ މީހަކު މުޅިން ތަފާތު ބަދަލެއް ގެނައުމަށް މަސައްކަތްކުރަންވެސް ބޭނުމެއް ނުވާނެއެވެ. އަހަރެމެންގެ ޝަޚްޞިއްޔަތަކީ ހަމައެކަނި މެރިއަނެޓެއް، ވާހަކަދައްކާ ބުދެއް، މެކޭނިކަލް އެއްޗެއް، އަހަރެމެންނަކީ ހާދިސާތައް ތަކުރާރުކުރާ ބަޔަކީމެވެ. އަހަރެމެންގެ އާދަތަކަކީ ކުރާނެ އެއްގޮތްކަންތައްތަކެވެ. އަހަރެމެން އެއަށް ބަދަލުގެންނާކަށް ދުވަހަކުވެސް ބޭނުމެއް ނުވިއެވެ.
އަށާރަވަނަ ބާބަކީ ސުޕަރ-ސަބްސްޓެންޝިއަލް ރޮށްޓާބެހޭ ބާބެވެ. އާދަތަކުން އަހަރެމެން ހަރުކޮށްލާފައި ބައިތިއްބައެވެ. އަހަރެމެންނަކީ އާދަތަކުން ބަރުވެފައިވާ މެކޭނިކަލް ބަޔަކީމެވެ. އަހަރެމެން އެތެރޭގެ ބަދަލުތަކެއް އުފައްދަން ވާނެއެވެ. އަމިއްލަ ނަފްސަށް ބެލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ނަވާރަވަނަ ބާބުގައި؛ ގެވެހި މީހާ ރަނގަޅަށް ބަލަހައްޓާނެ ގޮތާއި ބެހޭގޮތުން ވިދާޅުވެދެއްވާފައި ދިރިއުޅުމުގެ ޑްރާމާއިން ވަކިވާންވާނެއެވެ. ނަފްސަށް މިންޖުވުމަށް ދިފާޢުވާންވާނެއެވެ. މިމަސައްކަތަކީ ދިރިއުޅުމާއި ދެކޮޅުކަމެކެވެ. މިއީ ކޮންމެ ދުވަހެއްގެ ދިރިއުޅުމަށްވުރެ މުޅިން ތަފާތު ކަމެކެވެ.
އެތެރެއިން ބަދަލުނުވެއްޖެހިނދު އަބަދުވެސް ޙާލަތުގެ ޝިކާރައަކަށް ވާންޖެހޭނެއެވެ. ގެވެހި މީހާ ރަނގަޅަށް ބަލަހައްޓާ މީހަކީ އޮއިވަރާ ދެކޮޅަށް ދާ މީހާއެވެ. ދިރިއުޅުމުން ގިލުވާލާފައި ދޫކޮށްލަން ބޭނުންނުވާ މީހުން ވަރަށް މަދެވެ.
ވިހިވަނަ ބާބުގައި؛ ދެ ދުނިޔެއާއި ބެހޭގޮތުން ވިދާޅުވެދެއްވާފައި އަހަރެމެންގެ އެތެރޭގައި މުހިއްމު ބަދަލެއް ގެނެވޭނެ ޙަޤީޤީ އެނގުމަކީ އަމިއްލަ ނަފްސު ސީދާކޮށް ދެނެގަތުމަށް ބިނާވެފައިވާ އެއްޗެއްކަން ވިދާޅުވެދެއްވައެވެ. އަމިއްލަ ނަފްސަށް ބަލާލުމަކީ ގާތް ގުޅުމެއް އުފެއްދުމެވެ. އަމިއްލަ ނަފްސަށް ބެލުމުގެ އެހީގައި އަހަރެމެން ދަސްކުރަނީ އެތެރޭގެ މަގުން ހިނގާށެވެ. އިންސާނީ ނަސްލުގައި އަމިއްލަ ނަފްސު ދެނެގަތުމުގެ އިޙްސާސް ވަނީ ނިކަމެތިވެފައެވެ. އެހެންނަމަވެސް މި އިޙްސާސް ކުރިއަރާނީ އަމިއްލަ ނަފްސު ދެނެގަތުމުގައި ጽާބިތުވެ ދެމިހުރުމުންނެވެ. ބޭރު ދުނިޔޭގައި ހިނގާށާއި ދަސްކުރާ ފަދައިން އަމިއްލަ ނަފްސުގެ މައްޗަށް ނަފްސާނީ މަސައްކަތް ކުރުމުން އަހަރެމެން އެތެރޭގެ ދުނިޔޭގައިވެސް ހިނގަން ދަސްކުރާނެއެވެ.
އެކާވީސްވަނަ ބާބުގައި؛ އަމިއްލަ ނަފްސަށް ބެލުމާއި ބެހޭގޮތުން ވިދާޅުވެދެއްވާފައި މުޅިން ތަފާތު ބަދަލެއް ގެނައުމަށް އަމިއްލަ ނަފްސަށް ބެލުމަކީ އަމަލީގޮތުން ކުރެވޭ ކަމެއްކަން ވިދާޅުވެދެއްވައެވެ. ދުވަހަކުވެސް އެނގުމަކީ ބެލުމެއް ނޫނެވެ. އެނގުމާއި ބެލުން އޮޅުވާލައިގެން ނުވާނެއެވެ.
އަމިއްލަ ނަފްސަށް ބެލުމަކީ ސައްތައިން ސައްތަ ހަރަކާތްތެރިވާ ކަމެކެވެ. މިއީ އަމިއްލަ ނަފްސު ބަދަލުކުރުމުގެ ވަސީލަތެކެވެ. އެނގުމަކީ ހަރަކާތްނެތް ކަމަކަށްވެފައި އަމިއްލަ ނަފްސަށް ބެލުމަކީ ހޭލުންތެރިކަމާއެކު ކުރާ ކަމެކެވެ.
ބާވީސްވަނަ ބާބުގައި؛ ވާހަކަދެއްކުމާއި ބެހޭގޮތުން ވިދާޅުވެދެއްވާފައި ޔަޤީންކުރުން، އެބަހީ “އަމިއްލަ އަމިއްލައަށް ވާހަކަދެއްކުމަކީ” ނުރައްކާތެރިކަމެކެވެ. އެހެނީ މިއީ އަހަރެމެންގެ އަހަންނާ ގުޅުންހުރި ކަންތައްތައް އެކަކު އަނެކަކާ ކުރިމަތިލާ ކުރުމެވެ. ތިބާ އަމިއްލައަށް ވާހަކަދައްކަމުން ދަނިކޮށް ފެނިއްޖެނަމަ އަމިއްލަ ނަފްސަށް ބަލާށެވެ. އެހިނދު ތިބާ އެ ކުރަނީ ކޮންކަހަލަ މަޖާކަމެއްކަން ހާމަވާނެއެވެ.
ތޭވީސްވަނަ ބާބުގައި؛ ގުޅުންތަކުގެ ދުނިޔެއާއި ބެހޭގޮތުން ވިދާޅުވެދެއްވާފައި ތިން ވައްތަރުގެ ގުޅުންތައް އެބަހުރިކަން ވިދާޅުވެދެއްވައެވެ؛ އެއީ ތިމާގެ ހަށިގަނޑާއެކު އޮންނަ ގުޅުމާއި، ބޭރު ދުނިޔެއާއެކު އޮންނަ ގުޅުމާއި، އިންސާނާ އަމިއްލަ ނަފްސާއެކު އޮންނަ ގުޅުމެވެ. އަދި މިއީ ގިނަ މީހުންނަށް މުހިއްމުކަމެއް ނޫނެވެ. މީހުންނަށް މުހިއްމުވަނީ ހަމައެކަނި ކުރީގެ ދެވައްތަރެވެ. އަހަރެމެން ދިރާސާކުރަންވާނީ އަހަރެމެންނަށް މައްސަލަޖެހިފައިވަނީ މީގެތެރެއިން ކޮންކަހަލަ ގުޅުމަކުންކަން އެނގުމަށެވެ.
އެތެރެއިން ނައްތާނުލެވުމުގެ ސަބަބުން ތިމާގެ ނަފްސާއެކު ގުޅުންއުފައްދާކަށް ނޭނގެއެވެ. އަދި އެހެންވުމުން އަބަދުވެސް ތިބެނީ އަނދިރިކަމުގައެވެ. މާޔޫސްވެ، މަގުއޮޅި، އޮޅުންބޮޅުންވެފައި ތިއްބާ ފެނިއްޖެނަމަ އަމިއްލަ ނަފްސ