އަމިއްލަ ތަރުޖަމާ
އަމިއްލަ ޙާދިސާތައް
ނުބައި ނަފްސާނީ ޙާލަތްތައް ހޯދަން ބޭނުންވާ ހިނދު، ތިމާގެ އަމިއްލަ ނަފްސު ވަރަށް ފުރިހަމައަށް އަމިއްލަ އަށް ބަލައި ދެނެގަތުން ވަރަށް މުހިންމެވެ. ޝައްކެއްވެސްނެތްގޮތުގައި، އެތެރެފުށުގެ ނުބައި ޙާލަތްތައް ރަނގަޅުކުރެވޭނީ ރަނގަޅު އުސޫލުތަކުންނެވެ.
އެތެރެފުށުގެ ދިރިއުޅުމަކީ ބޭރުފުށުން ފެންނަ ކަންތައްތައް ދަމައިގަންނަ މައިގަނޑު މަގުސަދެއްކަމަށްވާއިރު، އަހަރެމެންގެ ނަފްސާނީ ޙާލަތުން ނުބައި ކަންތައްތައް ދުރުކުރުން ވަރަށް ބޭނުންވެއެވެ. ނަފްސާނީގޮތުން ގޯސް ޙާލަތްތައް ރަނގަޅުކުރުމަކީ، ބޭނުންނުވާ ކަންތައްތައް އަސާސީގޮތުން ބަދަލުކުރަން ބޭނުންވާ ހިނދު ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އަހަރެމެންނާ ހިލާފުވާ ކަންތައްތަކާ ދެމެދު އޮންނަ ގުޅުން ބަދަލުކުރުމަކީ، އަހަރެމެންގެ އެތެރެއިން ބޭކާރު ނަފްސާނީ ޙާލަތްތައް ނެތިކޮށްލައިގެން ކުރެވޭނެ ކަމެކެވެ. ބޭރުފުށުން ދިމާވާ ގެއްލުންދެނިވި ކަންތައްތައް ނުރައްކާތެރި ނޫން ކަންތައްތަކަށް ބަދަލުކުރެވޭނެއެވެ. އަދި އެއަށްވުރެ މޮޅުގޮތެއްގައި، އެތެރެފުށުގެ ނުބައި ޙާލަތްތައް ރަނގަޅުކޮށްގެން ކުރިއެރުން ވެސް ހޯދިދާނެއެވެ.
އެމީހެއްގެ ނަފްސު ސާފުކޮށްގެން އަހަރެމެންނަށް ދިމާވާ ނަހަމަ ކަންތައްތަކުގެ ސިފަ ބަދަލުކުރެވޭނެއެވެ. ނަފްސާނީގޮތުން ބޭކާރު ޙާލަތްތައް ރަނގަޅުނުކުރާ މީހާ، ވަރަށް ވަރުގަދަ މީހެއްކަމަށް ހީކުރިޔަސް، އެއީ ހާލަތްތަކުގެ ޝިކާރައަކަށް ވެގެންދާނެއެވެ.
ދިރިއުޅުމުގެ ހާލަތު ނިކަމެތިވެފައިވާ ދިރިއުޅުމެއް ބަދަލުކުރަން ބޭނުންވާ ހިނދު، އަހަރެމެންގެ އެތެރޭގެ އުސޫލުތައް ހަރުދަނާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މީހުން ހުރިހާ ކަމަކާވެސް ޝަކުވާކުރެއެވެ. އަދި ތަފާތު ވޭންތައް ތަހައްމުލުކޮށް، ރޮއި، ދެކޮޅު ހަދައި، ދިރިއުޅުން ބަދަލުކުރަން ބޭނުންވެއެވެ. ހަމަ އެހެންމެ، އެމީހުން ދިރިއުޅުމުގައި ދެރަވެފައިވާ ހާލަތުން ސަލާމަތްވާން ބޭނުންވެއެވެ. ނަސީބު ދެރަގޮތުން، އެމީހުން އަމިއްލަ ނަފްސަށް މަސައްކަތެއް ނުކުރެއެވެ.
އެތެރެފުށުގެ ދިރިއުޅުމަކީ ބޭރުފުށުން ފެންނަ ކަންތައްތައް ދަމައިގަންނަ އެއްޗެއްކަން މީހުން ދެނެގަންނާކަށް ބޭނުމެއް ނުވެއެވެ. އަދި ބޭރުފުށުގެ ކަންތައްތައް ވޭންދެނިވިވާނަމަ، އެއީ އެތެރެފުށުގައި ނުބައި ޙާލަތްތައް ހުރުމުންނެވެ. ބޭރުފުށުން ފެންނަނީ ހަމައެކަނި އެތެރެފުށުން ފެންނަ މަންޒަރެވެ. އެތެރެފުށުން ބަދަލުވާ މީހާ، އާ އުސޫލުތަކެއް އުފައްދައެވެ.
ބޭރުފުށުން ފެންނަ ކަންތައްތަކަށްވުރެ މުހިންމީ އެ ކަންތައްތަކަށް މީހާ އިޖާބަދޭ މިންވަރެވެ. އެހެން މީހަކު މަލާމާތްކުރާއިރު، ތިބާ ހަމަހޭލާ ހުރިން ހެއްޔެވެ؟ ތިބާގެ އެކުވެރިންގެ ނުރުހުންތެރިކަން ގަބޫލުކުރީ ހެޔޮހިތުން ހެއްޔެވެ؟ ލޯބިވާ މީހާ އޮޅުވާލުމުން ތިބާ ކަންތައްކުރީ ކިހިނެތް ހެއްޔެވެ؟ ތިބާ ހަސަދައިގެ ވިހައަށް ހުއްދަ ދިނީމު ހެއްޔެވެ؟ ތިބާ މީހަކު މަރާލީމު ހެއްޔެވެ؟ މިހާރު ތިބާ ހުރީ ޖަލުގައި ހެއްޔެވެ؟
ހޮސްޕިޓަލްތަކާއި، ސަހަރާތަކާއި، ޖަލުތައް ފުރިފައިވަނީ ބޭރުފުށުން ފެންނަ ކަންތައްތަކަށް ބީރައްޓެހި އިޖާބައެއްދީފައިވާ މީހުންނާއި އެކުއެވެ. ދިރިއުޅުމުގައި މީހަކަށް ބޭނުންކުރެވޭނެ އެންމެ މޮޅު ހަތިޔާރަކީ ރަނގަޅު ނަފްސާނީ ޙާލަތެވެ.
މީހަކަށް ވަލުޖަނަވާރުން ހަތިޔާރުނެތްކޮށް ހެދިދާނެއެވެ. އަދި މަކަރުވެރިންގެ މޫނު ދެނެގަނެވޭނީ އެތެރެފުށުގެ ހާލަތުތައް ރަނގަޅުކޮށްގެންނެވެ. ނުބައި ނަފްސާނީ ޙާލަތްތަކުގެ ސަބަބުން އަހަރެމެން އިންސާނުންގެ ނުބައި އަމަލުތަކުގެ ޝިކާރައަކަށް ވެގެންދާނެއެވެ. ދިރިއުޅުމުގައި ދިމާވާ ނަހަމަ ކަންތައްތަކާ ކުރިމަތިލާން ދަސްކުރާށެވެ.
އެއްވެސް ކަމަކާ ތިމާގެ ނަފްސު ގުޅުވައިނުލާށެވެ. ހަނދާން ބަހައްޓާށެވެ. ހުރިހާ ކަމެއްވެސް ހިނގާނެއެވެ. ދިރިއުޅުމަކީ ފިލްމެއްގެ ގޮތުގައި ބަލަން ދަސްކުރާށެވެ. އޭރުން ތިބާއަށް ފައިދާތަކެއް ލިބިގެންދާނެއެވެ. އަގުބޮޑުނޫން ކަންތައްތަކުގެ ސަބަބުންވެސް ހިތާމަވެރި ދުވަސްތަކެއް ތިބާއަށް ލިބިގެން ހިނގައިދާނެއެވެ. އެހެންކަމުން، ތިބާގެ ނަފްސުން ނުބައި ނަފްސާނީ ޙާލަތްތައް ދުރުކުރާށެވެ.
ބޭރުފުށުން ދިމާވާ ކޮންމެ ކަމަކަށްވެސް، ޝައްކެއްވެސްނެތްގޮތުގައި، އެކަށީގެންވާ ފައިސާ ދައްކަން ޖެހޭނެއެވެ. އެހެންގޮތަކަށް ބުނާނަމަ، ރަނގަޅު ނަފްސާނީ ޙާލަތެއް ހުންނަންވާނެއެވެ.