އަމިއްލަ ތަރުޖަމާ
ސްކޯޕިއޯ
އޮކްޓޯބަރު މަހުގެ 23 އިން ނޮވެމްބަރު މަހުގެ 22 އަށް
މަތިވެރި ހީރޯފަންޓް ޖީސަސް ކްރައިސްޓް ނިކޮޑެމަސްއަށް ވިދާޅުވިއެވެ. “ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބޭފުޅާއަށް ބުނަމެވެ، އަލުން އުފަންނުވާ މީހަކަށް މާތްރަސްކަލާނގެ ރަސްކަން ފެނިވަޑައެއް ނުގަންނަވާނެއެވެ.”
އެސޮޓެރިޒަމްގެ ރަސްކަމަށް، މޭޖިސް ރެގްނަމްއަށް ވަދެވޭނީ ފެނާއި ރޫޙުން އުފަންވެގެންނެވެ.
ރަސްކަމަށް ވަނުމުގެ ފުރިހަމަ ޙައްޤު ލިބުމަށްޓަކައި އަލުން އުފަންވުން މުހިއްމެވެ. އަހަރެމެން ދެފަހަރު އުފަންވާ ބަޔަކަށް ވެގެންވާނެއެވެ.
މިއީ ނިކޮޑެމަސްއަށް ވެސް އަދި ބައިބްލިކަލްގެ ހުރިހާ ފިރުޤާއަކަށް ވެސް ސެކަންޑް ބާތު (ދެވަނަ އުފަންވުން) ވިސްނިގެންދިޔަ ކަމެއްނޫނެވެ. ޖީސަސް ނިކޮޑެމަސްއަށް ދެއްވި ބަސްތައް ރަނގަޅަށް ވިސްނަން ބޭނުންވާނަމަ، ދީންތަކުގެ ތަފާތު ދިރާސާއެއް ކޮށް އެއާރްކޭނޯ އޭ. ޒެޑް. އެފް.ގެ މުހިއްމު ސިއްރު (ކީ) ހޯދަން ޖެހޭނެއެވެ.
ތަފާތު ބައިބްލިކަލް ފިރުޤާތައް އެމީހުން ހީކުރާ ގޮތުގައި އަލުން އުފަންވުމުގެ މާނަ އެނގޭކަމަށް ޤަބޫލުކުރެއެވެ. އަދި އެކި ގޮތްގޮތަށް ތަފްސީރުކުރެއެވެ. އެކަމަކު، އެމީހުންނަށް ބައިބްލިކަލްގެ ޢިލްމުވެރިކަން އެނގުނު ކަމުގައި ވިޔަސް އަދި އެއް އާޔަތަކުން އަނެއް އާޔަތަށް ލިޔުނުކަމުގައި ވިޔަސް، އެއް އާޔަތުން އަނެއް އާޔަތަށް ތަފްސީރުކުރަން މަސައްކަތްކުރި ކަމުގައި ވިޔަސް، ޙަޤީޤަތަކީ އެމީހުންނަށް ސިއްރު ކީ (މުހިއްމު ސިއްރު)، އެއާރްކޭނޯ އޭ. ޒެޑް. އެފް. ނެތި އެކަން ވިސްނިގެންނުދާނެއެވެ.
ނިކޮޑެމަސްއަކީ ޢިލްމުވެރިއެކެވެ. މުޤައްދަސް ލިޔުންތައް ވަރަށް ފުންކޮށް ދަންނަ މީހެކެވެ. އެހެންނަމަވެސް، އޭނާއަށް އެކަން ވިސްނިގެން ނުގޮސް، އޭނާ ބުންޏެވެ. “އަޅުގަނޑު މުސްކުޅިވެގެން އުފަންވާނީ ކިހިނެތް؟، އަޅުގަނޑަށް ދެވަނަ ފަހަރަށް މަންމަގެ ބަނޑަށް ވަދެ އުފަންވެވޭނެތަ؟”.
ޖީސަސްއަކީ މަތިވެރި ކަބީރެކެވެ. އެހެންކަމުން އޭނާ ނިކޮޑެމަސްއަށް މާޔާގެ ވައްތަރުގެ ޖަވާބެއް ދެއްވިއެވެ. “ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބޭފުޅާއަށް ބުނަމެވެ، ފެނާއި ރޫޙުން އުފަންނުވާ މީހަކަށް މާތްރަސްކަލާނގެ ރަސްކަމަށް ވަދެވޭކަށް ނެތެވެ.”
އެނގޭގޮތުގައި މަރުވެފައިވާ ލިޔުމުގެ މައުލޫމާތު ނޫން އެހެން މައުލޫމާތެއް ނުވާ މީހަކަށް، ބައިބްލިކަލް އާޔަތްތަކުގެ ދެމާނަ ވިސްނިނުގަންނަ މީހަކަށް، އެއާރްކޭނޯ އޭ. ޒެޑް. އެފް. ދުވަހަކުވެސް ނުދަންނަ މީހަކަށް މަތިވެރި ކަބީރުގެ މިބަސްތައް އޭނާގެ ހިތަށްއަރާ ގޮތަކަށް، އޭނާގެ އަތުގައިވާ ހަމައެކަނި މައުލޫމާތުން، އޭނާއަށް ވިސްނޭ ގޮތަށް އަދި އޭނާ ޤަބޫލުކުރާ ގޮތަށް، އޭނާގެ ފިރުޤާގެ ބެޕްޓިޒަމް ނުވަތަ އެފަދަ ކަމަކުން ދެވަނަ އުފަންވުމުގެ މައްސަލަ ޙައްލުވެއްޖެކަމަށް އޭނާ ބުނެއެވެ.
މާޔާއިންނަށް ރޫޙަކީ ދިރިހުރި އަލިފާނެވެ. އަދި އެމީހުން ބުނެއެވެ. “ފެނާއި އަލިފާނުގެ އެހީގައި މަތީގައިވާ އެއްޗެއް ތިރީގައިވާ އެއްޗަކާއި ގުޅުވަންވާނެއެވެ.”
ހިންދީ ބްރާމަނުން ޖިންސީ ގޮތުން ދެވަނަ އުފަންވުމުގެ ރަމްޒު ދައްކައެވެ. ލިޓަރޖީގައި ވަރަށް ބޮޑު ރަނުގެ ގެރިއެއް ހަދާފައި ހުންނާނެއެވެ. އަދި ދެވަނަ އުފަންވުމަށް އެދޭ މީހާގެ ހަށިގަނޑު އެ ގެރީގެ ހުސްތެރެއިން ތިންފަހަރު ދަމައިގެން ގެންގޮސް ވުލްވާ (ޖިންސީ ގުނަވަން) އިން ނިކުންނަން ޖެހޭނެއެވެ. އެއިރުން އޭނާއަކީ ޙަޤީޤީ ބްރާމަނެއް، ދުއިޕާ، ނުވަތަ ދެފަހަރު އުފަންވާ މީހަކަށް ވެގެންދާނެއެވެ. އެއްފަހަރު އޭނާގެ މަންމަގެ ކިބައިން އަނެއްފަހަރު ގެރީގެ ކިބައިންނެވެ.
އެހެންކަމުން ރަމްޒީ ގޮތެއްގައި ބްރާމަނުން ޖީސަސް ނިކޮޑެމަސްއަށް ދެއްވި ދެވަނަ އުފަންވުން ކިޔާދެއެވެ.
ކުރީގެ ބާބުތަކުގައި އަހަރެމެން ބުނިހެން ގެރިއަކީ މައިވަންތަ ރަސްކަނބަލުންނެވެ. އެކަމަކު، ސަމާލުކަންދޭންޖެހޭ ކަމަކީ ބްރާމަނުން އަމިއްލަ ނަފްސުތަކަށް ދެފަހަރު އުފަންވެފައިވާ މީހުންނޭ ކިޔާއެވެ. އަދި އެމީހުންގެ ދެވަނަ އުފަންވުމަކީ ޖިންސީ އުފަންވުމެކެވެ. ގެރީގެ ކިބައިން އުފަންވެ ގެރީގެ ބަނޑުން ވުލްވާ (ޖިންސީ ގުނަވަން) އިން ނިކުމެގެންނެވެ.
މި މައްސަލައަކީ ވަރަށް ނާޒުކު މައްސަލައެކެވެ. އަދި ލޫނާ ރޭސްއިން އެކަމަށް ނަފްރަތުކުރެއެވެ. އެމީހުން ގެރި މަރާލާފައި އެއަށްފަހު ޖިންސީ މައްސަލަތަކުގެ ސިއްރުތަކާއި އަދި އޭއާރްކޭނޯ އޭ. ޒެޑް. އެފް.އާ ބެހޭގޮތުން ވާހަކަދައްކާ މީހުންނަށް މަލާމާތްކުރަން އިސްކަންދެއެވެ.
ބްރާމަނުންނަކީ ދެފަހަރު އުފަންވެފައިވާ މީހުންނެއް ނޫނެވެ. އެކަމަކު، ރަމްޒީ ގޮތުން އެމީހުން އެއީ ދެފަހަރު އުފަންވެފައިވާ މީހުންނެވެ. މޭސަން މާސްޓަރަކީ ވެސް ޙަޤީޤީ މާސްޓަރެއް ނޫނެވެ. އެކަމަކު، ރަމްޒީ ގޮތުން އެމީހުން އެއީ ޙަޤީޤީ މާސްޓަރުންނެވެ.
ސަމާލުކަންދޭންޖެހޭ ކަމަކީ ދެވަނަ އުފަންވުމަށް ވާސިލުވުމެވެ. އަދި މައްސަލައަކީ ސަތޭކައިން ސަތޭކަ ޖިންސީ މައްސަލައެކެވެ.
ކޮންމެ މީހަކުވެސް ހަތަރުވަނަ ޑައިމެންޝަންގެ އެ ބިމަށް، ޖިނާސްގެ ވާދީތަކާއި ފަރުބަދަތަކާއި އަދި ފައްޅިތަކަށް، ދެފަހަރު އުފަންވެފައިވާ މީހުންގެ ރަސްކަމަށް ވަންނަން ބޭނުންވާނަމަ އޭނާ ޕިއެޑްރާ ބްރޫޓާއެކު މަސައްކަތްކުރަންވާނެއެވެ. އެއަށް ސިފައެއްދީ ކަނޑާ ވައްޓާށެވެ. މޭސަންގެ ބަހުރުވައިން ވާހަކަދައްކާނަމަ އޭގެ ސިފަ ބަދަލުކުރާށެވެ.
ހާސްއެކެއް ރޭތަކުގެ ބިމުން، އުފާވެރިކަމާއެކު ދެފަހަރު އުފަންވެފައިވާ މީހުން ދިރިއުޅޭ މާޖިކްގެ ބިމުން އަހަރެމެން ވަކިކޮށްދޭ އެ މުޢުޖިޒާތީ ޕިއެޑްރާ މުހުތަރަމްކޮށް އުފުލަން ބޭނުންވެއެވެ.
އަހަރެމެން ސިފައެއްދީ ކަނޑާ ވައްޓާފައި ނުވާނަމަ އެ ޕިއެޑްރާ ހިންދާލުމަކީ ނުވަތަ އުފުލުމަކީ ނުއުފުލޭނެ ކަމެކެވެ.
ޖީސަސް ދަ ކްރައިސްޓްގެ ދަރިވަރު ޕެޑްރޯއަކީ އަލާދިންއެވެ. މަތިވެރި ސިއްރުތަކުގެ ސޭންކްޗުއަރީ ބަންދުކުރާ ޕިއެޑްރާ އުފުލުމުގެ ހުއްދަ ލިބިފައިވާ މުޢުޖިޒާތީ މީހާއެވެ.
ޕެޑްރޯގެ އަސްލު ނަމަކީ ޕެޓާރެވެ. އޭގެ ތިން ކޮންސޮނަންޓާއެކު ޕީ. ޓީ. އާރް. އެއީ މައިގަނޑު އަކުރުތަކެވެ.
ޕީ އިން ސިއްރުންވާ ބައްޕަ، އިލާހުންގެ ބައްޕައިން އަދި އަހަރެމެންގެ ބައްޕައިން ނުވަތަ ޕިޓްރީން ހަނދާންކޮށްދެއެވެ.
ޓީއަކީ ތާއުއެވެ. މަތިވެރި ހާމަފްރޮޑައިޓް، ޖިންސީ ގޮތުން ގުޅިފައިވާ ފިރިހެނާއި އަންހެނެވެ.
އާރްއަކީ އައިއެންއާރްއައިގެ މުހިއްމު އަކުރެކެވެ. މިއީ މުޤައްދަސް އަދި ބިރުވެރި އިލާހީ އަލިފާނެވެ. މިޞްރުގެ އާރްއެވެ.
ޕެޑްރޯ، ޕެޓާރް، އަލިކޮށްދޭމީހާ، އަކީ ޖިންސީ މޭޖިކްގެ މާސްޓަރެވެ. ބިރުވެރި މަގުގެ ދޮރުކައިރީ އަބަދުވެސް އަހަރެމެންނަށް އިންތިޒާރުކުރާ ދީލަތި މާސްޓަރެވެ.
ދީނީ ގެރި، މަޝްހޫރު މިނޮޓައުރޯ ކްރެޓެންސްއަކީ އަހަރެމެންނަށް ދެފަހަރު އުފަންވެފައިވާ މީހުންގެ ބިމަށް ގެންގޮސްދޭ މިސްޓިކަލް ސަބްޓަރޭނިއަންއިން ފެންނާނެ ފުރަތަމަ އެއްޗެވެ.
މެޑީވިއަލްގެ މުސްކުޅި އަލްކެމިސްޓުންގެ ފިލޯސޮފާސްގެ ޕިއެޑްރާއަކީ ޖިންސެވެ. އަދި ދެވަނަ އުފަންވުމަކީ ޖިންސީ އުފަންވުމެކެވެ.
މަނޫގެ ޤާނޫނުތަކުގެ ޗެޕްޓަރ އަށްގައި ބުނެފައިވަނީ: “ޝޫދްރާސްއިން ފުރިފައިވާ، ނުބައި އިންސާނުންނާއި ދެފަހަރު އުފަންވެފައިވާ މީހުން ނެތް ރަސްކަމެއް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުން އަވަހަށް ނެތިގެންދާނެއެވެ.”
ޕެޑްރޯގެ ޑޮކްޓްރިންނެތި ދެވަނަ އުފަންވުން ނުކުރެވޭނެއެވެ. އަހަރެމެން ގްނޮސްޓިކްސް ޕެޑްރޯގެ ޑޮކްޓްރިން ދިރާސާކުރަމެވެ.
އިންފްރާސެކްޝުއަލްސް، ޑިޖެނަރޭޓްސްއިން ޕެޑްރޯގެ ޑޮކްޓްރިންއަށް ނަފްރަތުކުރެއެވެ.
އެތައް މخلص މީހުން އެކަނި ޖިންސު ބޭރުކޮށްފައި އެމީހުންނަށް އަމިއްލައަށް ރިއަލައިޒްކުރެވޭނެކަމަށް ހީކުރެއެވެ.
އެތައް މީހުން ޖިންސާއި ދެކޮޅަށް ވާހަކަދައްކައެވެ. އެތައް މީހުން ޖިންސަށް މަލާމާތްކުރެއެވެ. ތާރޑް ލޯގޯސްގެ ސޭންކްޗުއަރީގެ ތެރެއަށް އެމީހުންގެ ހުރިހާ ދޮގުތަކެއް ކުޅުވެއެވެ.
އެމީހުން ޖިންސަށް ނަފްރަތުކުރެއެވެ. ޖިންސަކީ ހުތުރު، ނުސާފު، ސޫރައެއް އަދި ޖަނަވާރެއްކަމަށް އެމީހުން ބުނެއެވެ. އެމީހުންނަކީ މަލާމާތްކުރާ މީހުންނެވެ. މުޤައްދަސް ރޫޙަށް ކުފުރުވާ މީހުންނެވެ.
ޖިންސީ މޭޖިކާއި ދެކޮޅަށް ވާހަކަދައްކާ މީހުންނަށް ތާރޑް ލޯގޯސްގެ ސޭންކްޗުއަރީގައި އޭނާގެ ނުބައިކަން ކުޅުވާ މީހަކަށް ދުވަހަކުވެސް ދެވަނަ އުފަންވުމަކަށް ވާސިލުވެވޭކަށް ނެތެވެ.
ސަންސްކްރިޓްގައި ޖިންސީ މޭޖިކްގެ ނަމަކީ މައިތޫނާއެވެ. ޕެޑްރޯގެ ޑޮކްޓްރިންއަކީ މައިތޫނާއެވެ. އަދި ޖީސަސް ވިދާޅުވިއެވެ. “ތިޔައީ ޕެޑްރޯއެވެ. ޕިއެޑްރާއެވެ. އަދި ތިމަންކަލޭގެފާނުގެ އިގްލީސިއާ އެ ޕިއެޑްރާގެ މައްޗަށް ބިނާކުރައްވާނެއެވެ. އަދި ނަރަކައިގެ ދޮރުތައް އެއާއި ދެކޮޅުވެރި ނުވާނެއެވެ.”
މައިތޫނާގެ ކީއަކީ ޔޯނީގައި ހަރުކޮށްފައިވާ ކަޅު ލިންގަމެވެ. މިއީ އިލާހު ޝިވާގެ ސިފަތަކެވެ. ތާރޑް ލޯގޯސް، މުޤައްދަސް ރޫޙެވެ.
މައިތޫނާގައި ފާލޯ ވެޖައިނާ ތެރެއަށް ވަންނަންވާނެއެވެ. އެކަމަކު، އެއްވެސް އިރަކު ސެމަން ބޭރުކުރަން ނުވަތަ ހިއްލުވަންވާނެއެވެ.
މަނި ހިއްލުވުން މަނާކުރުމަށްޓަކައި، މަނި ބޭރުވުމުގެ ކުރިން ދެމަފިރިން ޖިންސީގުޅުން ހުއްޓާލަންވާނެއެވެ.
ހިފެހެއްޓިފައިވާ އެދުން ސެމިނަލް ދިޔާ އެނާރޖީ އުފައްދާ އެނާރޖީއަށް ބަދަލުކުރާނެއެވެ.
ޖިންސީ އެނާރޖީ ސިކުނޑިއަށް އަރާނެއެވެ. ސިކުނޑި ސެމިނައިޒްވެގެންދާނީ އެހެންވެއެވެ. ސެމަން ސެރެބްރައިޒްވެގެންދާނީ ވެސް އެހެންވެއެވެ.
މައިތޫނާއަކީ އަހަރެމެންގެ މޭޖިކަލް ބާރުތަކުގެ އަލިފާނުގެ ހަރުފަ ކުންޑަލިނީ ހޭލައްވައި ތަރައްޤީކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
ކުންޑަލިނީ ހޭލެވުމުން މައިބަދައިގެ މަގުން މައިބަދައިގެ މައިތަނބުގެ ދިގަށް އަރާނެއެވެ.
ސަން ޖޯންގެ އެޕޮކެލިޕްސްގެ ހަތް އިގްލީސިއާ ކުންޑަލިނީން ހުޅުވާނެއެވެ. ހަތް އިގްލީސިއާ ވަނީ މައިބަދައިގެ މައިތަނބުގައި ޤާއިމުކުރެވިފައެވެ.
ފުރަތަމަ އިގްލީސިއާ އަކީ އެފެސޯއެވެ. އަދި މިއީ ޖިންސީ ގުނަވަންތަކާއި ގުޅުންހުރި އެއްޗެކެވެ. އެފެސޯގެ އިގްލީސިއާ ތެރޭގައި މުޤައްދަސް ހަރުފަ ތިންފަހަރާއި ބައުފަހަރު ވަށާލެވިގެން ނިދާފައި އޮންނާނެއެވެ.
ދެވަނަ އިގްލީސިއާ އަކީ އެސްމިރްނާއެވެ. މިއީ ޕްރޮސްޓޭޓްއާއި އެއް ހަމައެއްގައި ހުންނާނެ އެއްޗެކެވެ. އަދި މިއިން ފެނުގެ މައްޗަށް ބާރު ލިބިގެންދެއެވެ.
ތިންވަނަ އިގްލީސިއާ އަކީ ޕެރްގަމޯއެވެ. މިއީ ބަނޑާއި އެއް ހަމައެއްގައި ހުންނާނެ އެއްޗެކެވެ. އަދި މިއިން އަލިފާނުގެ މައްޗަށް ބާރު ލިބިގެންދެއެވެ.
ހަތަރުވަނަ އިގްލީސިއާ އަކީ ތިއަޓީރާއެވެ. މިއީ ހިތާއި އެއް ހަމައެއްގައި ހުންނާނެ އެއްޗެކެވެ. އަދި މިއިން ވައިގެ މައްޗަށާއި އަދި އެތައް ބާރުތަކެއް ލިބިގެންދެއެވެ. މިސާލަކަށް: އަމިއްލައަށް ވަކިވެގެން ދިއުން، ޖިނާސްގެ ބާރު ފަދަ އެއްޗެކެވެ.
ފަސްވަނަ އިގްލީސިއާ އަކީ ސާޑީސްއެވެ. މިއީ އުފައްދާ ލެރިންކްސްއާއި އެއް ހަމައެއްގައި ހުންނާނެ އެއްޗެކެވެ. އަދި މިއިން މޭޖިކަލް އިވެއިގެ ބާރު ލިބިގެންދެއެވެ. މިއިން މަތީ ދުނިޔޭގެ އަޑުތަކާއި ސަރަޙައްދުތަކުގެ މިއުޒިކީ އަޑުތައް އަހަން އެހީތެރިވެދެއެވެ.
ހަވަނަ އިގްލީސިއާ އަކީ ފިލަޑެލްފިއާއެވެ. އަދި މިއީ ދެބުމުގެ މެދާއި އެއް ހަމައެއްގައި ހުންނާނެ އެއްޗެކެވެ. އަދި މިއިން އެތެރޭގެ ދުނިޔެއާއި އެތަންތަނުގައި ދިރިއުޅޭ މަޚްލޫޤުންނަށް ބަލަން ބާރު ލިބިގެންދެއެވެ.
ހަތްވަނަ އިގްލީސިއާ އަކީ ލައޮޑިސިއާއެވެ. މިއީ ސިކުނޑީގެ މަތީބައިގައި ހުންނަ ޕިނިއަލް ގްލޭންޑްގައި ހުންނަ ހާސް ޕެޓަލްގެ މުޢުޖިޒާތީ ލޮޓަސްއެވެ.
ލައޮޑިސިއާއިން އަހަރެމެންނަށް ޕޮލިވިޑެންސީގެ ބާރު ލިބިގެންދެއެވެ. މިއާއެކު މަތިވެރި ދުވަހުގެ ހުރިހާ ސިއްރުތަކާއި މަތިވެރި ރޭގަނޑު ދިރާސާކުރަން އެހީތެރިވެދެއެވެ.
ކުންޑަލިނީގެ މުޤައްދަސް އަލިފާން މައިބަދައިގެ މަގުން މަޑުމަޑުން އަރާ ކޮންމެފަހަރަކު ހަތް އިގްލީސިއާ އުފެދޭ ތަރުތީބުން ހުޅުވާނެއެވެ.
އަހަރެމެންގެ މޭޖިކަލް ބާރުތަކުގެ އަލިފާނުގެ ހަރުފަ ހިތުގެ މޮޅުކަމުން މަޑުމަޑުން މައްޗަށް އަރާނެއެވެ.
ޖިންސީ އެނާރޖީގެ އިރުގެ އަދި ހަނދުވަރުގެ ދެއޮއިރަށް ކޮކްސިކްސްއާއި ކައިރި ތްރިވެނީގައި ގުޅުންވުމުން މައިބަދައިގެ މައިތަނބުން މައްޗަށް އަރާނެހެން މުޤައްދަސް ހަރުފަ ހޭލެއްވުމުގެ ބާރު އެބަހުއްޓެވެ.
މައިބަދައިގެ މައިތަނބުން މައްޗަށް އަރާ މުޤައްދަސް އަލިފާނަކީ ހަރުފައެއްގެ ސިފައިގާ ވާ އެއްޗެކެވެ.
މުޤައްދަސް އަލިފާނަށް ހަތް ޑިގްރީގެ ބާރު އެބަހުއްޓެވެ. އަލިފާނުގެ ހަތް ޑިގްރީގެ ބާރުން މަސައްކަތްކުރުން މުހިއްމެވެ.
ޖިންސު އަމިއްލަ ނަފްސުގައި ނުވަވަނަ ސަރަޙައްދެވެ. ނުވަވަނަ ސަރަޙައްދަށް ތިރިއަށް ދިއުމަކީ ހީރޯފަންޓްގެ މަތިވެރި ޢިއްޒަތަށްޓަކައި ކުރަންޖެހޭ އިމްތިޙާނެކެވެ.
ބުއްދާ، ޖީސަސް ދަ ގްރޭޓް ކަބީރ، ހާމްސް، ޒޮރޮއެސްޓްރޯ، މުޙައްމަދު، ދާންތޭ ފަދަ ބޭފުޅުން އެ މަތިވެރި އިމްތިޙާނު ފުރިހަމަކުރަން މަޖުބޫރުވިއެވެ.
އޮކަލްޓިސްޓް ނުވަތަ ސޫޑޯ އޮކަލްޓިސްޓުންގެ ގޮތުގައި ދަސްކުރާ އެތައް ދަރިވަރުން އެބަތިބި އެމީހުން އޮކަލްޓިސްޓް ނުވަތަ ސޫޑޯ އޮކަލްޓިސްޓް ލިޔުންތައް ކިޔާފައި އެވަގުތު މާޖިކް ޖިނާސްގެ ބިމަށް، އެއްގޮތަކަށްވެސް ހުއްޓުމެއްނެތި އުފާވެރިކަން ލިބިގެންދާނެކަމަށް ހީކުރެއެވެ.
މައްޗަށް އަރަން ބޭނުންވާނަމަ ފުރަތަމަ ތިރިއަށް ދާންޖެހޭނެކަން އެ ދަރިވަރުންނަށް ވިސްނިގެން ނުދެއެވެ.
ފުރަތަމަ ނުވަވަނަ ސަރަޙައްދަށް ތިރިއަށް ދިއުން މުހިއްމެވެ. މައްޗަށް އަރާނީ އޭރުންނެވެ.
އަލިފާނުގެ މަޖިސްޓީރިއަމްއަކީ ވަރަށް ދިގު އަދި ބިރުވެރި ކަމެކެވެ. ދަސްކުރާ ދަރިވަރުން ހާމްސްގެ ވެސް (އެއްޗެކެވެ) ހިއްލުވާލާފައި އެމީހުންގެ ކުށްތަކުން އުފަންވެ އެމީހުންގެ މޭޖިކަލް ބާރުތަކުގެ އަލިފާނުގެ ހަރުފަ ތިރިއަށް ދާނެއެވެ.
އެސޮޓެރިކް ސްކޫލްސްގެ ހުރިހާ ސްކޫލްތަކުގައި މޭޖަރ މިސްޓްރީސްގެ ފަސް އިނީޝިއޭޝަން ބަޔާންކުރެވިފައިވެއެވެ. އެ އިނީޝިއޭޝަންތައް ވަނީ އަލިފާނުގެ މަޖިސްޓީރިއަމްއާއި ގާތް ގުޅުންތަކެއް އުފެދިފައެވެ.
މުޤައްދަސް އަލިފާނަށް އިނީޝިއޭޓްގެ މުޤައްދަސް ޕްރަކްރިޓީ ފަޅުފިލުވުމުގެ ބާރު ލިބިގެންވެއެވެ.
އަހަރެމެން ކުރިންވެސް ބުނެފައިވާނެއެވެ. އެ ވާހަކަ އަލުން ތަކުރާރުކުރަމެވެ. ޕްރަކްރިޓީއަކީ ފަސްފައި ހުންނަ ރަމްޒީ މުޤައްދަސް ގެރިއެވެ.
އިނީޝިއޭޓްގެ ތެރޭގައި ޕްރަކްރިޓީ ފަޅުފިލުވުމުން އޭނާގެ ބަނޑުގައި ތާރޑް ލޯގޯސްގެ މަދަދާއެކު ސޯލާ ބޮޑީސް (އިރުގެ ހަށިގަނޑު) އުފެދޭނެއެވެ.
ސޯލާ ރޭސް، ދެފަހަރު އުފަންވެފައިވާ މީހުންނަށް ސޯލާ ބޮޑީސް (އިރުގެ ހަށިގަނޑު) ލިބިގެންދެއެވެ. ޢާއްމު އާދައިގެ މީހުން، އާއްމު ގޮތެއްގައި އިންސާނިއްޔަތަކީ ލޫނާ ރޭސްއެވެ. އަދި ހަމައެކަނި ލޫނާ ވައްތަރުގެ އެތެރޭގެ ހަށިގަނޑު ލިބިގެންދެއެވެ.
ސޫޑޯ އެސޮޓެރިކް އަދި ސޫޑޯ އޮކަލްޓިސްޓް ސްކޫލްތަކުން ތިއޮސޮފިކަލް ސެޕްޓެނަރީއާއި އެތެރޭގެ ހަށިގަނޑު ބަޔާންކުރެއެވެ. އެ އެތެރޭގެ ހަށިތަކަކީ ހަޤީޤަތުގައި ލޫނާ ބޮޑީސް، ޕްރޮޓޮޕްލާސްމެޓިކް ބޮޑީސްކަން އެމީހުންނަކަށް ނޭނގެއެވެ.
އިންޓެލެކްޗުއަލް އެނިމަލްސްގެ ޕްރޮޓޮޕްލާސްމެޓިކް ލޫނާ ބޮޑީސްގެ ތެރޭގައި އިވެލޫޝަން އަދި އިންވެލޫޝަންގެ ޤާނޫނުތައް ހިމެނިފައިވެއެވެ.
ޕްރޮޓޮޕްލާސްމެޓިކް ލޫނާ ބޮޑީސްއަކީ ހަމަކަށަވަރުންވެސް ތަބީޢަތުގެ ހުރިހާ ޖަނަވާރުންގެ ޢާއްމު މިލްކެކެވެ.
ޕްރޮޓޮޕްލާސްމެޓިކް ލޫނާ ބޮޑީސްއަކީ ދުރުމާޒީގެ މިނަރަލްއަކުން އުފެދިގެން އައިސްފައިވާ އެއްޗެކެވެ. އަދި މިނަރަލްއަށް އެނބުރި ދާނެއެވެ. އެހެނީ ހުރިހާ އެއްޗެއްވެސް އަސްލު ފެށުނު ހިސާބަށް އެނބުރިދާނެއެވެ.
ޕްރޮޓޮޕްލާސްމެޓިކް ލޫނާ ބޮޑީސްއަކީ ތަބީޢަތުން މުޤައްރަރުކުރެވިފައިވާ މިންވަރަކަށް އިވެލޫވެގެން އައިސްފައިވާ އެއްޗެކެވެ. އަދި އެއަށްފަހު އަސްލު ފެށުނު ހިސާބަށް އިންވެލޫޝަނަރީ އެނބުރިދާނެއެވެ.
ވައިރޖިނަލް ސްޕާރކްސް، މޮނެޑިކްގެ އޮއިވަރުތަކުން މިނަރަލް މާޒީގައި ޕްރޮޓޮޕްލާސްމެޓިކް ބޮޑީސް އުފެދިގެން އައެވެ. މި ބޮޑީސް މިނަރަލް އެލިމެންޓަލްސްއިން އަދި ގްނޯމްސް ނުވަތަ ޕިގްމީސް